Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެނާޓޯ ހޯދަން މަސައްކަތްކުރުން

ރެނާޓޯއަށް ލިވަޕޫލުން އަދިވެސް ޝައުގުވެރިވޭ

4 ޑިސެމްބަރު 2021 | ހޮނިހިރު 14:29

ރެނާޓޯ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ ފާރަލަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޑިސެމްބަރު 2021 | ހޮނިހިރު 14:29
ލިލްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް

ލިލްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވިދާލި ޕޯޗުގަލުގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދުމަށް ލިވަޕޫލުން އަދިވެސް މަސައްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ފަސް އަހަރު ކުރިން ޕޯޗުގަލުން ޔޫރޯ ކާމިޔާބުކުރިއިރު ވިދާލި ރެނާޓޯ ވަނީ މި ފަހަރުގެ ޔޫރޯގައިވެސް މޮޅު ކުޅުމެއް ދައްކާއެވެ. އެއާއެކު ފްރާންސްގެ ލިލްއަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ރެނާޓޯ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ ފާރަލަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް ލިވަޕޫލުން ވަނީ ރެނާޓޯ ގަންނަން މަސައްކަތްކޮށްފައެވެ. އެކަމަކު އެ ފަހަރު އެކަން ކާމިޔާބުވެފައި ނުވާއިރު، ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފާގައިވެސް ރެނާޓޯ ގަތުމަށް ލިވަޕޫލުން މަސައްކަތްކުރާނެ ކަމަށް ޕޯޗުގަލުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބެންފީކާ ޓީމުން ފާހަގަވި ރެނާޓޯ 2016 ވަނަ އަހަރުގެ ޔޫރޯއަށްފަހު ބަދަލުވީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށެވެ. އެ ޓީމުގައި ރެނާޓޯ ތިން ސީޒަން ހޭދަކުރިއިރު، އޭނާ ވަނީ ބަޔާނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީއަށް ކުޅެފައެވެ. އެއަށްފަހު ރެނާޓޯ ލިލްއަށް ބަދަލުވީ 2019 ވަނަ އަހަރު 21 މިލިޔަން ޕައުންޑަށެވެ. އޭނާ އަކީ ލިލްގެ ތާރީޚުގައި އެ ޓީމަށް ސޮއިކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އެ ފަހަރު ރެނާޓޯ ވަނީ ލިލްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލިލްއިން ރެނާޓޯ ވިއްކާނަމަ، އެ ޓީމުން އޭނާއަށް ކަނޑައަޅާފައިވާ އަގަކީ 34 މިލިޔަން ޕައުންޑެވެ. އަދި ލިވަޕޫލުގެ އިތުރުން ބާސެލޯނާ، އޭސީ މިލާން، ނިއުކާސަލް ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީންވެސް ރެނާޓޯއަށް ޝައުގުވެރިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލިލްގައި މިހާތަނަށް ރެނާޓޯ ތިން ސީޒަން ހޭދަކޮށްފައިވާއިރު، މިދިޔަ ސީޒަނުގައި ލިލްއިން ފްރެންޗް ލީގު ކާމިޔާބުކުރިއިރު ރެނާޓޯ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާ ވަނީ ލިލްއަށް މިހާތަނަށް ކުޅެދުން 70 މެޗުގައި ހަ ލަނޑު ޖަހާފައެވެ.

ރެނާޓޯ ސަންޗޭސްލިވަޕޫލް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް