Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުން

އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް 241 ކޮމިޓީން ނިންމި ރިޕޯޓަށް އިދިކޮޅުން 13 އިސްލާހެއް

އިސްލާހު ހުށަހެޅުއްވީ، 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2021 | ހުކުރު 08:48
241 ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ

241 ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ

ރާއްޖެއިން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަަޖިލީހުގެ 241 ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރި ރިޕޯޓަށް އިދިކޮޅުން 13 އިސްލާހެއް ހުށަހަަޅައިފިއެވެ.

މި 13 އިސްލާހު ހުށަހެޅުއްވީ، 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

Advertisement - newsAdvertisement

އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހުތަކުގައި ވަނީ ކޮމިޓީގެ ނިންމުމުގެ ބައެއް އިބާރާތްތަކަށް ބަދަލު ގެނައުމަށާއި، ބައެއް މާއްދާތައް އިތުރު ކުރުމަށެވެ.

އެގޮތުން އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާއަކީ 2016 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވެފައިވާ އެއްބަސްވުމެއް ކަމަށް އޮންނަ އިބާރާތް އެކްޝަން ޕްލޭނަކަށް ބަދަލުކުރުމަށެވެ. އަދި ރިޕޯޓުގައި ވަނީ ޔޫޓީއެފް އެއްބަސްވުމުގެ ދަށުން ޑޯނިއާ މަތިންދާބޯޓާއެކު ހަރަކާތްތެރިވާ އިންޑިޔާގެ ފަރާތްތަކުގެ ކެއުމާއި ތިބުމާއި އަދި އެހެނިހެން ހަރަދުތައް ހަމަޖައްސަމުން ދަނީ އިންޑިޔާ ސަރުކާރުގެ ފަރާތުން ކަމަށެވެ. އިސްލާހުގައި ވަނީ "އިންޑިޔާގެ ފަރާތްތައް"، މި ލަފްޒު "އެގައުމުގެ ސިފައިންނަށް" ބަދަލުކޮށްފައެވެ.

އިންޑިއާއާ އެކު ގާއިމުކުރި ތިން އެއްބަސްވުމެއް ދިރާސާކުރުމަށް ހުށަހެޅުއްވީވެސް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބުރައީސް އާދަމް ޝަރީފެވެ. މައްސަލަ ދިރާސާކޮށް، ކޮމިޓީން ފާސްކުރި ރިޕޯޓްގައި ބުނީ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައާ ގުޅިގެން 241 ކޮމިޓީން ދިރާސާކުރީ، އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމާއި، 2016 ވަނަ އަހަރު އެކުލަވާލި ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމާއި، ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާކުރަން އިންޑިއާ އެކު ހެދި އެއްބަސްވުމެވެ.

ކޮމިޓީން އެއްބަސްވުންތައް ދިރާސާކުރި އިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިގެން އެއްބަސްވުންތަކުގެ ތަފްސީލް މައުލޫމާތު ދެއްވިއެވެ. އަދި ކޮމިޓީން އެދުމުން މާރިޔާ ވަނީ އެ އެއްބަސްވުންތައް ކޮމިޓީގެ މެމްބަރުންނާވެސް ހިއްސާ ކުރައްވާފައެވެ. އެއްބަސްވުމުގެ ކޮޕީ މެމްބަރުންނަށް ވަކިން ދެއްވާފައި ނުވަނީ އެއީ ސިއްރު އެއްބަސްވުންތަކަށް ވާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު