Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބީލަން ޕޯޓަލް ރަސްމީކޮށް އިފްތިތާހު ކުރުން

ބީލަން ޕޯޓަލް ހޯމަ ދުވަހު ރަސްމީކޮށް އިފްތިތާހު ކޮށްފި

ބީލަން ޕޯޓަލް ހޯމަ ދުވަހު ރަސްމީކޮށް އިފްތިތާހު ކޮށްފި

އައިޝަތު ރަފާ އަހުމަދު
އައިޝަތު ރަފާ އަހުމަދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 14:17
ބީލަން ޕޯޓަލް

ބީލަން ޕޯޓަލް

ބީލަން ޕޯޓަލް ހޯމަ ދުވަހު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މިޕޯޓަލްގައި މިހާތަނަށް ހިމަނާފައި މިވަނީ އީ-ސަބްމިޝަން ބައި އެކަނި ކަމަށްވާއިރު، ބިޑްތަކުގެ 2 ވައްތަރެއް ހިމެނިގެން ދާނެއެވެ. އޭގެތެރޭގައި ސިންގަލް ސްޓޭޖް ސިންގަލް އެންވެލޮޕާއި ސިންގަލް ސްޓޭޖް ސިންގަލް ޑުވަލް އެންވެލޮޕް ހިމެނެއެވެ. އެހެންކަމުން މިސިސްޓަމް ތެރެއިން ބަލައިގަނެވޭނީ ހަމައެކަނި މިދެ ވައްތަރަށް ހުށަހެޅޭ ބިޑްތަކެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، މިކަހަލަ އީ-ސިސްޓަމަކަށް ދާއިރު ބިޑާރސްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެގެންދާނީ އެފަރާތަކުން ހުށަހަޅާ ބިޑުތަކަށް ވެގެންދާނެ ގޮތެކެވެ. އެހެންމަކުން، މިސިސްޓަމް ފަރުމާ ކުރެވިފައި މިވަނީ އައިޓީގޮތުން ދުނިޔޭގެ އެހެން ސިސްޓަމްތަކެއްގައި ވެސް ގެންގުޅޭ ހުރިހާ ސެކިއުރިޓީ ފީޗާރސް ތަކެއް ހިމަނައިގެންނެވެ. އެގޮތުން ބިޑުތައް އެންކްރިޕްޓު ކޮށްފައި އަދި ހޭޝްކޮށްފައި ވާކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެއެވެ. އެހެންކަމުން މީގެ ބޭނުމަކީ އެންކްރިޕްޓްކޮށްފަ ހޭޝްކޮށްފައިވާ  ބިޑެއް ހުޅުވައިފިއްޔާ ނުވަތަ އެއްވެސް ގޮތަކަށް ބަދަލެއް ގެނެސްފިއްޔާ، އެ ހޭޝް އެއްކޮށް ބަދަލުވެގެން ދާނެގޮތަށެވެ. އެބިޑާރ އެއްގެ ބިޑަކަށް ބަދަލެއް އައިސްފައި ވާނަމަ، އެބިޑާރ އަކަށް އެކަން އެނގިގެން ދާނެއެވެ.

މި ޕޯޓަލަށް ރަޖިސްޓަރ ކުރަން ބޭނުންކުރަމުން ދަނީ މެނުއަލް ޕްރޮސެސްއެކެވެ. މިމެނުއަލް ޕްރޮސެސްގެ ތެރެއިން ބީލަންވެރިން ޖެހޭނީ ޕްރޮކިއުމެންޓް އެންޓިޓީއަށް ފޯމެއް ހުށަހަޅާށެވެ. ފޯމު ހުށަހެޅުމުން ޕްރޮކިއުމެންޓް އެންޓިޓީއިން އެފަރާތެއް ބީލަން ޕޯޓަލްއަށް ރެޖިސްޓަރ ކޮށްދޭނެއެވެ. މިއީ "ވަން ޓައިމް" ޕްރޮސެސް އެއްކަމަށް މިނިސްޓްރީން ބުނެއެވެ. މިޕްރޮސެސްގެ ތެރެއިން ބީލަންވެރިން ރަޖިސްޓަރވާ ހިސާބުން ފެށިގެން އެފަރާތަކަށް އީމެއިލް މެދުވެރިކޮށް ރެޖިސްޓަރ ވެފައިވާ ކަމަށް ނޮޓިފިކޭޝަނެއް ލިބިގެން ދާނެއެވެ. އޭގެފަހުން ޕޯޓަލްއަށް ވަންނަން ލިބިފައިވާ ޕާސްވޯޑް ބަދަލު ކޮށްލުމަށްފަހު ޕޯޓަލަށް ވަނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެއެވެ.

މީގެއިތުރުން ބިޑު ކުރަން ބޭނުންވާ ފަރާތްތަކުން ޕޭމެންޓެއް ހެދުމަށްފަހު ޕްރޮޖެކްޓަކަށް  ރަޖިސްޓަރ ވެގެން ދާނެއެވެ. ރެޖިސްޓަރވާ ހިސާބުން ފެށިގެން އެޕްރޮކިއުމެންޓް އެންޓިޓީއަކުން އެފަރާތެއް ބިޑް ހުށަހެޅުމަށް ހާއްސަ ޕްރޮޖެކްޓަކަށް އެޑް ކޮށްދޭނެއެވެ.

ރެޖިސްޓްރޭޝަންގެ ބައި ނިމުމުން ބިޑު ސަބްމިޝަންގެ ބައި ކުރިއަށް ގެންދަން ޖޭހޭނެއެވެ. ބިޑް ސަބްމިޝަން ކުރިއަށް ގެންދިއުމުގެ ކުރިން ބީލަންވެރިން ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ފައިލް އެންކްރިޕްޓް ކުރުމާއި ހޭޝް ޖެނަރޭޓް ކުރުމެވެ. އެފަރާތަކުން ހުށަހަޅައިފައިވާ ފައިލް އެންކްރިޕްޓު ކުރުމުގެ ބޭނުމަކީ އެފައިލް ޕްރޮކިއުމެންޓް އޮފިސަރަށް ލިބިފައިވީ ނަމަވެސް، ބިޑު ހުޅުވުމާއި ހަމައަށް މިޕްރޮކިއުމެންޓް އޮފިސަރަށް ނުބެލޭނެ ގޮތަށް ބަލައިގެނަފައިވާ ފައިލެއްކަން ކަށަވަރު ކޮށްދިނުމެވެ. މިއީ ޕޯޓަލްގެ ތެރެއިން ބީލަންވެރިންނަށް ދެވޭ އެންމެ ބޮޑު ޔަގީން އެބީލަމެއް ބަލައިގެން އަސްލާއި އެއްގޮތަށް ހުޅުވުމާއި ހަމައަށް ހިފެހެއްޓޭކަމެވެ.

މީގެއިތުރުން، ހޭޝް ބޭނުން ކުރަނީ އެންކްރިޕްޓްކޮށް ހުށަހެޅިފައިވާ ފައިލުގެ އަސްލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ބީލަންވެރިންނަށް ކަށަވަރު ކޮށްދިނުމަށެވެ. މިގޮތުން އެންކްރިޕްޓު ކުރުމާއި ހޭޝް ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ސޮފްޓްވެއަރ އެއް މެދުވެރިކޮށް ކަމަށްވާއިރު، މިސޮފްޓްވެއަރ ތަކަކީ "އޮޕެން ސޯސް" ކޮށްލިބެން ހުރި ސޮފްޓްވެއަރ ތަކެކެވެ. ބީލަން ވެރިންނަށްވެސް މިއެއްޗެހި ލިބިގަތުމުގައި ދަތިތަކެއް ނުވާނޭހެން މިނިސްޓްރީން ބޭނުންވީ ޕޯޓަލް ތެރެއިން ކުރިއަށް ގެންދާ ހުރިހާ މަސައްކަތްތަކެއް ފަރުމާ ކުރުމަށެވެ.

 އަދި މިސޮފްޓްވެއަރތައް އިންސްޓޯލް ކުރުމަކީވެސް އެހާ އުދަގޫ ކަމަކަށް ނުވާއިރު މިނިސްޓްރީން ބެނެފައިވަނީ، މިކަންތައްތައް ބަޔާންކޮށްފައިވާ ތަފްސީލް މެނުއަލްއެއް ބީލަންވެރިންނާ ހިއްސާކުރާނެ ކަމަށެވެ. މީގެއިތުރުން މިނިސްޓްރީއިން ބުނެފައިވަނީ އެންކްރިޕްޓު ކުރުމުގައި ބޭނުންކުރަނީ އޭއީއެސް ސްޓޭންޑާރޑްގެ ސޮފްޓްވެއަރ އެއްކަމަށެވެ. އަދި ހޭޝްކުރުމަށް ބޭނުން ކުރެވޭނެ ސްޓޭންޑާރޑް އަކީ ޝާ256 އެވެ. ޝާ256 އަކީ ރައްކާތެރި ހޭޝްއެއް ޖެނެރޭޓް ކުރުމަށް ބޭނުންކުރަމުން އަންނަ އެންމެ ރަނގަޅު ސްޓޭންޑަރޑް ތެރޭގައި ހިމެނޭ އެއް ސްޓޭންޑާރޑެކެވެ.

ހޭޝްކުރެވިފައިވާ ފައިލް ޕޯޓަލްއަށް އަޕްލޯޑް ކުރުމުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ހޭޝްއަކީ ބީލަންވެރިޔާ ދީފައިވާ ފައިލް ގެ ހޭޝްކަން ސިސްޓަމުގެ ތެރެއިން ކަށަވަރު ކުވިގެން ދާނެއެވެ. ބީލަންވެރިން ޕޯޓަލްއަށް ހޭޝް ސަބްމިޓް ކުރުމަށްފަހު ފައިލް އަޕްލޯޑް ކުރުމަށް ޕޯޓަލުން ހުއްދަ ދޭނެއެވެ. އެއަށްފަހު ފައިލް އަޕްލޯޑް ކުރުމުން ޕޯޓަލްގެ ތެރެއިން ބީލަންވެރިޔާ ދީފާވާ ހޭޝްއާއި ބީލަންވެރިޔާ އަޕްލޯޑް ކޮށްފައިވާ ފައިލްގެ ހޭޝްއަކީ ރަނގަޅު ހޭޝްއެއްކަން ޕޯޓަލް ޔަގީންކުރާނެއެވެ. އެއަށްފަހު އަޕްލޯޑްކޮށްފައިވާ ފައިލާއި ބީލަންވެރިޔާ ދީފައިވާ ފައިލްގެ ހޭޝް ދިމާވާ ކަމަށްވާނަމަ، ޕޯޓަލުން އެފައިލު ފައިނަލް ސަބްމިޝަނެއްގެ ގޮތުގައި ބަލައިގަންނާނެއެވެ. ޕޯޓަލުން ފައިލް ބަލައިނުގެންފިނަމަ، އަލުން ފައިލް އަޕްލޯޑް ކުރުމަށް ބީލަންވެރިޔާގެ ފަރާތުން އެދޭނެއެވެ.

މީގެއިތުރުން ބިޑް އޯޕަނިން ސެޝަން ކުރިއަށް ގެންދާނީ ޒޫމް ނުވަތަ އޮނަލައިން މީޑިއަމެއް މެދުވެރިކޮށެވެ. މިގޮތުން އޮންލައިން ސެޝަންގައި ބީލަންވެރިން ބައިވެރިވުމުން ޕްރޮކިއަމެންޓް އޮފިސަރ ވަގުތު ހަމަވުމުން ބީލަންވެރިޔާގެ ފަރާތުން ކީ ސަބްމިޓް ކުރުމަށް އެދޭނެއެވެ. ކީސަބްމިޓް ކުރުމަށް ދެވޭނީ އެންމެ 10 މިނިޓެވެ. މި 10 މިނިޓުގައި ބީލަންވެރިންނަށް ލިބޭ ޕާސްވޯޑް ބޭނުން ކޮށްގެން ބީލަންވެރިޔާ ހުށަހަޅާފައިވާ ބިޑް ޕްރޮޕޯޒަލް ނުހުޅުވޭ ކަމުގައިވާނަމަ ޕާސްވޯޑް ރީސަބްމިޓް ކުރުމަށް ބީލަންވެރިންނަށް އިތުރު 5 މިނިޓުގެ ވަގުތުކޮޅެއް ލިބިގެން ދާނެއެވެ. މިވަގުތުކޮޅު ތެރޭގައި ރަނގަޅު ޕާސްވޯޑް ހުޝަނޭޅިގެން ބީލަންވެރިން އަޕްލޯޑް ކޮށްފައިވާ ފައިލް ނުހުޅުވޭ ކަމަށްވާނަމަ އެހިސާބުން އެބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. މިފުރުސަތުގެ ބޭނުން ބީލަންވެރިންނަށް ނުހިފިއްޖެނަމަ އިތުރު ފުރުސަތެއް ބީލަންވެރިންނަށް ޕާސްވޯޑް ސަބްމިޓް ކުރަން ލިބިގެނެއް ނުދާނެއެވެ.   

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު