Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑަބްލިއުޑީސީ ބައި އިލެކްޝަން

ދޭތެރެ އަވަސްކޮށް ބައި އިލެކްޝަން ބޭއްވުމަކީ ޚަރަދު ބޮޑު އިސްރާފެއް: ފުއާދު

26 ނޮވެމްބަރު 2021 | ހުކުރު 03:40

ބައި އިލެކްޝަންސްތަކަށް ޖުމްލަ 2،000،372 ރުފިޔާ ޚަރަދު ކުރެވިފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 26 ނޮވެމްބަރު 2021 | ހުކުރު 03:40
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު

ބައި އިލެކްޝަންތައް ބޭއްވުމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންް ޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އެންމެ ގިނައިން އިންތިޚާބުތައް ބާއްވަން ޖެހެނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުން ކަމަށެވެ. މިއީ ބޮޑު ޚަރަދެއް ކަމަށާއި، މިކަމުގެ ދަތިކަން އެބަހުރި ކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބޮޑު ޚަރަދު ކޮށްފައި ބައި އިލެކްޝަންތައް ބޭއްވި ނަމަވެސް ވޯޓުލާން އަންނަ މީހުން ވަރަށް މަދުކަމަށް ވިދާޅުވެ، މިއީ ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި ފުއާދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ހދ. ނޮރިވަރަމް، ނ.މަގޫދޫ، ކ.ދިއްފުށި، އއ.ފެރިދޫ އަދި ނ. ކެނދިކުޅުދޫގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންތަކެއް ބޭއްވިއެވެ. މީގެ ތެރެއިން ނޮޅިވަރަމުގައި ވޯޓުލުމުގެ ހައްގު 1،800 މީހުންނަށް ލިބިފައިވީ ނަމަވެސް ވޯޓު ލާފައިވަނީ 345 ފަރާތަކުންނެވެ. އަދި މަގޫދޫގައި 276 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލާފައި ވަނީ 179 މީހުންނެވެ. މިއީ ވޯޓުލި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ކަމަށް ފުއާދު ފާހަގަކުރެއވިއެވެ. ހަމަ އެހެންމެ ދިއްފުށީގައި ބޭއްވި އިންތިޚާބުގައި 922 މީހުން ވޯޓުލާން ޖެހޭއިރު، ވޯޓުލާފައި ވަނީ އެންމެ 180 މީހުންނެވެ.

މި ބައި އިލެކްޝަންސްތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 1،298،343 ރުފިޔާ ޚަރަދުކޮށްފައެވެ.

މި އިންތިޚާބުތަކުގައި މަދު ބަޔަކު ވޯޓުލީ ނަމަވެސް ވޯޓުލުމުގެ ހައްގު އޮންނަ ހުރިހާ ފަރާތްތަކަކަށް ވާވަރަށް ވޯޓު ކަރުދާސް ޗާޕު ކުރުމުން ފެށިގެން ހުރިހާ މަސައްކަތެއްވެސް ކުރަން ޖެހޭކަމަށް ފުއާދު ފާހަގަ ކުރެއްވިއެވެ.

މިއަހަރުގެ އޮކްޓޫބަރ 16 ވަނަ ދުވަހު ހދ. ނޭކުރެންދޫ، ނ.ކެނދިކުޅުދޫ އަދި ރ.މަޑުއްވަރީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންސް ބޭއްވުނެވެ. މި އިންތިހާބުތަކަށް ޖުމްލަ 391،260 ރުފިޔާ ވަނީ ޚަރަދުވެފައެވެ. މީގެ އިތުރުން ޅ.ކުރެންދޫއާއި ގއ.ވިލިނގިލީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލްކްޝަނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 310،769 ރުފިޔާ ޚަރަދު ކޮށްފައެވެ.

މިއާއެކު މިއިންތިޚާބުތަކަށް އިލެކްޝަންސް ކޮމިޝަނުން ކުރި ޚަރަދުގެ ޖުމްލަ އަދަދު ވަނީ 2،000،372ށް އަރާފައެވެ. މި އިންތިޚާބުތަކުގެ އިތުރުން ނޮވެމްބަރ 27 ވަނަ ދުވަހުވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންސްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް