Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫސިޓީ ހިތަދޫގެ ފްލެޓްތައް

ފްލެޓް ހަވާލު ކުރުން ލަސްވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން – މޭޔަރ ނިޒާރު

30 ނޮވެމްބަރު 2021 | އަންގާރަ 08:11

ހިތަދޫގައި ހުރި ފްލެޓްތަކުގެ ތެރެއިން މިހާރު ދޫނުކުރެވިހުރީ 28 ފްލެޓް

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 30 ނޮވެމްބަރު 2021 | އަންގާރަ 08:11
އައްޑޫގައި އަޅާފައިވާ ފްލެޓްތައް

އައްޑޫގައި އަޅާފައިވާ ފްލެޓްތައް

ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލު ނުވެހުރި 28 ފްލެޓް ހަވާލު ކުރުން ލަސްވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ 28 ފްލެޓަށް 565 މީހުން ކުރިމަތިލާފައިވާ ކަމަށާއި އޭގެތެރެއިން މަރަދޫއާއި މަރަދޫފޭދޫއަށް ޚާއްސަ 6 ފްލެޓާއި ފޭދޫއަށް ޚާއްސަ 6 ފްލެޓްގެ އިވެލުއޭޝަން ނިމުމަކާ ހިސާބަށްގޮސް ޕޮއިންޓް ލިބުނުގޮތް އިޢުލާން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ހިތަދޫގެ މީހުންނަށް ޚާއްސަ 16 ފްލެޓްގެ ވެސް އިވެލުއޭޝަން މަސައްކަތް ފަށާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.  

Advertisement - newsAdvertisement

ފްލެޓްތައް ޙަވާލު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރީގެ ކައުންސިލްގެ ދައުރު ހަމަވިއިރު ނިމިފައިވީނަމަވެސް ޢާއްމުންގެ ގިނަ ޝަކުވާތަކެއް ހުރުމުން އަލުން ފޯމް އިވެލުއޭޓު ކުރަން ފެށީ އާކައުންސިލް މަގާމާއި ޙަވާލު ވުމަށްފަހުއެވެ. އެހެންނަމަވެސް ގިނަ ބަޔަކު އެދުނުގޮތަށް ގޭގެއަށް ޒިޔާރަތް ކޮށްގެން ޙާލަތު ދެނެގަނެވޭނެފަދަ މާޙައުލެއް ކޮވިޑްގެ ދަނޑިވަޅުގައި ލިބިފައިނެތްކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

ނިޒާރު ވިދާޅުވީ އައްޑޫސިޓީގައި ގެދޮރުނެތް އެތައް ބަޔަކު ތިބިއިރު މިފަރާތްތަކަށް ދޫކުރުމަށް އެންމެ 28 ފްލެޓް ލިބިފައިވުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަވަސް ޙައްލެއް ލިބޭނެ ގޮތަކާމެދު ސަރުކާރާއެކު މަޝްވަރާ ކުރައްވާކަމަށެވެ.

މިކަން ކުރެވެން އޮތީ އައްޑޫސިޓީގެ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތް ނިމިގެން ކަމަށްވާއިރު އާކައުންސިލްގެ މިދައުރަށް 5 މަސްވީއިރުވެސް މިމަސައްކަތް ވަނީ އަދި ނުނިމިއެވެ. އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ޙަވާލުކޮށްފައިވަނީ ރިޔާން ޕްރައިވެޓް ލިމިޓެޑާއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކެޓަގަރީ “ޑީ” ގައި ހިމެނޭ 32 ފްލެޓުވެސް މިދިޔަ އަހަރުގެ ތެރޭ ދޫކުރެވުނެވެ. އެ ފްލެޓްތަކަށް އެދި ޖުމްލަ 835 ފަރާތަކުން ފޯމު ހުށަހެޅިއިރު، އޭގެތެރެއިން ފްލެޓު ލިބުމަށް ޝަރުތު ހަމަވާ 732 ފަރާތެއް ހިމެނުނެވެ. އޭގެ ތެރެއިން 48 ޕޮއިންޓަށްވުރެ މަތިން މާކުސް ލިބިގެން ގުރުއަތު ނެގުމަކާ ނުލައި 19 ފަރާތަކަށް ވަނީ ފްލެޓު ލިބިފައެވެ. އަދި 48 ޕޮއިންޓު ލިބިގެން މާކްސްގެ ގޮތުން އެއްވަރުވި 19 ފަރާތެއްގެ މެދުގައި ނެގި ގުރުއަތުން ބާކީހުރި 13 ފްލެޓް ވަނީ ދޫކޮށްފައެވެ.

ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން މިހާތަނަށް  234 ފްލެޓުވަނީ  ހަވާލުކޮށްނިމިފައެވެ. ބާކީ ހުރި 30 ފްލެޓްގެ ތެރެއިން 2 ފްލެޓް ޚާއްސަކޮށްފައިވަނީ ގުދުރަތީ ކާރިސާތަކުގައި ގެއްލުންވާ ފަރާތްތައް ބޭތިއްބުމަށެވެ.

އައްޑޫ ފްލެޓް ޢިމާރާތް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް