Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް

އަތޮޅުތެރެއަށް ބޭނުންވާ އިތުރު 20 އެމްބިޔުލާންސް ގެނެސްފި

ފުރަތަމަ 20 އެމްބިއުލާންސް ގެނެސްފައިވަނީ އޮކްޓޯބަރ މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2021 | ހޯމަ 11:25
ރަށްތަކަށް މީގެކުރިން ފޮނުވި އެމްބިއުލާންސްތައް

ރަށްތަކަށް މީގެކުރިން ފޮނުވި އެމްބިއުލާންސްތައް

އަތޮޅު ތެރެއަށް ބޭނުންވާ އިތުރު 20 އެމްބިޔުލާންސް ރާއްޖެ ގެނެސްފިއެވެ.

އަތުޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މިއަހަރުގެ ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި 20 ރަށަކަށް އެމްބިއުލަންސް ވަނީ ފޮނުވާފައެވެ.

Advertisement - newsAdvertisement

އޭގެފަހުން ދެވަނަ ޝިޕްމަންޓްގެ ދަށުން 20 އެމްބިޔުލަންސް ހޯމަ ދުވަހު ރާއްޖެ ގެނެސްފައިވާކަމަށް އެސްޓީއޯގެ ޕީއާރު މެނޭޖަރ އަބްދުﷲ މުހައްމަދު "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މިވަގުތު ޝިޕިންގައި އުޅޭ ލަސްތަކާއެކު ދެން ޝިޕްމަންޓެއް އަންނާނީ ކޮން ތާރީޚެއްގައިތޯ ދަންނަވަން ދަތިކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. އެހެންނަމަވެސް ޝެޑިޔުލްކުރެވިފައިވާ ގޮތަށް އެމްބިޔުލާންސްތައް އެތާރީޚުތަކުގައި ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ. ނޮވެމްބަރ މަސް ތެރޭގައި, އަތޮޅުތަކަށް ފޮނުވަން ހަމަޖެހިފައިވާ އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައެވެ. އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން 96 އެމްބިޔުލާންސް ގެންނަންޖެހޭއިރު މިހާތަނަށް ގެނެސްފައިމިވަނީ 40 އެމްބިޔުލާންސް އެވެ. ބާކީ 56 އެމްބިޔުލާންސް އަދި ގެންނަންޖެހޭނެއެވެ.

އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް 22 ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ސިޔާސީ ގޮތުން އައްޔަންކުރައްވާފައިވާ ބޭފުޅުން ވަނީ މާލެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާފައެވެ. ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ރައީސްއާ ހިއްސާކުރައްވާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެމްބިއުލާންސް ނެތުމުގެ މައްސަލައެވެ. މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު