Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު

ފުލުހުން ވީއެންމެ ރަނގަޅަކަށް ތަހުގީގު ހިންގަމުންދާކަމަށް ގަބޫލުކުރަން: ރައީސް ނަޝީދު

1 ޑިސެމްބަރު 2021 | ބުދަ 02:05

އެމަނިކުފާނު އަވަހާރަކޮށްލުމަށް 2019 ވަނަ އަހަރުން ފެށިގެން ބަޔަކު ރާވާ އެކަން ކުރުމަށް އެތައް ފަހަރަކު މަސައްކަތްކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޑިސެމްބަރު 2021 | ބުދަ 02:05
މެއި 6 ގައި ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދީފައި

މެއި 6 ގައި ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދީފައި

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ ތަހުގީގު ފުލުހުން ވީއެންމެ ރަނގަޅަކަށް ކުރަމުން ގެންދަވާކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވައްކަމުގެ މައްސަލަ ބަލާނެކަމަށް ވިދާޅުވުމުން ދިން ހަމަލާއެއްކަމަށް ގަބޫލުކުރައްވަންތޯ އާއި އެމްއެމްޕީއާރުސީގެ ފައިސާ ނަގައިގެން ތިބި މީހުންނަކީ އެމަނިކުފާނާ ދެކޮޅު ބަޔެއްކަން ގަބޫލުކުރަންތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ތަހުގީގު މިހާވެސް ކުރިޔަށްދާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ފުލުސް އޮފީހަށް ބަޔާން ދީފައިކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމަނިކުފާނު އަވަހާރަކޮށްލުމަށް 2019 ވަނަ އަހަރުން ފެށިގެން ބަޔަކު ރާވާ އެކަން ކުރުމަށް އެތައް ފަހަރަކު މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ އަޑީގައި ތިބި މީހުންނާ ގުޅޭގޮތުން މިވަގުތު އެއްޗެއް ވިދާޅުވާން ދަތިކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް އަންނަނީ ކޯޓުގައި ޝަރީޢަތްތައް ކުރިޔަށް ގެންދަމުންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުން ކަމަށްވާ އަހުމަދު އަދުހަމާއި މުޖާޒް އަހްމަދު އަދި ތަހުމީން އަހްމަދުގެ މައްޗަށާއި ބޮން ގޮއްވާލި ސައިކަލްގައި އެ ބޮން ހަރުކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ކަމަށް ތުހުމަތުވާ އަލީ ހައިޝަމްގެ މައްޗަށް އަންނަނީ ދައުވާކޮށް ޝަރީޢަތް ކުރިޔަށް ގެންދަމުންނެވެ. މީގެއިތުރުން މުހައްމަދު ނާޒިމާއި، އަލީ ފަހުމީގެ އިތުރުން އިސްހާގުގެ މައްޗަށް އަންނަނީ ޝަރީޢަތް ހިންގަމުންނެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އިސްހާގުގެ އިތުރުން، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

ފުލުހުން ބުނެފައިވަނީ މި ހަމަލާދިނުމަށް 3 ފަހަރު މަތިން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން ޖާނުންފިދާވެގެން ހަމަލާދިނުމަށް މަސައްކަތް ކުރި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. އެންމެ ފުރަތަމަ ހަމަލާދިނުމަށް ރާވާފައިވަނީ ޔާގޫތުގެ ހުންނަ ސަރަހައްދުގައެވެ.

ދެވަނަ ފަހަރަށް ހަމަލާ ދިނުމަށް ރޭވީ ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާއިރު، މޭރީ ބްރައުން ރެސްޓޯރަންޓު ސަރަޙައްދުގައެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް ހުރުމުން 3 ވަނަ ފަހަރަށް ހަމަލާ ރޭވީކަން އޭސީޕީ މުޙައްމަދު ރިޔާޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އެންމެ ފަހުން ހަމަލާދީފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ބަހައްޓާފައިވާ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލައިގެންނެވެ. މިހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލަކީ 2019 ވަނަ އަހަރު ގަނެފައިވާ ސައިކަލެކެވެ.

ރައީސް ނަޝީދުރައްޔިތުންގެ މަޖިލިސްމޭ6ޓެރާރއެޓޭކްރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް