Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓުގެ ފެން ބިލް މައްސަލަ

ފްލެޓްގެ ފެން މީޓަރުތަކުގައި ބޮޑެތި މައްސަލަތަކެއް، ބައެއް ބިލްތަކަށް 6 ލައްކަ އަރާ

27 ނޮވެމްބަރު 2021 | ހޮނިހިރު 13:34

ހިޔާ ފެލްޓުތަކުގައި ހުރި ފެން މީޓަރުތަކަކީ އެމްޑަބްލިއުއެސްސީގެ މީޓަރުުތަކެއް ނޫން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ނޮވެމްބަރު 2021 | ހޮނިހިރު 13:34
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

ހިޔާ ފްލެޓުތަކަށް ފެން ބިލް ފޮނުވުމުގައި މައްސަލަތައް ދިމާވަމުންދަނީ އެތަނުގައި ހުރި ފެން މީޓަރުތަކުގެ ސަބަބުން ކަމަށާއި، އެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައިވާކަމަށް މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ބުނެފިއެވެ.

ހިޔާ ފްލެޓުތަކުގެ ފެން ބިލްތަކަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، ހިޔާ ފްލެޓުތަކުގައި މިހާރު ބަހައްޓާފައިހުރި ފެން މީޓަރުތަކަކީ އެމްޑަބްލިއުއެސްސީން އެތަނުގައި ބަހައްޓާފައި ހުރި ފެން މީޓަރުތަކެއް ނޫން ކަމަށެވެ. އެ ފެން މީޓަރުތަކަކީ ކުރީ ސަރުކާރުން އެތަނުގައި ބަހައްޓާފައި ހުރި ފެން މީޓަރުތަކެއް ކަމަށް ޝާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިތަނުން ބައެއް މީޓަރުތަކަކީ މައްސަލަ ޖެހިފައިހުރި މީޓަރުތަކެއް ކަމަށް ޝާހު ވިދާޅުވިއެވެ. އެކަން އެޗްޑީސީގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށް ޝާހު ވިދާޅުވިއެވެ. މީޓަރުތަކުން ނަގާ ރީޑިންތަކަށް ރިއާޔަތްކޮށް ބިލް ހަދާއިރު، ބުއްދި ގަބޫލު ނުކުރެވޭ ވަރުގެ އަދަދުތައް ބިލަށް އަރާ ކަމަށް ޝާހު ވިދާޅުވިއެވެ. ކޮންޓްރެކްޓަރު އަޅުވާފައި ހުރި މީޓަރުތަކުގައި އެއްގޮތް ސީރިއަލް ނަންބަރު ހުރުމުގެ ސަބަބުން، އެމްޑަބްލިއުއެސްސީގެ ޑޭޓާބޭސްއަށް އެޅުމުގައި ދަތިތަކެއް ދިމާވާކަމަށް ޝާހު ވިދާޅުވިއެވެ.

މިގޮތުން ބައެއް މީޓަރުތަކަށް 6 ލައްކަ ނުވަތަ 7 ލައްކަ ރުފިޔާވެސް އަރާފައިވާކަމަށާއި، އަދި ބައެއް މީޓަރުތަކަށް 3،500އާ 4،000 ރުފިޔާވެސް އަރާފައިވާކަމަށް ޝާހު ވިދާޅުވިއެވެ. އެހެންކަމުން ގޭބީސީތަކުން ފެން ބޭނުންކުރާ މިންވަރު މޮނިޓަރ ކުރުމަށްފަހު 3،500އާ 4،000 ރުފިޔާއާ ދެމެދުގެ އަދަދު އަރާ މީޓަރުތަކަކީ މައްސަލަ ނުޖެހި ހުރި މީޓަރުތައް ކަމުގައި ކަނޑައެޅީ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މައްސަލަ ނުޖެހި ހުރި މީޓަރުތަކަށް ބިލް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާނެކަމަށެވެ. އަދި ބިލްތައް ދައްކަން ދަތިވާ ހާލަތުގައި އެމްޑަބްލިއުއެސްސީއަށް އެކަން އަންގައި، އެކި ބައިބައަށް ބަހައިގެން ބިލް ދެއްކުމުގެ އިންތިޒާމުވެސް ހަމަޖެއްސޭނެ ކަމަށެވެ. އަދި މައްސަލަ ދިމާވެފައިވާ މީޓަރުތަކަށް ދިމާވި މައްސަލަ ހައްލު ނުކޮށް ބިލް ނުފޮނުވާނެ ކަމަށެވެ. މައްސަލަ ދިމާވެފައިހުރި މީޓަރުތަކުގެ ގޮތުގައި 200 ވަރަކަށް މީޓަރު ފާހަގަކުރެވިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

މި މައްސަލަތަކާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަަމުން ޝާހު ވިދާޅުވީ، ފެނުގެ މައި ނެޓްވޯރކުން ފެށިގެން ފެން މީޓަރުތަކާ ހަމައަށް އަޅާފައި އޮތީ އެމްޑަބްލިއުއެސްސީން ބޭނުންކުރާ ކަހަލަ ހޮޅިއެއް ނޫންކަމަށެވެ. އެހެންކަމުން އެހޮޅިއަށް ގެއްލުމެއް ލިބިއްޖެނަމަ، މަރާމާތު ކުރާނެ ޓޫލްސްވެސް އެކުންފުނީގައި ނެތުމުން، އެކަމަށް ހައްލު ހޯދުމުގެ މަސައްކަތްވެސް ކުރަން ޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.

ޝާހު ވިދާޅުވީ، އެއް އެޕާޓުމަންޓުގައި މެއިންޓެނަންސް ކުރަން ބޭނުންވެއްޖެ ހިނދެއްގައި މުޅި ފްލޯރއިން ފެން ކަނޑާލައިގެން ނޫނީ އެމަސައްކަތްވެސް ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި ރަނގަޅަށް ވޭލް ހަރުކުރެވިފައި ހުރިނަމަ، މުޅި ފްލޯރ އެއްކޮށް ފެން ކަނޑާނުލައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ބާކީ ހުރި ފޯލްޓީ މީޓަރުތަކާއި ހޮޅިލައިންގެ މައްސަލަތަކާ ގުޅޭ ގޮތުން އެޗްޑީސީއިން ލަފާދެނީ ކޮންޓްރެކްޓަރާ ގުޅުމަށްކަމަށް ޝާހު ވިދާޅުވިއެވެ. އަދި ކޮންޓްރެކްޓަރުގެ އެއްބާރުލުން ނުލިބޭ ހާލަތުގައި، އެކުންފުނީގެ އަމިއްލަ ޚަރަދުގައި ނަމަވެސް، ހިޔާގައި ދިރިއުޅޭ މީހުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭން ބޭނުންވާކަމަށާއި، އެ މީޓަރުތަކުގެ މައްސަލަ ހައްލު ނުކުރެވޭނަމަ އައު މީޓަރު އަޅުވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް