Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިގުރަށުން ބަންޑާރަ ގޯތި ދޫކުރުން

ދިގުރަށުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިފަހަރު ދޫކުރުމަށް ކަނޑައަޅާފައިވަނީ 2000 އަކަފޫޓުގެ 77 ގޯތި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2021 | ހުކުރު 17:09
އދ. ދިގުރަށް

އދ. ދިގުރަށް

އދ.ދިގުރަށުން ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމުން ދިގުރަށު ކައުންސިލުން ހުކުރުދުވަހު ކުރި އިއުލާނެއްގައި ވަނީ، އެރަށުން ގޯއްޗަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު، 2 ޑިސެންބަރ 2021ން ފެށިގެން 2 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހު މެންދުރުފަހު 13:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. މިގޮތުން މިފަހަރު ދޫކުރުމަށް ކަނޑައަޅާފައިވަނީ 2000 އަކަފޫޓުގެ 77 ގޯއްޗެވެ.

Advertisement - newsAdvertisement

އެރަށު ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 12:00ށް އެ ކައުންސިލުން ލިބެން ހުންނާނެކަމަށާއި، ފޯމު ބަލައިގަތުން ކުރިޔަށްދާނީ ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12:00ން 14:00ށް ކަމަށެވެ.

ދިގުރަށުން ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައްވެސް ކައުންސިލްގެ އިއުލާނާއިއެކު ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި، ދިވެހި ރައްޔިތަކުކަމުގައި ވުމާއި، އުމުރުން 18 އަހަރު ވެފައިވާ މީހަކު ކަމަށް ވުމުގެ އިތުރުން، އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއް ނެތުމާއި، އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް އޮތްނަމަ އެތަން ދޫކޮށްލިތާ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސްވެފައިވުން ފަދަ ޝަރުތުތައް ހިމެނެއެވެ.

މީގެ އިތުރުން، ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ އުސޫލުވެސް ދިގުރަށު ކައުންސިލުން ވަނީ އާންމުކޮށްފައެވެ. ޕޮއިންޓު ދިނުމުގެ އުސޫލުގައިވާ ގޮތުން އެންމެ ގިނަ ޕޮއިންޓް ލިބެނީ މީހަކާ އިނދެގެން އުޅޭނަމައެވެ. މިގޮތުން، މީހަކާއި އިނދެގެން އުޅޭނަމަ އެ ފަރާތަކަށް 30 ޕޮއިންޓް ލިބެއެވެ. އަދި ގޯއްޗަށް އެދޭ ފަރާތަކީ ރަށުގެ ރަށްވެއްސަކަށް ނުވާނަމަ 30 ޕޮއިންޓް އުނިކުރެވޭނެ ކަމަށްވެސް މި އުސޫލުގައި ވެއެވެ.

އދ.ދިގުރަށް

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2025

ވެރިކަން ބަދަލުވި އިރު ނިމިފައި ހުރި ދިގު ރަށުގެ ފެންޕްލާންޓު ރައީސް މުއިއްޒު ރިބަން ނުކަނޑާތީ ގޭގެއަށް ހިދުމަތް ނުދެވިފައި

07 ސެޕްޓެމްބަރު 2025
ވެރިކަން ބަދަލުވި އިރު ނިމިފައި ހުރި ދިގު ރަށުގެ ފެންޕްލާންޓު ރައީސް މުއިއްޒު ރިބަން ނުކަނޑާތީ ގޭގެއަށް ހިދުމަތް ނުދެވިފައި
27 ޑިސެމްބަރު 2023

ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާ މަޝްވަރާކުރަނީ

27 ޑިސެމްބަރު 2023
ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާ މަޝްވަރާކުރަނީ
04 ޑިސެމްބަރު 2023

ވިހެއުމަށްފަހު ކުއްޖާ ގޮނޑަށް އެއްލާލި މަންމަ ޝަރީއަތް ނިމެންދެން ބަންދަށް

04 ޑިސެމްބަރު 2023
ވިހެއުމަށްފަހު ކުއްޖާ ގޮނޑަށް އެއްލާލި މަންމަ ޝަރީއަތް ނިމެންދެން ބަންދަށް
10 ފެބުރުއަރީ 2022

ދިގުރަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފި

10 ފެބުރުއަރީ 2022
ދިގުރަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފި
30 ޖެނުއަރީ 2022

ދިގުރަށުން ގޯތި ދިނުމުގެ އެންމެހައި ކަންކަން ހުއްޓާލުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެފި

30 ޖެނުއަރީ 2022
ދިގުރަށުން ގޯތި ދިނުމުގެ އެންމެހައި ކަންކަން ހުއްޓާލުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު