Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ ޖެޓީ ހެދުން

ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމަށް ގާނޫނީ އިޖުރާއަތްތައް ފުހިމަކުރިތޯ ކުރި ސުވާލަށް މިނިސްޓަރ ނަހުލާގެ ޖަވާބެއް ނެތް

ތަކުރާރުކޮށް ކުރެވުނު ސުވާލުތަކަށް މިނިސްޓަރު ޖަވާބެއް ނުދެއްވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ނޮވެމްބަރު 2021 | ހޯމަ 06:00
އާއިޝަތު ނަހުލާ - މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

އާއިޝަތު ނަހުލާ - މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

ހއ.ހޯރަފުށީ އެއަރޕޯޓުގައި ޖެޓީ ހެދުމަށް ގާނޫނީ އިޖުރާއަތްތައް ފުހިމަކުރިތޯ ރައްޔިތުންގެ މަޖިލީހުގައި ހޯމަދުވަހު ކުރެވުނު ސުވާލުތަކަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ ސީދާ ޖަވާބެއް ދެއްވުމަށް އުޒުރުވެރިވެ ވަޑައިގެންފިއެވެ.

ހޯރަފުށީ އެއަރޕޯޓް ޖެޓީގެ މަސައްކަތް ލަސްވާ ސަބަބާ ގުޅޭ ގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށްފަހު ގުޅިގެން ކުރާ ސުވާލުގެ ފުރުސަތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގައި، ލާމަރުކާޒީ ގާނޫނުގެ ދަށުން ރަށެއްގައި މަސައްކަތެއް ކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ކައުންސިލްގެ ހުއްދަ ހޯއްދެވިތޯ ސަލީމް ސުވާލު ކުރެއްވިއެވެ.

މި ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވައެވެ. މިކަމަށް މިނިސްޓަރ ވިދާޅުވީ، ގާނޫނުގައި އެގޮތަށް އޮންނަ ކަމަށް ގަބޫލް ކުރެއްވި ނަމަވެސް، ރައީސް ސިޔާސަތެއް ކަނޑައަޅުއްވައި ވަޒީރަކާ ހަވާލު ކުރައްވާ މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ, ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ވިދާޅުވި ކޮންމެ ކަމެއް ކުރުމަށް އެކަމަނާ ހުވައި ކޮށްގެން ހުންނެވި ކަމަށާއި، ރައީސް ސިޔާސަތެއް ކަނޑައަޅުއްވައި އެކަމެއް ކުރަން ހަވާލު ކުރެއްވުމުން އެކަން ކުރައްވާނެ ކަމަށެވެ. ސުވާލަށް ޖަވާބު ނުލިބުމުން މެމްބަރު ސަލީމްވަނީ ނިޒާމީ ނުކުތާ ނަންގަވައި، ސުވާލުގެ ސީދާ ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެފައެވެ. އެއާއެކު އަނެއްކާވެސް މިނިސްޓަރ ވަނީ ކުރިން ވިދާޅުވި ބަސްފުޅު ތަކުރާރު ކުރައްވާފައެވެ. ސީދާ ޖަވާބެއް ނުދެއްވައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23ވަނަ މާއްދާގެ (ޓ) ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ބާރު ލިބިގެންވަނީ ރަށު ކައުންސިލަށް ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 68ވަނަ މާއްދާގައި ބުނެފައިވަނީ، އަތޮޅު ކައުންސިލުން ނުވަތަ ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިންގާ އިދާރާތަކުން  ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްއިއްޔާ ނުވަތަ ޖަމާއަތަކުން އިދާރީ ދާއިރާއެއްގައި އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން ކަމާބެހޭ ކައުންސިލްތަކާއެކު މަޝްވަރާ ކުރަން ޖެހޭނެއެވެ.  މިގޮތުން ކުރެވޭ މަޝްވަރާތަކުގައި ރަށާއި އިދާރީ ދާއިރާގައި ހުންނަ އެކަމާގުޅޭ އެންމެހައި މުއައްސަސާތައް ބައިވެރިވުމަށް ފުރުސަތު ދޭންވާނެއެވެ.

މިނިސްޓަރަށް އަމާޒުކުރެވުނު ސުވާލަށް ސީދާ ޖަވާބު ނުދެއްވިއިރު، ހޯރަފުށީ ކައުންސިލުން ބުނީ، ކައުންސިލުން ޗެނަލެއް ހެދުމަށް ނިންމާފައިވާ ތަނުގައި ޖެޓީ ހެދުމަށް ނިންމައި ކޮންޓްރެކްޓް ކުރެވުނުއިރު، އެކަމުގައި ކައުންސިލްގެ ބަހެއް މިނިސްޓްރީން ހޯދާފައި ނުވާކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު