Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް

ފެންބިލުގެ މައުލޫމާތު ދިނުމަށް ހިޔާ ފްލެޓުގައި ހެލްޕް ޑެސްކެއް ގާއިމުކޮށްފި

1 ޑިސެމްބަރު 2021 | ބުދަ 04:04

ހެލްޕް ޑެސްކުގެ ޚިދުމަތް ލިބޭނީ ނޮވެމްބަރ 30ން ޑިސެމްބަރ ހަތަރެއްގެ ނިޔަލަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 1 ޑިސެމްބަރު 2021 | ބުދަ 04:04
ހިޔާ ފްލެޓުގައި ގާއިމުކުރި އެމްޑަބްލިޔުއެސްސީގެ ހެލްޕު ޑެސްކު

ހިޔާ ފްލެޓުގައި ގާއިމުކުރި އެމްޑަބްލިޔުއެސްސީގެ ހެލްޕު ޑެސްކު

ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ދިނުމަށްޓަކައި ހިޔާ ފުލެޓުގައި އެމްޑަބްލިޔުއެސްސީން ހެލްޕް ޑެސްކެއް ގާއިމްކޮށްފިއެވެ.

ހެލްޕް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުން ފެން ބިލާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ސާފު ކުރުމާއި، ފުލެޓުތަކުގެ ފެން މީޓަރު ރަޖިސްޓަރ ކުރުމުގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށްވެސް އެދެވޭނެއެވެ.

ހިޔާ ފްލެޓުގެ ޓަވަރ 13ގައި ގާއިމުކުރެވިފައިވާ މި ހެލްޕް ޑެސްކުގެ ޚިދުމަތް ލިބެން ހުންނާނީ ނޮވެމްބަރ 30ން ޑިސެމްބަރ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 13:00ން 17:00ށް ހެލްޕް ޑެސްކުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެމްޑަބްލިއޔުއެސްސީން މައުލޫމާތުދެއެވެ.

ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ފެން މީޓަރު ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ދިނުމާއި، އެފަރާތްތަކަށް ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުމަކީ ހެލްޕް ޑެސްކުގެ މައިގަނޑު މަގްސަދު ކަމަށް އެކުންފުނިން ބުނެއެވެ.

ހިޔާ ފުލެޓްގެ ފެން މީޓަރު ރަޖިސްޓްރީ ކުރުމަށް ވެރިފަރާތުގެ އައިޑީ ކާޑާއި ހިޔާ ފުލެޓް އެގްރީމަންޓްގެ ސަފްހާ 29 ގެނައުމުން ފެން މީޓަރު ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި ކަސްޓަމަރުން މަސް މަހަށް ބަހާލައިގެން ފެން ބިލަށް ފައިސާ ދެއްކުމަށް އެދޭނަމަ ހެލްޕް ޑެސްކް މެދުވެރިކޮށް އެމްޑަބްލިޔުއެސްސީގެ ލީނިއަންސީ ޕޮލިސީއަށް އެދުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން އެޕާޓްމަންޓްތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކާއި، ފެން ލީކެއް އުޅޭކަން ފާހަގަ ކުރެވޭނަމަ ދެން ކަންތައް ކުރަންވީ ގޮތުގެ މައުލޫމާތު ކަސްޓަމަރުންނަށް ދެވޭނެއެވެ.

އެމްޑަބްލިޔުއެސްސީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
24 އޮކްޓޯބަރު 2023

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

24 އޮކްޓޯބަރު 2023
ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
06 އޯގަސްޓު 2023

ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު

06 އޯގަސްޓު 2023
ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު
26 މެއި 2023

4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު

26 މެއި 2023
4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު
26 މެއި 2023

ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

26 މެއި 2023
ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް