Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑުގެ މަރު

ކޮވިޑުގެ މަރުގެ އަދަދުތައް އިތުރުވެ، ތާރީޚުގެ ތެރެއަށް!

4 ޑިސެމްބަރު 2021 | ހޮނިހިރު 17:12

މި ވައިރަސް ޖެހިގެން ނިޔާވެފައިވަނީ 253 މީހުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ޑިސެމްބަރު 2021 | ހޮނިހިރު 17:12
ހުޅުމާލެ ސަހަރާ

ހުޅުމާލެ ސަހަރާ

ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލާއިރު މިހާރު ފެންނަ ކޭސްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް މި އަންނަނީ އިތުރުވަމުންނެވެ. އަތޮޅު ތެރޭގެ ރަށްރަށުން ފެނުނު ކޭސްތަކުގެ އަދަދު ވެސް މިއަންނަނީ އިތުރުވަމުންނެވެ. މިއާއެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދުވެސް މިވަނީ އިތުރުވެފައެވެ.

ކޮވިޑުގައި ނިޔާވި މީހުންގެ އަދަދު އިތުރުވެ، މިވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް 91،993 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، މި ވައިރަސް ޖެހިގެން ނިޔާވެފައިވަނީ 253 މީހުންނެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި ބަލީގައި ބޮޑުވަރުވެ ނިޔާވި ގިނަ މީހުންނަކީ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުންނެވެ.

ތާރީޚުގެ ތެރެއަށް ޖެހިލާނަމަ، ކޮވިޑުގެ ފަދަ އެތައް ބަލިމަޑުކަމެއް ދުނިޔެއަށް ވަނީ ކުރިމަތިވެފައެވެ. މިފަދަ ބައެއް ބަލިތައް ރާއްޖޭގައިވެސް ވަނީ ފެތުރިފައެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރި ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރިފައިވަނީ 70ގެ އަހަރުތަކުގައި ފެތުރިގެންދިޔަ ކޮލެރާއާއި ސިގެއްލާއާއެވެ.

އެގޮތުން 1978ގައި ދުނިޔޭގައި ކޮރެލާ އެންމެ ހަލުވިކަމާއެކު ފެތުރިގެންދިޔަ ދުވަސްވަރު، ރާއްޖޭން 11303 މީހެއްގެ ގައިން އެ ބަލި ފެނިފައިވެއެވެ. އަދި އޭގެ ތެރެއިން 252 މީހަކު ނިޔާވިއެވެ. އޭރު ރާއްޖޭގެ އާބާދީ އަކީ 148،780 މީހުންނެވެ.

ދެން އެންމެ ހަލުވިކަމާއެކު ރާއްޖޭގައި ފެތުރިގެންދިޔަ އަނެއް ބައްޔަކީ ސިގެއްލާއެވެ. 1982 ވަނަ އަހަރު ރާއްޖޭން 13752 މީހަކަށް ސިގެއްލާ ޖެހުނުއިރު، 197 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭރު ރާއްޖޭގެ އާބާދީ އަކީ 169،851 މީހުންނެވެ.

ސިގެއްލާ ޖެހިގެން 197 މީހުން ނިޔާވެފައިވާއިރު ކޮލެރާ ޖެހިގެން ނިޔާވީ 252 މީހުންނެވެ. އޭރުގެ ސިއްހީ ހާލަތަށް ބަލާއިރު އެހާ ކުރިއަރާފައިވާ ޒަމާނަކަށް ނުވުމުން މާގިނަ ވަސީލަތްތަކެއް ފަރުވާ ދިނުމުގައި ނެތެވެ. މިކަމުގެ ސަބަބުންވެސް މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކާ ކުރިމަތިވެގެން ދިޔައެވެ.

ސިއްހީ ފަރުވާތައް ފޯރުކޮށްދިނުމުގައި އެންމެ ޒަމާނީ މެޝިންތައް ބޭނުންކުރާ މިފަދަ ޒަމާނެއްގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 1978 ވަނަ އަހަރަށް ވުރެން ވެސް އިތުރުވެފައެވެ.

މިވައިރަސް ޖެހިގެން އެއްފަހަރާ ގިނަ މީހުން ނިޔާނުވި ނަމަވެސް، ވިސްނަންވީ ކަމަކީ އަދަދުތައް އިތުރުވަމުންދާކަމެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެހާ ރައްޔިތުން ވެސް އަޅަން ޖެހޭ ކަމެވެ. އަދިވެސް ވައިރަސްގެ ނުރައްކާ އޮތްކަން ހަނދާނުގައި ބަހައްޓައިގެން، ކަމާގުޅޭ މާހިރުން ދޭ އިރުޝާދުތަކަށް ތަބާވުން މުހިންމު ކަމެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް