Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ޚިޔާނާތް

ފުއްގިރި ހިޔާނަތް: ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމަވައިފި

ދައުލަތުގެ ވަކީލާ ވަނީ ޝަރީއަތް ނިމެންދެން ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދިވަޑައިގެންފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 15:01
ކުރީގެ ރައީސް އަބްދުﷲ ޔާމީން- ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ 2 ދައުވާއެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން- ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ 2 ދައުވާއެއް

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެއަޑުއެހުމަކީޔާމީނު ފުރުން މަނާ ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވުމާއި ގުޅިގެން ބާއްވާފައިވާ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މި މައްސަލައިގައި ޔާމީނުގެ މައްޗަށް ދައުވާ ކޮށްފައިވާ ކުށުގެ ބާވަތަށް ބަލާއިރު، ފުރުން މަނާ ކުރެވޭނެފަދަ ހާލަތެއް އޮތްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ދައުވާ ފޯމާއެކު އެ ހެކިތައް ދައުލަތުން ވަނީ ހުށައަޅާފައެވެ.

ރާއްޖެ ދޫކޮށް ފުރައިގެން ދިއުމުގެ އިޙްތިމާލު އޮތްކަމަށް ބަޔާންކޮށް ދައުލަތުން ބުނީ، ފިލައިގެން ގޮސްދާނެކަން ނުވަތަ ނޫންކަން ފަނޑިޔާރު ވަޒަން ކުރެއްވުމަށް ކުށުގެ ބާވަތަށް ބެލޭއިރު، ކޮރަޕްޝަންގެ ކުށްތައްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބްރައީސް އަހުމަދު އަދީބުވެސް ފިލައިގެން ދިއުމަށް މަސައްކަތް ކުރިކަން އޭގެ މިސާލެއްގެ ގޮތުން ދައުލަތުން ފާހަގަ ކުރިއެވެ.

އަދި ޔާމީނަކީ ފިލައިގެން ގޮސް އުޅުމުގެ މާލީ ތަނަވަސްކަން އޮތް މީހެއްކަން ބޭންކް ސްޓޭޓްމަންޓާއި، ޔާމީނުގެ މަޤާމުގެ ޙައިސިއްޔަތުން އޮންނާނެ "ކޮންޓެކްޓްސް" އިންވެސް ދޭހަވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. މި މައްސަލައިގެ އިތުރުންވެސް އިތުރު މައްސަލަ ޔާމީނުގެ މައްޗަށް ހިނގަމުންދާކަމަށް ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވަނީ ޝަރީއަތް ނިމެންދެން ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދިވަޑައިގެންފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ، އެމަނިކުފާނު ފިއްލަވާނެ ކަމުގެ ހެކި ހުރިކަމަށް ފުލުހުންނާ ހަވާލާދީ ދައުލަތުން ބުނާއިރު، އެއީ ބޮޑެތި ތުހުމަތުތަކެއް ކަމަށާއި، އެ ހެކިތައް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. ފުލުހުން ކޮށްފައި އެވަނީ ކޮށްގެން ނުވާނެ ކަހަލަ ތުހުމަތެއްކަމަށް ޔާމީނު ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ވަނީ، ޔާމީނު ފިލައިގެން ގޮސްދާނެކަމަށް ބަޔާންކޮށް ވަކި ހެއްކެއް ހުށައަޅާފައި ނުވި ނަމަވެސް، އެމަނިކުފާނު ފިއްލަވާނެ ފަދަ ސަބަބުތައް ހުރިނަމަ އެކަމަށް ފަނޑިޔާރަށް ރިއާޔަތް ކުރެވޭނެ ކަން ފާހަގަކުރައްވާފައެވެ.

ޔާމީނު ވަނީ އެމަނިކުފާނު މީގެ ކުރިން އަމަލު ކުރައްވާފައިވާ ގޮތަށް ރިއާޔަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ވޮޑަމުލާގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޙުކުމަކާއި ހަމައަށް ދިޔަ ދިގު މުއްދަތުގައިވެސް ފިއްލެވުމަށް އެއްވެސް މަސައްކަތެއް ކުރައްވައި، ފިއްލެވުމުގެ އިހުތިމާލެއް އޮތް ކަމެއް ފެނިފައިވޭތޯވެސް ޔާމީން ސުވާލު ކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުން ހޯމަ ދުވަހުގެ ހަވީރުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ދައުލަތުން ހުށައަޅާފައިވާ ފޯމުގައި ރާއްޖެ ދޫކޮށް ފިލައިގެން ދާނެ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި ޕީޖީގެ ފަރާތުން ކޯޓުތަކަށް މައްސަލަތައް ހުށައަޅާއިރު ތަބާވާން ޖެހޭނީ ޤާނޫނީ އަސާސްތަކަށް ކަން ފާހަގަކޮށް ވަކީލު ވިދާޅުވީ، ފޯމުގައިވާ މައުލޫމާތުތައް ރަނގަޅުތޯ ފަނޑިޔާރު ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ދައުލަތުން ހިފަހައްޓަން އެދިފައިވާ ދެ ޕާސްޕޯޓަކީވެސް މުއްދަތު ހަމަވެފައިވާ ދެ ޕާސްޕޯޓުކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ. ޕާސްޕޯޓު ހައްދަންވެސް ހުށައަޅާނީ ދައުލަތުގެ އިދާރާއަކަށް ކަމަށްވާއިރު، އެ މައުލޫމާތު ދައުލަތަށް އެނގިގެންދާނެކަމަށް ވަކީލު ވިދާޅުވިއެވެ.

ދިފާއުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ދައުލަތުން އެދުނު އަމުރު ބާތިލު ކުރުމަށް އެދިފައެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމާއި ގުޅޭގޮތުން ގާޒީ އަހުމަދު ޝަކީލުވެސް ވަނީ ބައެއް ކަންކަން ސާފު ކުރައްވާފައެވެ. އެގޮތުން ދެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާކަން ދައުލަތަށް ފާހަގަވެފައިވޭތޯ ސުވާލު ކުރުމުން ދައުލަތުން ބުނީ އެކަން ފާހަގަވެފައިވާ ކަމަށާއި، ނަމަވެސް ޕާސްޕޯޓަކީ ކޮންމެ ވަގުތެއްގައިވެސް ރިނިއު ކުރެވޭނެ އެއްޗެއް ކަމަށެވެ. އާންމު އުސޫލުން ޕާސްޕޯޓު އައު ކުރާއިރު ޖަހާނީ އައު ނަންބަރެއްކަން ފާހަގަކޮށް ދައުލަތުން ބުނީ، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު ހިފައިގެން ނުފުރޭނެ ކަމަށެވެ. އަދި އާންމު އުސޫލުން ދައުވާލިބޭ ފަރާތްތަކުގެ އަމަލުތައް ދައުލަތުން ބަލަމުން ނުދާނެތީ، ޕާސްޕޯޓު އައު ކުރަން އިމިގްރޭޝަނަށް ހުށައެޅުމުން ވަގުތުން ޕީޖީ އޮފީހަށް އެ މައުލޫމާތު ނުލިބިދާނެކަންވެސް ވަކީލާ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، އަމުރު ނެރޭ ޙާލަތުގައި އިމިގްރޭޝަނަށް ޕާސްޕޯޓު އައު ކުރަން ހުށައަޅާ ހިސާބުން ދައުލަތަށް އެ ނޮޓިފިކޭޝަން ލިބިގެންދާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މި ބާވަތުގެ މައްސަލަތަކުގައި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި، ޕާސްޕޯޓު ހިފެހެއްޓުމަށް މީގެ ކުރިންވެސް އެދިފައިވާނެކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

މައްސަލައާއި ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ނެރެވޭނެ ޙާލަތްތަކާއި އެ އަމުރުގައި ފުރިހަމަވާން ޖެހޭ ކަންކަން ބަޔާން ކުރައްވާފައެވެ. އެގޮތުން ގާޒީ ވިދާޅުވީ، މި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މަދަނީ މިންގަނޑުން ބަލާއިރު ޕާސްޕޯޓު ހިފެހެއްޓޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ކުށުގެ ތުހުމަތު ކުރެވޭ މީހާ ރާއްޖެ ދޫކޮށް ދިއުމުގެ އިހުތިމާލަށް ބަލާއިރު، އެމީހަކު ކުރި ކުށުގެ ބާވަތާއި، ކުރިންވެސް ފިލައިގެން އުޅޭ މީހެއްތޯ ބެލުމާއި، އެމީހަކީ ފިލައިގެން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި މީހެއްކަން ފަދަ ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ރާއްޖެ ދޫކޮށް ފިލައިގެން ގޮސްދާނެކަމަށް ބަލައި ދައުލަތުން ވަނީ ސަބަބުތަކެއް ހުށައަޅާފައެވެ. އަދި އެމަނިކުފާނު ފިލައިގެން ގޮސްފިނަމަ، ދައުވާ ކުރިއަށް ގެންދިއުމަށް ދަތިވާނެކަން ބަޔާން ކުރިނަމަވެސް، ފިލައިގެންދާން އުޅޭކަން އެނގޭ އެއްވެސް ހެއްކެއް އަދި ސަބަބެއް ނެތްއިރު، ހިފެހެއްޓުމަށް ހުށައަޅާފައިވާ ޕާސްޕޯޓަކީވެސް މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ޔާމީނުގެ ދައުވާތައް ހިންގުމަށް ރާއްޖޭގައި މަޑުކުރަން ޖެހޭތީ ޔާމީން ފުރުން މަނާ ކުރުމުގެ ސަބަބެއް އޮތްކަން ޤަބޫލު ކުރެވުނު ނަމަވެސް، ވުޖޫދުގައި ނެތް އެއްޗެއް ހިފަހައްޓާނީ ކިހިނެއްތޯ ފަނޑިޔާރު ވަނީ ސުވާލު އުފައްދަވާފައެވެ. ފަނޑިޔާރު ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅުއްވާފައެވެ. ނަމަވެސް ބޭރަށް ފުރަން އުޅޭކަމުގެ އެއްވެސް ހެއްކެއް ލިބިއްޖަނަމަ، އެފަދައިން އެދުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު