Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުންތައް

އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި

29 ނޮވެމްބަރު 2021 | ހޯމަ 18:18

ރިޕޯޓަށް، މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް 13 އިސްލާހެއް ހުށަހެޅުއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ނޮވެމްބަރު 2021 | ހޯމަ 18:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރާއްޖެއިން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައި މިވަނީ އިންޑިއާއާއެކު ގާއިމުކުރި ތިން އެއްބަސްވުމެއް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމަށް ނެގުނު ވޯޓުގައެވެ. މިރިޕޯޓް ފާސްކުރުމަށް 53 މެމްބަރުން ވޯޓު ދެއްވިއިރު، ރިޕޯޓް ފާސްކުރުމަށް ނުފެންނަކަމަށް 6 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. މިރިޕޯޓް ފާސްކޮށްފައިމިވަނީ މިކަން ދިރާސާކުރި 241 ކޮމިޓީން ރިޕޯޓް ދިރާސާކުރި ގޮތަށެވެ.

Advertisement - newsAdvertisement

ރިޕޯޓަށް ތަޅުމުން ވަނީ 13 އިސްލާހެއް ހުށަހަޅާފައެވެ. 13 އިސްލާހުވެސް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފެވެ. ނަމަވެސް މިއިން އެއްވެސް އިސްލާހެއް ފާސްވެފައެއްނުވެއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހުތަކުގައި ވަނީ ކޮމިޓީގެ ނިންމުމުގެ ބައެއް އިބާރާތްތަކަށް ބަދަލު ގެނައުމަށާއި، ބައެއް މާއްދާތައް އިތުރު ކުރުމަށެވެ.

އެގޮތުން "އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ"އަކީ 2016 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވެފައިވާ އެއްބަސްވުމެއް ކަމަށް އޮންނަ އިބާރާތް އެކްޝަން ޕްލޭނަކަށް ބަދަލުކުރުމަށެވެ. އަދި ރިޕޯޓުގައި ވަނީ ޔޫޓީއެފް އެއްބަސްވުމުގެ ދަށުން ޑޯނިއާ މަތިންދާބޯޓާއެކު ހަރަކާތްތެރިވާ އިންޑިޔާގެ ފަރާތްތަކުގެ ކެއުމާއި ތިބުމާއި އަދި އެހެނިހެން ހަރަދުތައް ހަމަޖައްސަމުން ދަނީ އިންޑިޔާ ސަރުކާރުގެ ފަރާތުން ކަމަށެވެ. އިސްލާހުގައި ވަނީ "އިންޑިޔާގެ ފަރާތްތައް" މި ލަފްޒު "އެގައުމުގެ ސިފައިންނަށް" ބަދަލުކޮށްފައެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައާ ގުޅިގެން 241 ކޮމިޓީން ދިރާސާކުރީ، އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުމާއި، 2016 ވަނަ އަހަރު އެކުލަވާލި ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމާއި، ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާކުރަން އިންޑިއާއާއެކު ހެދި އެއްބަސްވުމެވެ.

ކޮމިޓީން އެއްބަސްވުންތައް ދިރާސާކުރިއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިގެން އެއްބަސްވުންތަކުގެ ތަފްސީލް މައުލޫމާތު ދެއްވިއެވެ. އަދި ކޮމިޓީން އެދުމުން މާރިޔާ ވަނީ އެ އެއްބަސްވުންތައް ކޮމިޓީގެ މެމްބަރުންނާވެސް ހިއްސާ ކުރައްވާފައެވެ. އެއްބަސްވުމުގެ ކޮޕީ މެމްބަރުންނަށް ވަކިން ދެއްވާފައި ނުވަނީ އެއީ ސިއްރު އެއްބަސްވުންތަކަށް ވާތީއެވެ. ކޮމިޓީން ރިޕޯޓް ފާސްކުރި ދުވަހު 241 ކޮމިޓީގައި ތިއްބަވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ މެމްބަރުން ކަމުގައިވާ މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް އަދި ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރ ޣައްސާން މައުމޫން ކޮމިޓީ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން އިދިކޮޅު މެމްބަރުން ވަނީ އެއްބަސްވުމުގެ ކޮޕީއެއް ނުފެންނަކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. ކޮމިޓީ ބައްދަލުވުމުގައި އެޅުވީ ޕްރެޒެންޓޭޝަނެއް ކަމަށާއި، އެއްބަސްވުން ނުފެންނަކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް އެމެމްބަރު އަރިހު، ޕްރެޒެންޓޭޝަންގެ ގޮތުގައި އެއްބަސްވުން ފެނިވަޑައިނުގަންނަވާތޯ ސުވާލުކުރައްވާފައެވެ. ދިވެހި ދައުލަތުގެ ނިޝާން ޖަހައި، ކަމާބެހޭ ފަރާތްތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ޕްރެޒެންޓޭޝަންގައި ނުދައްކާތޯ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އިދިކޮޅުން ބުނަމުންދިޔައީ އެއްބަސްވުން ނުފެންނަކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް