Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝައްފާނުގެ މަރުގެ މައްސަލަ

ޝައްފާނުގެ މަރު: ނިހާދު، ޖައިލަމް، ނަބާހު އަދި އައިމަން އުމުރަށް ޖަލަށް

29 ނޮވެމްބަރު 2021 | ހޯމަ 04:25

އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2021 | ހޯމަ 04:25
ޝައްފާންގެ މަރުގެ މައްސަލާގައިކްރިމިނަލް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އަޑުއެހުމެއްގެ ތެރެއިން

ޝައްފާންގެ މަރުގެ މައްސަލާގައިކްރިމިނަލް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އަޑުއެހުމެއްގެ ތެރެއިން

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ 4 މީހުން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޝައްފާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ 4 މީހުންނަކީ ސ ހިތަދޫ ޗަމަން، ޙުސައިން ނިހާދު އަހްމަދު އާއި ކ.މާލެ މއ. ޓޮމާޓާ ފްލާވަރ ޙުސައިން ޖައިލަމްގެ އިތުރުން، ސ. މަރަދޫ މޫންލައިޓްގްލޯރީ، ޙަސަން ނަބާޙް އާއި ސ.ހިތަދޫ މަލަ، މުޙައްމަދު އައިމަން ޙަބީބުއެވެ. އޭގެ ތެރެއިން ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ނަބާޙްއާއި އައިމަންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. ގާޒީ ޙަސަން ސައީދު ކުރެއްވި ޙުކުމުގައި ބުނެފައިވަނީ މިއީ ޖިނާއަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް ކަމަށާއި، ކުށް ކޮށްފައިވަނީ އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކާ ދެކޮޅަށް ކަމަށެވެ. އަދި މިއީ އިންސާނެއްގެ ފުރާނަޔަށް އެއްވެސް ޙުރުމަތެއް ނުބަހައްޓައި ކުރި އަމަލެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ. ގާޒީ ވަނީ އެމީހުން 25 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ.

މި މައްސަލައިގައި ޤިސާސް (މަރަށް މަރު) ހިފުމަށް ބަލާއިރު، މި މައްސަލާގައި ދަޢުވާލިބޭ ފަރާތްތައް (ނިޔާވި ކުއްޖާ)އަށް ޙަމަލާދީ ބައިވެރިވެފައިވާކަމަށް ތަޙުޤީޤާއި ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށްފައި ވުމުންނާއި، ޙާދިސާ ލޮލަށް ފެނުނު ދެ ހެކިންގެ ތެރެއިން އެއް ހެކިވެރިޔާ ހެކިބަހުން ރުޖޫޢަވުމުންނާއި، އަނެއް ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހުގައި ދަޢުވާލިބޭ ހަތަރު ފަރާތް ތަޙުޤީޤުގައި ފާހަގަ ކޮށްފައިވަނީ އޮޅުމަކުންކަމަށް ބުނެ ހެކިބަސްދީފައިވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، ހަރުދަނާ ޤަރީނާތަށް ހުރި ނަމަވެސް، އެންމެ މުހިއްމު ޝަފަހީ ދެހެކިންގެ ހެކިބަހާމެދު އޮޅުން އުފެދި، އެ ދެހެކިންގެ ހެކިބަސް ޝަރީޢަތަށް ލިބިފައިނުވާ ކަމަށެވެ. އެއާއެކު ޤިސާސްގެ ކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ނުވަތަ އެ އަމަލު ދަޢުވާލިބޭ ފަރާތްތައް ހިންގިކަމަށް މުޅިން ޔަޤީންވާ މިންވަރަށް ޤަސްދު މަރު ޝަރީއަތަށް ސާބިތުނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޝައްފާނު މަރާލާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ޓީމުން ބުނެފައިވެއެވެ.

މީގެ އިތުރުން 2018 އޮކްޓޫބަރު 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އިސްމާއިލް ޝައްފާން ޝަރީފް މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރިމަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީއެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ތަހުގީގު ޓީމުން ބުނެފައިވެއެވެ. އޭނާގެ ގައިގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް