Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުކުޅެދުންތެރިކަން ހުންނަ ކުދިން

މިއީ އެންމެންގެ ލޯބި ބޭނުންވާ، ތަފާތު ބައެއް!

7 ޑިސެމްބަރު 2021 | އަންގާރަ 05:18

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކޮށްދޭންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ޑިސެމްބަރު 2021 | އަންގާރަ 05:18
ރިވެލި އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތު

ރިވެލި އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތު

އިންސާނީ ހައްގުތަކުގެ ވާހަކައަކީ މި މުޖުތަމައުގައި ވަރަށް ބޮޑަށް ދެކެވޭ ވާހަކައެކެވެ. އަބަދުވެސް އުޅެންޖެހެނީ ކޮންމެވެސް ބައެއްގެ އިންސާނީ ހައްގުތައް ކަށަވަރުނުވެގެންނެވެ. މުޖުތަމައުގައި ކޮންމެ ކަމެއް ވިޔަސް އެމީހާގެ ހައްގުތަކުގެ ވާހަކަތައް ދެކެވެއެވެ. އެހެންނަމަވެސް އިންސާނީ ހައްގުތަކުގެ ވާހަކައިގެ ތެރެއިންވެސް އެހާ ބޮޑަށް ނުދެކެވޭ ވާހަކައެއް އޮވެއެވެ. އެއީ މި މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ހައްގުތަކުގެ ވާހަކައެވެ.

މުޖުތަމައުގައި އުޅޭ އެހެން މީހުންނެކޭ އެއްގޮތަށް އެމީހުންނަކީވެސް މުޖުތަމައުގެ ބައެކެވެ. އެއީ ޚާއްސަ ބައެކެވެެ. އެހެންނަމަވެސް މި މުޖުތަމައުގައި އުޅޭ ކިހާ އަދަދެއްގެ ބައެއްގެ] ހައްގުތައް މި ފާއިތުވި އަހަރުތަކުގެ ތެރޭގައި ގެއްލިގެން ގޮސްފައިވޭތޯ ސުވާލު އުފެދެއެވެ. މިގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް މި ފާއިތުވި ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް ނަގާލާފައެވެ. އެމީހުންނަކީ މުޖުތަމައުގެ ބައެކެވެ. އެހެންނަމަވެސް އެމީހުންނަށް އެއީ މުޖުތަމައުން ބަލައިގަންނަ މުޖުތަމައުގެ ބައެއްކަން ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވެއެވެ.

ގިނަ ދުވަސްތަކެއްވަންދެން އެގޮތަށް އެކަން އޮތުމަށްފަހު މި ސަރުކާރު ވުޖޫދުވެ، މިކަން ހައްލުކުރަން ވަރަށް ބޮޑަށް ބަދަލުކުރަން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އެމީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި، މުޖުތަމައުގެ ތެރޭގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއަޅާފައިވެއެވެ. އަދިވެސް މިކަން ބަދަލުކުރަން އެކި އެކި މަސައްކަތްތައް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތްތަކުންވެސް އެފަދަ މީހުންނަކީ އެއްވެސް ހުރަހެއްނެތި މުޖުތަމައުގެ ތެރޭގައި އުޅެވޭނެ ފަދަ ބަޔަކަށް ވެފައެއް ނުވެއެވެ. އެމީހުންނަށް އެހެން މީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި، ޚިދުމަތްތައް ހޯދައި، ބޭރަށް ނިކުމެ އުޅުމަށް ދިމާވާ ދަތިތައް އަދިވެސް އެބަހުއްޓެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދޭ ރިވެލ؛ި އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެމީހުންގެ ހައްގުތައް ވަރަށް ބޮޑަށް ސާފުވިއެވެ. މިކަމުގައި އަދިވެސް ރަނގަޅުކުރަންވީ ކަންކަން އެނގިގެންދިޔައެވެ،

މި ރަސްމިއްޔާތުގައި ތައުލީމީ ދާއިރާއިން ރިވެލި ތަރި އެވޯޑު ހާސިލްކޮށްފައިވާ އިހަވަންދޫ ސުކޫލުގެ ޑައިމަންޑް ކްލާހުގެ ދަރިވަރު މުހައްމަދު މާއިޒު ވަނީ އޭނާގެ އިހުސާސްތައް ކިޔައިދީ، އެވާހަކަތައް އަޑުއެހި އެންމެންގެ ލޯތައް ހުޅުވައިދީފައެވެ. މާއިޒުގެ ވާހަކަ ފަށައިގަތީވެސް ކޮންމެ އިންސާނަކަށްވެސް އެހެން މީހުންގެ ލޯތްބާއި އިހުތިރާމު ބޭނުންވާނެ ކަމަށް ބުނެފައެވެ. އެހެން މީހުންނަށްވުރެ ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންގެ ލޯތްބާއި އިހުތިރާމު ބޭނުންވާނެ ކަމަށެވެ.

ކޮންމެ ކުއްޖަކުވެސް ސްކޫލަށް ގޮސް ތައުލީމު ހާސިލްކުރުމަށް ބޭނުންވާނެ ފަދައިން ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ސްކޫލަށް ގޮސް ތައުލީމު ހާސިލްކުރުމަށް ބޭނުންވާނެ ކަމަށް މާއިޒް ބުނެފައިވެއެވެ. އެހެންނަމަވެސް ތައުލީމު ހާސިލްކުރުމުގައި އެކުދިންނަށް އަދިވެސް އުނދަގޫތައް ހުރިކަމަށް މާއިޒު ބުނެއެވެ. މާއިޒު ވަނީ މިސްކިތަށް ގޮސް ނަމާދުކޮށްލަންވެސް ވަރަށް ބޭނުންވާކަމަށް ބުނެފައެވެ. އެހެންނަމަވެސް މާއިޒުފަދަ ކުދިންނަށް މިސްކިތަށް ގޮސް ނަމާދުކޮށްލުމަކީ ގޮންޖެހުން ބޮޑު ކަމަށް ބުނެފައިވެއެވެ. މާއިޒުގެ އެދުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެފަދަ ފުރުސަތުތައް ފަހިވެގެން ދިއުމެވެ.

އަދި މާއިޒު ތަކުރާރުކޮށް ވަނީ އެކުދިންނަށް އެހެން މީހުންގެ ލޯތްބާއި އޯގާތެރިކަން ބޭނުންވާ މިންވަރު ހާމަކޮށްދީ އެ ލޯތްބާއި އޯގާތެރިކަން ދިނުމަށް އާދޭހާއެކު އެދިފައެވެ. މާދަމާވެސް ކަން ވާނީ ކިހިނެއްކަން އެއްވެސް މީހަކަށް ނޭނގޭއިރު، އެކުދިން އެ އުފުލަނީ ކިހާ ބޮޑު ބުރައެއްކަން އިނގޭނީ މާދަމާވެސް އެ ހާލަތުގައި އިންނަންޖެހުނީމައި ކަމަށް މާއިޒް ބުންޏެވެ. އެ ދުވަހަކުން އެ އިހުސާސްތައް ކުރެވި ރޮވޭނެ ކަމަށާއި، އެކަމަކު އޭރުން އޮންނާނީ ވަގުތު ފާއިތުވެފައި ކަމަށް ފެންކަޅިވެފައި އިނދެ މާއިޒް ކިޔައިދިނެވެ.

މާއިޒުގެ މި މާނަފުން ވާހަކަތައް އަޑުއެހި ކޮންމެ މީހެއްގެ ލޯ ކަރުނައިން ތެންމާލާފައިވާއިރު، އެކުދިންނާއިމެދު މުޅި މުޖުތަމައު ދެކޭގޮތް ބަދަލުކުރަންޖެހޭކަން މި ވާހަކަތަކުން އެނގިގެންގޮސްފައިވެއެވެ. އެކުދިންގެ ހައްގުތައް ހޯދައިދޭން އިތުރަށް މަސައްކަތްކުރަންޖެހިފައިވާކަން ހާމަކޮށްދިނެވެ. އަމިއްލަ ފަރުދުންގެ ހައިސިއްޔަތުންވެސް އެކުދިންނަށް އިތުރު ހިތްދަތިކަމެއް ނުލިބޭނެފަދަ ގޮތަކަށް އަމަލުތައް ބަހައްޓަންޖެހޭކަމުގެ ވަރުގަދަ މެސެޖެއް ލިބިއްޖެއެވެ. މާއިޒު އެ ބުނީ ތެދެކެވެ. އެކަމުން ކުރާނެ ހިތްދަތި އަސަރު ތިމާއަށް އިހުސާސްކުރެވޭނީ އެގޮތަށް ގޮނޑިއެއްގައި އިށީންނަން ޖެހުނީމައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
13 މެއި 2017

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް