Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ އައުޓް ކެމްޕޭނުގެ ގެއްލުން

ސިޔާސީ ބޭނުމަށް ވަކި ގައުމަކާ ޖައްސާލީމާ އެކަމުގެ ގެއްލުން ފޯރާނީ ދިވެހިންނަށް - އަސްލަމް

ސިޔާސީ ބޭނުމަކަށް ގައުމަކާ ޖައްސާލުމަކީ ރަނގަޅު ކަމެއް ނޫން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 ޑިސެމްބަރު 2021 | ހުކުރު 12:54
މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް

މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް

ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ޖައްސާލުމުން ގެއްލުން ވާނީ ދިވެހިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު ފާހގަވިކަންކަމާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިނުން ގެއްލުންވާނީ ދިވެހިންނަށް ކަމަށެވެ. އިންޑިއާ އަކީ ރާއްޖެއާ ޖެހިގެން އޮތް އެންމެ ގާތް ގައުމު ކަމަށާއި، ޒަމާނުއްސުރެ އެތައް ގޮތަކަށް ގުޅިފައިވާ ގައުމެއް ކަމަށެވެ. ރާއްޖެ އަޅުވެތި ކުރުމުގެ އަމަލެއް މިހާތަނަށް ފެނިފައިނެތްއިރު އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ކަމަށެވެ. މިހާރުވެސް އިންޑިއާގެ އެހީއާއެކު އެތައް މަޝްރޫއެއް ހިންގަމުން އަންނަކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެއްވެސް އަސާސެއް ނެތި އިންޑިއާ އައުޓަށް ގޮވާއިރު، ގެއްލުންވަނީ ދިވެހިންނަށް ކަމަށާއި، އެއީ ސިޔާސީ ގޮތުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. މިހާތަނަށް ހުރިހާ ސަރުކާރަކުންވެސް އިންޑިއާއާއެކު އެ ގުޅުން އެގޮތަށް ބާއްވަމުން އަންނައިރު، ސިޔާސީ ބޭނުމަކަށް ގައުމަކާ ޖައްސާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ރުޅިވެރިކަމާ ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާނަމަ އެކަން ހައްދުފަހަނައަޅައި ހިނގައިދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އިންޑިއާގައި އެތައް ދިވެހިންނެއް މިހާރުވެސް ތިބޭއިރު، ސިޔާސީ ސަބަބަކަށްޓައި ކުރާ ކަމަކުން އޭގެ ގެއްލުން ދިވެހިންނަށް ކޮށްފާނެ ކަމަށެވެ. އިންޑިއާއިން ވަމުން އަންނަ އެހީތެރިކަން ހުއްޓާލާނަމަ ދިވެހިންނަށް ގެއްލުންވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ސަރުކާރެއް މެދުވެރިވެގެން ގައުމަކުން ލިބޭ އެހީތެރިކަމަކީ، ހުރިހާ ރައްޔިތުންނަށް ލިބޭ އެހީތެރިކަމެއް ކަމަށެވެ. ބޭރު ގައުމުތަކަށް މަރުހަބާ ކިޔުމަކީ ގައުމުގެ ތަރައްގީއަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ވަކިވެގަނެގެން ނޫޅެވޭނެ ކަމަށެވެ.

ސަރުކާރަށް ޕްރެޝަރ ކުރުމުގައިވެސް ހަގީގަތް ދައްކަންޖެހޭނެ ކަމަށެވެ. އެހެން ގައުމަކަށް ޖެއްސުމަށް ކުރާ ކަމަކީ، ތަސައްރަފު ފުދިފައިވާ ސިޔާސީ ވެއްޓެއްގައި ކުރުން ރަނގަޅުކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގައުމީ ސަލާމަތަށް ނުރައްކާހުރި ކޮންމެ ކަމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުން 241 ކޮމިޓީއަށް އެކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާކަަމަށެވެ. އެއްބަސްވުންތައް ދިރާސާ ކުރަން އިދިކޮޅު މެމްބަރަކު ހުށަހެޅުއްވުމުން އެކަން ކުރަން ނިންމީ އެ ސަބަބާހެދި ކަމަށާއި، ކޮމިޓީން ބެލި ބެލުމުން އުތުރު ތިލަފަޅުގެ ވަކި އެއްބަސްވުމެއް ނެތް ކަމަށެވެ. އޮތީ، އެކްޝަން ޕްލޭނެއްގެ ދަށުން އުތުރުތިލަފަޅުގައި ޑޮކްޔާރޑް ހެދުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. ކޮމިޓީން ކުރި މިދިރާސާގައި އެމްއެންޑީއެފްއިން ފުރިހަމަ އެހީތެރިކަން ލިބުނު ކަމަށާއި، ކޮންމެ ޕްރެޒެންޓޭޝަނެއްގައިވެސް ކޮމިޓީން ދިރާސާކުރި އެއްބަސްވުންތަކުގެ މަގްސަދާއި ކުރަން ރޭވިފައި ހުރި ކަންކަން ހިމަނާފައިވާ ކަމަށެވެ. އެކަމުން ކުރާނެ ފައިދާއާއި މަންފާވެސް ހިމަނާފައިވާ ކަމަށެވެ.

މިހާރުވެސް އޭގެ ފައިދާކުރާ ކަމުގައި ވިދާޅުވިއެވެ. އެކްޝަން ޕްލޭންގެ ދަށުން އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ ޕްލޭނެއް އޮތްއިރު އޭގައި ގޯހެއް ނެތް ކަމަށް ވިދާޅުވިއެވެ. އިންޑިއާ ނޫން ގައުމަކުން ކުރިނަމަވެސް އެކަން ވާނީ ރަނގަޅު ކަމަކަށް ކަމަށާއި، އެއްވެސް މާއްދާއަކުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަމެއް ނުފެނުނު ކަމަށެވެ. ފެނިގެން ދިޔައީ މިކަން އެހެން ގޮތަކަށް ބަދަލުކުރުމަށް ބަޔަކު މަސައްކަތްކުރަމުން ދިޔަތަން ކަމަށެވެ.

އަސްލަމް ވިދާޅުވީ، ހައިޑްރޮގްރަފީ އެއްބަސްވުމުގައި ވެސް ގޯހެއް ނެތް ކަމަށެވެ. ވަސީލަތްތައް ގާއިމްވެފައި އޮތުމަކީ މުހިއްމު ކަމަކަށްވާއިރު، އަދާހަމަ ޗާޓްތަކެއް ހެދުން މުހިއްމުވުމުން، އެއްބަސްވުމުގައި އޮތީ އެކަން ކުރުމަށް ހަވާލުކުރެވިފައި ކަމަށެވެ. އެއީ ރާއްޖެ ވިއްކާލުމެއް ނޫން ކަން ވަރަށް ސާފުކަމަށެވެ.

މިފަދަ އެއްބަސްވުމެއްގެ ސަބަބުން ނުކުރެވޭ އެތައް ކަމެއް ފަހިވެގެން ދާކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އެއީ ކުރަން ޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ދިވެހި ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތައްޔާރަށް ތިބެން ޖެހޭއިރު މިހާރުވެސް އުޅަންދެއް ހަލާކުވެއްޖެނަމަ ރާއްޖެއިން ބޭރަށް ފޮނުވައިގެން ހެދުމަށް ވަރަށް ވަގުތުދާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ޒަމާނުއްސުރެ އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު މަޝްރޫއުތައްވެސް ހިންގަމުން އަންނައިރު، ޓެކްސްއާއެކު ދިވެހި ދައުލަތުގެ އާމްދަނީ އިތުރުވާން ފެށީވެސް ދާދި ފަހުންކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަސްލަމް ވިދާޅުވީ، ކޮންމެ ކަމެއް ކުރުމަށް ރާއްޖެއިން އިންސާނީ ވަސީލަތް ނުލިބޭއިރު، މިފަދަ އެއްބަސްވުންތަކާއެކު މިހާރުވެސް މީހުން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.

ކޮމިޓީން ދިރާސާކުރި ކަންކަމަށް ރިއާޔަތްކޮށް އެކުލަވާލި ރިޕޯޓް މަޖިލީހުންވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީރައްޔިތުންގެ މަޖިލިސްމެމްބަރު މުހައްމަދު އަސްލަމް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

09 ނޮވެމްބަރު 2025
މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު