Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފީވަކުގައި ފެނުގެ ނިޒާމު ގާއިމުކުރުން

ފީވަކުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފި

4 ޑިސެމްބަރު 2021 | ހޮނިހިރު 07:48

މިމަޝްރޫއަކީ 49.60 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 ޑިސެމްބަރު 2021 | ހޮނިހިރު 07:48
ށ.ފީވަކުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އިފްތިތާހުކުރުން

ށ.ފީވަކުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އިފްތިތާހުކުރުން

އެމްޑަބްލިއުއެސްސީން ށ.ފީވަކުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ފީވަކުގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށް ދެއްވީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ އިތުރުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމާއި، ލ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އަދި ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަނެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ފީވަކަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ %33 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ފީވަކުގައި 9.18 ކިލޯމީޓަރގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެއެވެ.

ފީވަކުގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއަކީ 49.60 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.

އެމްޑަބްލިޔުއެސްސީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
24 އޮކްޓޯބަރު 2023

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

24 އޮކްޓޯބަރު 2023
ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
06 އޯގަސްޓު 2023

ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު

06 އޯގަސްޓު 2023
ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު
26 މެއި 2023

4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު

26 މެއި 2023
4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު
26 މެއި 2023

ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

26 މެއި 2023
ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް