Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮމިކްރޯން ވޭރިއަންޓް

ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ

މި ވޭރިއަންޓަށް ޕޮސިޓިވްވެފައިވަނީ ފަތުރުވެރިއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2021 | އާދީއްތަ 18:24
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ރާއްޖެއިން އޮމިކްރޯން ވޭރިއަންޓުގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޮމިކްރޯން ވޭރިއަންޓުގެ މި ކޭސް ދެނެގަނެވިފައިވަނީ ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިއެއްގެ ޖީނޯމިކް ސީކުއެންސިންގެ ތެރެއިން ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި މި ވޭރިއަންޓް އުޅެދާނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާއިރު، ރާއްޖޭގެ އަވައްޓެރި ގައުމުތަކުންވެސް މިހާރު ދަނީ މި ވޭރިއަންޓް ފެންނަމުންނެވެ. މިގޮތުން އިންޑިއާ އަދި ސްރީލަންކާ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިއީ ހަލުވިކަމާއެކު ފެތުރެމުންދާ ވޭރިއަންޓެއް ކަމުން ބަލި ރައްކާތެރިވެތިބުމަށް އަމިއްލައަށް ކުރެވެންހުރި ކަންކަން ކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން ނެރުނު އިއުލާނެއްގައި ވަނީ، ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސަރސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަމަށްޓަކައި، ނޮވެންބަރު 27 ވަނަ ދުވަހުގެރޭ މެންދަމު 12:00ން ފެށިގެން ވަކިގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން (ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ނުހިމެނޭ ގޮތަށް) އެތެރެވުން ހުއްޓައިލުމާއި، ދިވެހިރާއްޖެއަށް އައުމުގެ 14 (ސާދަ) ދުވަސް ކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި، 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ދިވެހިރާއްޖެއަށް އައުމުގެ 14 (ސާދަ) ދުވަސްކުރިން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާބުވޭ، އެސްވަޓީނީގައި އުޅެފައިވާ (12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭގޮތަށް) ރާއްޖެ އަންނަ ދިވެހިންނާއި ވަރކް ވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެއެވެ. އަދި މިފަދަ ފަރާތްތައް ކަރަންޓީނުން ރިލީޒްކުރެވޭނީ 14 (ސާދަ) ދުވަސް ހަމަވުމުން، ކޮވިޑު-19އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި، މި އިއުލާނަށް ޢަމަލުކުރަން ފަށާއިރު ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާވޭ، އަދި އެސްވަޓީނީން ދިވެހިރާއްޖެއަށް ދަތުރު ފަށާފައިވާ ފަރާތްތަކުންނާއި، ވޭތުވެ ދިޔަ 14 (ސާދަ) ދުވަސް ތެރޭގައި މި ގައުމުތަކުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ މީހުން މިވަގުތު ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ 14 (ސާދަ) ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 (ސާދަ) ދުވަސް ފުރިހަމަ ވުމުން އިތުރު ޕީ.ސީ.އާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި 14 (ސާދަ) ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަ ކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރު ޓެސްޓެއް ވެސް ހަދަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައިވާއިރު، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ބީ.1.1529 "ވޭރިއަންޓް އޮފް ކޮންސަރން" ގެ ގޮތުގައި ހިމަނާ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވިކަމާއެކު އެވޭރިއަންޓް ފެތުރިދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯގެ މާހިރުން ހިމެނޭ ޓީމަކުން ވަނީ މިވޭރިއަންޓްގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ދިރާސާތަކެއްކޮށްފައެވެ. އެއަށްފަހު ޑަބްލިޔުއެޗްއޯއިން ބުނީ މިހާރު ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު މިއީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު، އަދި ކޮވިޑް-19 ފެތުރެމުން އަންނަ ގޮތަށް ވަރަށް ބޮޑަށް އަސަރުކުރުވާނެ ވޭރިއަންޓެއްކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިވޭރިއަންޓްގައި ގިނަ އަދަދެއްގެ މިޔުޓޭޝަންތައް ހިމެނޭކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއް ކަމަށެވެ. ޕްރިލިމިނަރީ ހެކިތަކަށް ބަލާއިރު އެހެން "ވޭރިއަންޓް އޮފް ކޮންސަރން"ގައި ހިމެނޭ ވޭރިއަންޓްތަކާއި އަޅާބަލައިރު އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު މިވޭރިއަންޓްގައި ބޮޑުކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މިވޭރިއަންޓަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައެޅުނު ކޮވިޑްގެ ފަސް ވަނަ ވޭރިއަންޓެވެ. "ވޭރިއަންޓް އޮފް ކޮންސަރން"އަކީ އާބާދީގެ ބޮޑުބަޔަކަށް ޖެހި ކޮވިޑްގެ ހާލަތު ގޯސްވެދާނެކަމަށް ބެލެވޭ ހިސާބަށް ވޭރިއަންޓެއް ދިޔުމުން ލާ ކެޓަގަރީއެކެވެ.

އެޗްޕީއޭއޮމިކްރޯން ވޭރިއަންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު