Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަށަފަރުގެ ފެނާއި ނަރުދަމާ

ވަށަފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތް އިފްތިތާހުކޮށްފި

4 ޑިސެމްބަރު 2021 | ހޮނިހިރު 07:13

ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތުގެ 29 އިންސައްތް މިހާރު ވަނީ ނިމިފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 ޑިސެމްބަރު 2021 | ހޮނިހިރު 07:13
ވަށަފަރުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އިފްތިތާހުކުރުން

ވަށަފަރުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އިފްތިތާހުކުރުން

ހއ. ވަށަފަރުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމެގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ވަށަފަރުގައި ހޮނިހިރު ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި މި މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއު އެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގުގެ އިތުރުން ވަށަފަރު ކައުންސިލުގެ ރައީސް އަހުމަދު މުއީންއެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައި ވާއިރު، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތުގެ 29 އިންސައްތަ ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.

ވަށަފަރުގައި ފެނުގެ ނިޒާމު ގާއިމުކުރުގެ މަސައްކަތުގެ ދަށުން 7.5 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ހަމަޖެހިފައިވެއެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން، ފެން ރައްކާ ކުރުމަށްޓަކައި ތިން ތާނގި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައި ދިނުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާގެ މަސައްކަތުގެ ތެރޭގައި 2.7 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާ، ހަތަރު ޕަންޕިން ސްޓޭޝަނާ އެއް ސީ އައުޓް ފްލޯ ގާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދިނުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑަބްލިޔުއެސްސީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
24 އޮކްޓޯބަރު 2023

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

24 އޮކްޓޯބަރު 2023
ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
06 އޯގަސްޓު 2023

ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު

06 އޯގަސްޓު 2023
ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު
26 މެއި 2023

4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު

26 މެއި 2023
4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު
26 މެއި 2023

ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

26 މެއި 2023
ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް