Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
12 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް

ސޯލާ ޕީވީ ސިސްޓަމް، 12 ރަށެއްގައި ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

3،180 މީޓަރުގެ ކޭބަލް އެޅުމާއި ޒަމާނީ ފެންވަރުގެ ޖެނެރޭޓަރ ކޮންޓްރޯލް ޕެނަލް ބެހެއްޓޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2021 | ހޯމަ 11:58
ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝައުނާ އާއި ސައިނޯސޯރގެ ސީއީއޯ ވަނީ ސޮއިކުރައްވާފައި

ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝައުނާ އާއި ސައިނޯސޯރގެ ސީއީއޯ ވަނީ ސޮއިކުރައްވާފައި

ކޮޅުމަޑުލުގެ 12 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.

ތ. އަތޮޅުގެ 12 ރަށެއްގައި ސޯލާ ޕީވީ، ބެޓެރީ، ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާ އެވެ. އަދި ޗައިނާގެ ސައިނޯސޯރ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ކާއޯ ޒެންވޫއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވެފައިވަނީ، މިސިސްޓަމް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އެވަސީލަތްތައް ބޭނުންކުރުން އިތުރުކުރުން ކަމަށެވެ. މިގޮތުން ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި ވަނީ މުހިއްމު ސިޔާސަތުތަކެއް ހިމަނާފައެވެ. އަދި އެސިޔާސަތުތައް ހާސިލުކުރުމަށްޓަކައި ވަނީ ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ.

މިގޮތުން 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ އިންސައްތައަށްވުރެ 20 އިންސައްތަ އިތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ނިންމާފައެވެ. މިއަމާޒާއެކު، އެންވަޔަރުމެންޓް މިނިސްޓްރީން މަސައްކަތްކުރަމުން ދަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށެވެ.

ހޯމަ ދުވަހު ބޭއްވުނު މިރަސްމިއްޔާތަކީ ނެޓް ޒީރޯ 2030 އަށް ވާސިލުވުމަށް ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކުގެ ތެރެއަށް އިތުރުވެގެންދާ ބޮޅެއްކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. މިޕްރޮޖެކްޓުގެ ދަށުން ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޖުމްލަ 2.5 މެގަވޮޓްގެ އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެގޮތް ގާއިމުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، 975 ކިލޯވޮޓުގެ ބެޓެރީ ސިސްޓަމް ގާއިމުކުރުމާއި، 3،180 މީޓަރުގެ ކޭބަލް އެޅުމާއި، ޒަމާނީ ފެންވަރުގެ ޖެނެރޭޓަރ ކޮންޓްރޯލް ޕެނަލް ބެހެއްޓޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން، އަހަރަކު 1.2 މިލިއަން ލިޓަރުގެ ޑީސަލް (12 މިލިއަން ރުފިޔާގެ ޑީސަލް) ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯޓޫ މަދުކުރެވޭނެއެވެ.

މި ކޮންޓްރެކްޓްގެ ދަށުން ހަވާލުކުރެވޭ މަސައްކަތްތައް 360 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެ އަންނަނީ ހަލުވި ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މަދުވެގެން 50 މެގަވޮޓުގެ އިތުރު ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަރުދަމާ 18 ރަށެއްގައި، ފެނުގެ ހިދްމަތް 16 ރަށެއްގައި ގާއިމުކޮށް ނިންމައިފިން: ތޯރިގް

ނަރުދަމާ 18 ރަށެއްގައި، ފެނުގެ ހިދްމަތް 16 ރަށެއްގައި ގާއިމުކޮށް ނިންމައިފިން: ތޯރިގް

03 ޖުލައި 2017
ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް

ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް

27 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
އޭޑީކޭގައި ބަހައްޓާ އޮޓޮމޭޓެޑް ޕާކިން ސިސްޓަމް އަންނަ މަހު ނިންމާލެވޭނެ: އަފްއާލް

އޭޑީކޭގައި ބަހައްޓާ އޮޓޮމޭޓެޑް ޕާކިން ސިސްޓަމް އަންނަ މަހު ނިންމާލެވޭނެ: އަފްއާލް

13 ޖޫން 2017
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި

ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި

29 މެއި 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު