Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ބިމުގެ ރެޖިސްޓްރީ

އެޗްޑީސީއާއެކު ހަދާފައިވާ ހުޅުމާލެ ބިމުގެ ރެޖިސްޓްރީ ބާތިލްކުރަން ސިޓީ ކައުންސިލުން ނިންމައިފި

ރަޖިސްޓްރީ ބާތިލްކޮށް އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި އޮތުން މުހިއްމު ކަމަށް ނިންމި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ޑިސެމްބަރު 2021 | ބުދަ 09:33
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

މާލެ ސިޓީ ކައުންސިލުން އެޗްޑީސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ބިމުގެ ރެޖިސްޓްރީ ބާތިލްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް މިގޮތަށް ހުށަހެޅުއްވީ، ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝެވެ. މި ހުށަހެޅުއްވުން ހުށަހަޅުއްވަމުން ނަރީޖޝް ވިދާޅުވީ، ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތާނަކަށްވާއިރު، އެތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަނުލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ހަދާފައިވާ ރަޖިސްޓްރީ ބާތިލްކޮށް އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި އޮތުން އެއީ މުހިއްމު ކަމެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.

މި ކަމަށް ވާހަކަދައްކަވަމުން މެމްބަރުން ވިދާޅުވީ، ހަދާފައިވާ ރަޖިސްޓްރީއެއް ބަތިލް ކުރުމަށް ހުށަހަޅައި އެކަން ނިންމާއިރު، ވަކި އުސޫލްތަކެއް އޮންނަން ޖެހޭ ކަމަށެވެ. މިގޮތަށް ކައުންސިލްގެ ޖަލްސާއަކުން ރަޖިސްޓްރީތައް ބާތިލް ކުރާނަމަ ކުރިއަށް އޮތް ތަނުގައި ކޮންމެ ތަނެއްގެ ރަޖިސްޓްރީ ބާތިލްކުރެވިދާނެ ކަމަށެވެ. އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ބިމުގެ ރަޖިސްޓްރީ އެއްކޮށް އެޗްޑީސީއަށް ދީފައި އޮވެ، ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލަށް ދަތިވާނަމަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ ފުރުސަތު އޮތްކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.

މި ހުށަހެޅުމަށް ވާހަކަ ދެއްކުމަށްފަހު ހުށަހެޅުން ފާސްކުރީ 12 މެމްބަރުންގެ ވޯޓުންނެވެ. ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 3 މެމެބަރުންނެވެ. މިއާއެކު އެ ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މޭޔަރ ޑރ. މުހައްމަދު މުއިއްޒުވަނީ ލޭންޑް ބިލްޑިން ސެކްޝަނަށް އެކަން އަންގަވާފައެވެ.  

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 8ވަނަ އިސްލާހާއެކު އެ ގާނޫނުގެ 56ވަނަ މާއްދާގައި ބުނެފައިވަނީ، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށް ކަމަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެއް ކަމުގައެވެ.

މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމަށެވެ.

ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ އެޗްޑީސީއަށް ދީފައިވަނީ 2015ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17ވަނަ ދުވަހު ޑރ.މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެމަނިކުފާނު ސޮއި ކުރެއްވުމަށްފަހުގައެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

އެމްޑީޕީން ލަންކާގައި ގިނަ ގޮފިތަކެއް އުފައްދައި، ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރަން ހުށަހަޅައިފި

09 ޖުލައި 2017
އެމްޑީޕީން ލަންކާގައި ގިނަ ގޮފިތަކެއް އުފައްދައި، ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރަން ހުށަހަޅައިފި
09 ޖޫން 2017

ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

09 ޖޫން 2017
ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި
06 ޖޫން 2017

ހުޅުމާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

06 ޖޫން 2017
ހުޅުމާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
05 މެއި 2017

މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ

05 މެއި 2017
މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ
06 އެޕްރީލު 2017

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު