Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދަނީ އިޖުރާއަތުގެ ބިލް ފާސްކުރުން

މަދަނީ އިޖުރާއަތުގެ ބިލު ފާސްވުމުން މައްސަލަތައް އަވަސްވެ، އިޖުރާއަތުގެ ޔަގީންކަން ލިބޭނެ: އޭޖީ

މިބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކެލާ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ނޮވެމްބަރު 2021 | އަންގާރަ 02:39
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

މަދަނީ އިޖުރާއަތުގެ ބިލު ފާސްވުމުން މައްސަލަތައް އަވަސްވެ، އިޖުރާއަތުގެ ޔަޤީންކަން ލިބޭނެކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާގައި ވަނީ މަދަނީ އިޖުރާއަތުގެ ބިލް ފާސްކޮށްފައެވެ. ބިލް ފާސްކޮށްފައިވަނީ ކޮމިޓީ ރިޕޯޓަށް ތަޅުމުން ހުށަހެޅި 17 އިޞްލާހާއެކުއެވެ. މިއީ އެޑިޓޯރިއަލް އިޞްލާޙުތަކެކެވެ. އިޞްލާޙުތައް ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީއެވެ. އިޞްލާޙުތަކާއެކު ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން އޭޖީ ކުރެއްވި ޓްވީޓްގައި ވަނީ ޢިއްތިފާޤުން ބިލު ފާސްކޮށްދެއްވީތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އަށް ޝުކުރު އަދާކުރައްވާފައެވެ.

"މަދަނީ އިޖުރާއަތުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.

ބިލު ދިރާސާކުރަމުންދިޔައިރު، ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، ސާފުކުރުމަށް ބޭނުންވާ ކަންކަން ކޮމިޓީން ވަނީ ސާފު ކޮށްފައެވެ. ސަރުކާރުގެ ފަރާތުން މަދަނީ އިޖުރާއަތުގެ ބިލު ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއިރު، މައިގަނޑު 6 ބައެއްގެ މައްޗަށް އެކުލަވާލާފައިވާއިރު، މި ބިލުގައި 31 ބާބުގައި 379 މާއްދާ ހިމެނެއެވެ. އަދި، ސަރުކާރުން އިޞްލާޙުކޮށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލުގެ ޑްރާފްޓު، 4 ނޮވެންބަރު 2020ގައި ކޮމިޓީއަށް ފޮނުވިއިރު، މަދަނީ އިޖުރާއަތުގެ ބިލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މި ބިލުގައި 36 ބާބު ހިމަނާފައިވާއިރު، މި ބިލުގެ މައްދާތަކުގެ އަދަދު 429އަށް ވަނީ އިތުރުވެފައެވެ.

މި ބިލުގެ ފުރަތަމަ ބައިގައި ހިމަނާފައިވަނީ އިބްތިދާއީ މާއްދާތަކެކެވެ. އެގޮތުން، ޝަރީޢަތްކުރުމުގެ ހަމަތަކާއި ކޯޓުގެ އާންމު ވާޖިބުތަކާއި، ބާރުތަކާއި، ކޯޓުތަކުގެ އިޚްތިޞާޞްތައް މި ބައިގައި ހިމަނާފައިވެއެވެ. އަދި، މަދަނީ މައްސަލަތަކުގައި ދަޢުވާކުރެވޭނެ މުއްދަތުތަކާއި، އެ މުއްދަތުތައް ކަނޑައެޅުމުގައި އިސްތިސްނާވާ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މަދަނީ މައްސަލައެއްގައި ހިމެނޭ ޚަސްމުންނާ ގުޅުންހުރި މާއްދާތައްވެސް ހިމަނާފައިވެއެވެ.

މި ބިލުގެ ދެވަނަ ބައިގައި ހިމަނާފައިވަނީ ޝަރީޢަތުގެ ކުރީގެ މަރުޙަލާއާ ގުޅުންހުރި މާއްދާތަކެވެ. އެގޮތުން، ދަޢުވާކުރުމާއި، ދަޢުވާއާގުޅޭ ޢާންމު އުޞޫލާއި، ޚާއްޞަ ބާވަތްތަކުގެ ދަޢުވާއާއި އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތާއި، ކޯޓުން ދަޢުވާ ބަލައިގަތުމާއި ދަޢުވާލިބޭ ފަރާތަށް ރައްދުކުރުމާއި، ދަޢުވާއަށް ރައްދުދިނުމާއި ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމާއި، ޣައިރު ޙާޟިރުގައި ކުރާ ޙުކުމާއި، ދަޢުވާއަށް އެއްބަސްވުމާއި، ދަޢުވާގެ ދިފާޢާއި ޖަވާބާއި، ރައްދު ދަޢުވާއާއި އިތުރު ދަޢުވާއާއި ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމާ ގުޅުންހުރި މާއްދާތައް މިބައިގައި ހިމަނާފައިވެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ޝަރީޢަތްކުރުމުގެ އުޞޫލާއި، ބޭރު ގައުމުތަކުގައި ޙުކުމް ތަންފީޒު ކުރެވޭނެ އުޞޫލުވެސް ކަނޑައަޅާފައިވެއެވެ. ދަޢުވާ ކުރުމުގެ އުޞޫލުވެސް ކަނޑައަޅާފައިވެއެވެ. ހަތަރުވަނަ ބާބުގައި ހެއްކާ ބެހޭ ބައިވެސް ތަފްޞީލުކޮށް ހިމަނާފައި ވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" އުވުނީއެވެ. އަދި ތަޢާރުޟުވާ އެހެން ގަވާއިދުތައް 30 ދުވަހުގެ ތެރޭގައި އިޞްލާޙު ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު