Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުހަބާ ރައީސް ޔާމީން ޖަލްސާ

ސަރުކާރު ވައްޓާލައި ރައީސް ޔާމީނު ވެރިކަމާ ހަވާލުވުމަށް ކުރީގެ ރައީސް ވަހީދު ގޮވާލައްވައިފި

ވެރިކަން ކުރައްވަން ވާނީ ދުރުވިސްނޭ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 ޑިސެމްބަރު 2021 | ހުކުރު 17:41
ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު

ސަރުކާރު ވައްޓާލައި ރައީސް ޔަމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ޑރ.މުހައްމަދު ވަހީދު ހަސަން ގޮވާލައްވައިފިއެވެ.

މަރުހަބާ ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، މިހާރު ރާއްޖޭގެ ސަރުކާރާ ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ވަހީދުވަނީ މިވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

ވަހީދު ވިދާޅުވީ، ވެރިކަން ކުރައްވަން ވާނީ ދުރުވިސްނޭ ސިޔާސަތެއް އޮންނަ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީނަކީ އެފަދަ ވެރިއެއް ކަމަށާއި، އެމަނިކުފާނު ނަމޫނާއަކަށް ބެއްލެވީ ތަރައްގީވެފައިވާ ގައުމުތައް ކަމަށެެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި ބިޔަ މަޝްރޫއުތައް ވަށައިގެން ފެންނަމުންދާ ކަމަށެވެ. އެހެންނަމަވެސް މިއަދު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. ފަހަތުފަޔަށް ބުރެވެފައިވާތަން މިހާރު ފެންނަމުންދާ ކަމަށާއި، ދިވެހިންގެ ގޮތަކީ ކަމަކަށް ކުރިމަތިލައިފިނަމަ އެކަމެއް ނިމެންދެން ކެރިގެން ތިބުން ކަމަށެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކަންނެތް ކަމާއި ފަރުވާ ކުޑަވުން ކަމަށާއި، ވެރިކަމާ ހަވާލުވާން ވާނީ ވެރިކަން ކުރެވޭ ތަސައްވުރެއް އޮންނަ ބޭފުޅުން ކަމަށެވެ. 20 އަހަރުފަހުން ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވުރެއް ނެތި ވެރިކަން ނުކުރެވޭނެ ކަމަށެވެ. މިހާރު ރާއްޖޭގެ މުސްތަގްބަލް އޮންނަ ގޮތުގެ ވާހަކަ ދައްކާ މީހަކު ނުފެންނަ ކަމަށް ވަހީދު ވިދާޅުވިއެވެ. އެހެންކަމުން ޕީޕީއެމްއިން ސަރުކާރާ ހަވާލުވާން ޖެހޭ ކަމަށެވެ.

ރާއްޖެއަކީ މިހާރު އެތައް މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަކަށްވާއިރު، ޚާރިޖި ސިޔާތު ބައްޓަން ކުރަން ޖެހޭނީ، މަލްޓި ލެޓެރަލިޒަމްގެ ދަށުން ކަމަށް ވަހީދު ވިދާޅުވިއެވެ.

ރާއްޖެ ހިމާޔަތް ކުރުމުގެ ނަމުގައި އެއްވެސް ގައުމެއްގެ ސިފައިން ބޭތިއްބުމަކީ، ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށާއި، ދިވެހިންނަކީ އެންމެންގެވެސް ރަހުމަތްތެރިއެއް ކަމަށެވެ. ރާއްޖޭގެ ބިމާ ކަނޑުތަކަށް ރާއްޖޭގެ ބާރު ކެނޑޭ އެއްވެސް ކަމެއް ބަލައި ނުގަނެވޭނެ ކަމަށެވެ.

މިއަދު ފެނިގެން މިދަނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ނުފެންނަވަރުގެ ކަމެއް ކަމަށާއި، ޝަރުއީ ނިޒާމުގައި އެކި ފާރާތްތަކުގެ ނުފޫޒު އޮވެ، ރައީސް ޔާމީން މިނިވަން ވުމަކީ ކާމިޔާބީއެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އެތައް ކުޑަކުދިންނެއް ރޭޕްކުރި ބިލިޔަނަރު އެޕްސްޓީން އާއި ބައްދަލުކުރީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. ވަހީދު

16 ނޮވެމްބަރު 2025
އެތައް ކުޑަކުދިންނެއް ރޭޕްކުރި ބިލިޔަނަރު އެޕްސްޓީން އާއި ބައްދަލުކުރީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. ވަހީދު
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު