Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުގެ ލޮނުގަނޑު އުފުލުން

ކަނޑުގެ ލޮނުގަނޑު އުފުލޭތީ ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ޝާހިދު

މިއީ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކަލެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2021 | ބުދަ 04:10
އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މައްސަލަ ހައްލު ކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިހެން ގޮވާލެއްވީ 45 ވަނަ ޕްލިނަރީ ބައްދަލުވުމުގައި ކަނޑުގެ ދިރުންތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ދުނިޔޭގެ 70 އިންސައްތަ ކަނޑު ހިއްސާކުރާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ކަނޑުން އެތައް ބިލިއަން މީހުންނާއި ދިރޭތަކެއްޗަށް ކާބޯތަކެއްޗާއި، އެހެނިހެން ބާވަތްތައް ލިބިގެންދާ ކަމަށެވެ. ނަމަވެސް މޫސުމަށް ކުރާ ނެދޭވޭ އަސަރުގެ ސަބަބުން ނުރައްކާތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ޖައްވު ނުސާފުވުމާއި، ރަށްގިރުމުގެ އިތުރުން އެތަކެއް ބަދަލުތަކެއް ތިމާވެއްޓަށް އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލު ތަކަކީ ކުދި ޖަޒީރާ ގައުމުތަކަށާއި، ބޮޑެތި ގައުމުތަކަށް ވެސް ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި ގުޅިގެން އެތައް ބައިވަރު ދިރޭތަކެއްޗާއި، ކަނޑުއަޑީގެ ދިރުންތަކެއް ނެތި ދިއުމުގެ ބިރު ހީވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއަށް ވެސް އެކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްސަލައާއި، ނުރައްކަލަކީ ގިނަ ބަޔަކަށް އެނގި ހާމަވެފައިވާ ކަމެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މިމައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރުމަށް ލަސްވެފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ ހައްލު ކުރެވޭނީ ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އެކިއެކި އެންޖީއޯ ތަކާއިއެކު މަޝްވަރާތައް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މައްސަލައަށް ލީގަލް ފްރޭމް ވޯކެއް އެކުލަވާލައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް 40 ވަނަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮންދަ ލޯ އަށް، އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ކަނޑުތައް ހިމާޔަތް ކުރުމުގެ ބައިނަލްއަގުވާމީ ގާނޫނެއް ފާސްކުރެވިގެންދާނެ ކަމަށާއި، އެއީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ކޮންވެންޝަންގެ މަގުސަދަކަށް ވެގެންދާނީ ސުލްހަވެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ އެކި ސަރަހައްދުތައް ދިރުވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލާގައި 21 ވަނަ އައިސީޕީ ބައްދަލުވުމުގައި ވެސް ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު