Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވޭރިއަންޓް

ދެކުނު އެފްރިކާއިން ކޮވިޑްގެ އައު ވޭރިއަންޓެއް ފެނިއްޖެ

މިވޭރިއަންޓްގެ ބާރުގަދަކަން ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސައިންސްވެރިން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 18:31
ދެކުނު އެފްރިކާގައި މީހަކު ކޮވިޑަށް ޓެސްޓް ކުރަނީ

ދެކުނު އެފްރިކާގައި މީހަކު ކޮވިޑަށް ޓެސްޓް ކުރަނީ

ކޮވިޑްގެ އައު ވޭރިއަންޓެއް ދެކުނު އެފްރިކާއިން ފެނިފައިވާކަމަށް އެގައުމުގެ ސައިންސްވެރިން ބުނެފިއެވެ.

އަދި މިހާތަނަށް މިވޭރިއަންޓްގެ ހޯދިފައިވަނީ މަދު އަދަދެއްގެ ކޭސްތަކެއް ކަމަށާއި, މިވޭރިއަންޓްގެ ބާރުގަދަކަން ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. ވޭރިއަންޓް ބީ.1.1.529އާ ގުޅޭގޮތުން ވާހަކަދައްކަމުން ސައިންސްވެރިން ބުނެފައިވަނީ މިވޭރިއަންޓްގައި 32 ސްޕައިކް ޕްރޮޓީން މިޔުޓޭޝަން އެކުލެވޭކަމަށެވެ.

އެހެންކަމުން މިމިޔުޓޭޝަން އަކީ ކަންބޮޑުވާ މިޔުޓޭޝަނެއްގެ ގޮތުގައި ބައެއް ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ. އިންސާނުންގެ ހަށިގަނޑުގެ ސެލްތަކަށް ވަނުމަށް ވައިރަސް ބޭނުންކުރާ އެއްޗަކީ ސްޕައިކް ޕްރޮޓީންސްއެވެ. ވެކްސިން މަސައްކަތްކުރަމުންދަނީ މި ސްޕައިކްތައް ހޯދައި އެ ނިޔުޓްރަލައިޒްކުރުމަށެވެ. ޕްރޮޓީން ސްޕައިކްގެ މިޔުޓޭޝަންތަކަކީ މިހާތަނަށް އައިއިރު އެމްއާރުއެންއޭ ވެކްސިނަށް އެހާ ބޮޑަށް އަސަރުކުރާ މިޔުޓޭޝަންތަކެއް ނޫނެވެ. އެހެންކަމުން ފައިޒަރއާއި މޮޑާނާގެ ކޮވިޑް ވެކްސިން މިވޭރިއަންޓާ ދެކޮޅަށް އެންމެ އެދެވޭގޮތުގައި މަސައްކަތް ނުކޮށްފާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

އެހެންނަމަވެސް އަދި މިވޭރިއަންޓްގެ ފެނިފައިވަނީ މަދު ކޭސްތަކެކެވެ. އެއީ ބޮޓްސްވާނާއިން 3 ކޭސް ފެނިފައިވާއިރު ދެކުނު އެފްރިކާއިން ފެނިފައިވަނީ 6 ކޭހެކެވެ. މީގެއިތުރުން ދެކުނު އެފްރިކާއިން ހޮންގކޮންގއަށް ދަތުރުކުރި މީހެއްގެ ފަރާތުންވެސް މި ވޭރިއަންޓް ފެނިފައިވެއެވެ.

ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރ އެއްކަމުގައިވާ ފްރާންކޮއިސް ވިދާޅުވީ، މިވަގުތު ޖެހޭނީ ވޭރިއަންޓަށް އަންނަ ބަދަލުތައް ގާތުން ބަލަމުން ދާންކަމަށެވެ. މިވޭރިއަންޓާމެދު ކަންބޮޑުވާން ޖެހޭނީ ކައިރި މުސްތަގުބަލެއްގައި މިވޭރިއަންޓްގެ ގިނަ ކޭސްތަކެއް ފެނިއްޖެނަމަ ކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.

މީގެއިތުރުން އެހާ ގިނަ މިޔުޓޭޝަންތަކެއް މިވޭރިއަންޓްގައި ހުރުމާގުޅޭގޮތުން ވާހަކަދައްކަވަމުން ޕްރޮފެސަރ ވިދާޅުވީ، އެގޮތަށް ވުމުގެ ސަބަބެއްކަމަށް، ބޮޑުބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ވަރަށް ބަލިކަށި ވެފައިވާ މީހެއްގެ ހަށިގަނޑުގައި ވައިރަސް މިޔުޓޭޓްވެފައި ހުރުން ވެދާނެކަމަށެވެ. ޕްރޮފެސަރ ވިދާޅުވީ އެފަދަ މީހަކީ އެޗްއައިވީ އެއިޑްސް ޖެހި އެއްވެސް ފަރުވާ އެއް ނުކޮށް ހުރި މީހަކަށް ވުން އެކަށީގެންވާކަމަށެވެ.

ދެކުނު އެފްރިކާއިން ވަނީ އައު ވޭރިއަންޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވައިރަސް އެވޮލިޔުޝަންއާ ގުޅޭ ގްރޫޕްތަކުގެ ބައްދަލުވުމެއް، ހުކުރު ދުވަހު ބޭއްވުމަށް އެދިފައެވެ.

ދެކުނު އެފްރިކާއަކީ މިދިޔަ އަހަރު ފެނުނު ބީޓާ ވޭރިއަންޓް ފެނުނު ގައުމެވެ. ބީޓާ ވޭރިއަންޓަކީ ކޮވިޑްގެ ވޭރިއަންޓް ތަކުގެ ތެރެއިން ވޭރިއަންޓް އޮފް ކޮންސަރންގައި ހިމެނޭ ހަތަރު ވޭރިއަންޓްގެ ތެރެއިން އެއް ވޭރިއަންޓެވެ. އަދި ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިން ތަކުގެ އަސަރު، ކުޑަކޮށް ކުރާކަމަށް ފާހަގަކުރެވިފައިވާ ވޭރިއަންޓެއްވެސް މެއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު