Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރުޢީ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތް

ޝަރުޢީ ނިޒާމު އެކަނި އިސްލާހުވެގެން އަދި އެދޭ ނަތީޖާ ނުފެންނާނެ: ރައީސް ނަޝީދު

ފުލުހުންގެ ތަހުގީގުތައް އިސްލާހުވެ އިންވެސްޓިގޭޝަން ކަންތައް އަދި މާބޮޑަށް ބަދަލުވާންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޑިސެމްބަރު 2021 | ބުދަ 02:09
އާސްކް ސްޕީކާރ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

އާސްކް ސްޕީކާރ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމުން ތަހުގީގުކުރެވުނު ގޮތާއި ދައުވާ އުފުލޭ ގޮތާއި މިހުރިހާ ކަމަކަށް ވިސްނަންޖެހޭކަން އެނގިގެން ހިނގައްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކާރ ޕްރޮގްރާމްގައި މީހެއްގެ ހައްގު ގެއްލިފައިވަނީ ކުށްވެރިޔާ ހަނުހުރުމުގެ ސަބަބުންކަމަށްވާތީ ހަނުހުރުމުގެ ހައްގު ބާތިލުކުރުމަށް ހުށަހެޅުމަށް އެދި އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިއުތިރާފް ބަޔާން ނަގައިގެން އެބަޔާނުގެ މައްޗަށް ޝަރީޢަތް ހިންގުން ނުވަތަ ދައުވާ އުފުލުން އެއީ އެންމެ ރަނގަޅަށް އިންސާފު ލިބެވޭ ގޮތްކަމަށް ދެކެވަޑައިގަންނަވަން އުނދަގޫކަމަށެވެ. އިއުތިރާފް ނޫންގޮތަށް ހެއްކާއި ގަރީނާއިންވެސް އެކަން ފެންނަން ހުންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަބަދުވެސް ބުރަވެވެނީ އިއުތިރާފަށް ބުރަނުވެ ފެންނަން ހުރި ހެއްކާއި ގަރީނާ މެދުވެރިކޮށް މައްސަލަތައް ނިންމޭނެ ގޮތްވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މުޅި ޝަރުޢީ ނިޒާމާ ގުޅިފައިވާ ހުރިހާ ކަމެއްވެސް ބަދަލުވާންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމާއި ގުޅޭގޮތުން ވިދާޅުވަނީ ކީކޭތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހުކުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ކުރީގެ ވެރިއަކު ދޫކޮށްލުމަށް، މިނިވަން ކުރުމަށް ރާއްޖޭގެ ފަނޑިޔާރު ގެއަކުން ހުކުމްކުރި ފުރަތަމަ ފަހަރުކަމަށެވެ. ރާއްޖޭގެ 2000 އަހަރަށްވުރެ ދިގު ވެރިކަމުގެ ތާރީޚުގައި އެމީހެއްގެ ވެރިކަމުން ބޭރުގައި އެބާވަތުގެ ކަމެއްވީ ފުރަތަމަ ފަހަރުކަމަށް ނަޝީދު ވިދާޅުވިއެވެ. ގިނަ ފަހަރު ރާއްޖޭގެ ކުރީގެ ވެރިންނަށް އަލުން ވެރިކަމަށް ނާދެވި މަރާލެވި ނުވަތަ ހައްޔަރުގައި ވަނީ ނިމިގޮސްފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދަކީ އެމްޑީޕީގެ ވައުދެއްކަމަށާއި އެމަސައްކަތުގެ ދަށުން މިހާތަަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ޝަރުއީ ނިޒާމު އިސްލާހުކުރެވިފައިވާ މިންވަރަކީ ވާދަވެރިންވެސް ފާހަގަކުރާކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ގަޒިއްޔާ ނިމުނު ގޮތުން ކޯޓުތައް އިސްލާހުވަމުން އަންނަކަމަށް ގިނަ ބަޔަކު ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެޖެންޑާ 19ގެ ދަށުން ޝަރުޢީ ނިޒާމު އިސްލާހުކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފެންނަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުޑީޝަރީ އިސްލާހުކުރުމަށް އެޖެންޑާ 19ގެ ދަށުން ގިނަ މަސައްކަތްތެއް ވަނީ ކޮށްފައެވެ. އެގޮތުން ގާނޫނުތަކަށް ބަދަލު ގެނެސް ޖުޑީޝަރީ މިނިވަންކުރުމުގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ރައީސް ނަޝީދުރައްޔިތުންގެ މަޖިލިސްޖޭއެސްސީޖުޑީޝަލް ސަރވިސް ކޮމިޝަންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
24 ނޮވެމްބަރު 2025

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
24 ނޮވެމްބަރު 2025

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު