Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާސްކް އެޅުން

މާސްކް އެޅުން ދޫކޮށްލާ ހާލަތަކަށް އަދި ނުދޭ!

25 ނޮވެމްބަރު 2021 | ބުރާސްފަތި 12:41

މާސްކް އެޅުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ނޮވެމްބަރު 2021 | ބުރާސްފަތި 12:41
އައު އަހަރުގެ ފުރަތަމަ ދުވަހު، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ

އައު އަހަރުގެ ފުރަތަމަ ދުވަހު، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ

ރާއްޖޭގެ މިހާރުގެ ކޮވިޑުގެ ހާލަތަށް ބަލާއިރު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު މަދުވިނަމަވެސް, އަތޮޅު ތެރޭގެ ރަށްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުމަށް އަބަދުވެސް ޑޮކްޓަރުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ.

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވަނީ މިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު ކޭސްތަކުގެ އަދަދު މަދުވިނަމަވެސް ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ބޯލަނބައިގެން އުޅުމުން، ފަސޭހަ ހަލާތެއްގައި އުޅެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މިދަނޑިވަޅުގައި ވެސް މާސްކް އެޅުން މުހިންމު ކަމަށާއި މަގުމަތީގައި އުޅޭ ވަގުތުގައާއި ގޭތެރޭގައި އުޅޭއިރު މާސްކް އަޅަން ވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޑޮކްޓަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ދަނީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށެވެ. އިޖުތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއްދީ، ބޭރުގައި އުޅޭއިރު، ތިމާއާއި އެހެން މީހުންގެ ރައްކަލަކަށް މާސްކް އެޅުމަށެވެ.

މި ފިޔަވަޅުތަކަށް ގިނަ ބަޔަކު ބޯލެނބި ނަމަވެސް، ފިޔަވަޅުތަކަށް ބޯނުލަނބައި އުޅުނު މީހުންވެސް މަދެއް ނޫނެވެ. މަސްމާރުކޭޓާއި ބާޒާރުމަތި ފަދަ ތޮއްޖެހިގެން މީހުން އުޅޭ ބައިބޯ ތަންތަނަށް ބަލާލި ނަމަވެސް، އިޖުތިމާއީ ގައިދުރުކަމަށް އެއްވެސް ސަމާލުކަމެއް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި މަގުމަތީގައި މާސްކް ނާޅާ މީހުންނާއި، ދަތްދޮޅީގައި މާސްކް އަޅާ މީހުން ގިނަކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އަދިވެސް އޮތީ ކޮވިޑް-19އާ މެދު ސަމާލުވާންޖެހޭ ހާލަތުގައި ކަމަށާއި، މާސްކް އެޅުން ނިމުމަކަށް ގެނައުމުގެ ވިސްނުމެއް އަދި ނެތްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ބުނެފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ، މާސްކް އަޅައިގެން އުޅުމަކީ މިވަގުތު ވެސް ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް އެކި ރޯގާތައް މިވަގުތު ވެސް މުޖުތަމައުގެ ތެރޭގައި އުޅޭއިރު، މާސްކް އެޅުމަކީ އާންމު ރޯގާތަކުން ވެސް ދުރުކޮށްދޭނެ ކަމެއްކަން މައިމޫނާ ފާހަގަކުރެއްވިއެވެ. އަދި މިވަގުތު އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައި ވީނަމަވެސް، މާސްކް އެޅުން މަޖުބޫރު ކުރުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނައުމުގެ ވިސްނުންފުޅެއް މިވަގުތު ނެތްކަމަށް މައިމޫނާ ވިދާޅުވިއެވެ.

މައިމޫނާ ވަނީ މާސްކް އެޅުމަކީ ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފަސޭހަ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެއީ އެހާ އަވަހަށް ދޫކޮށްލުން ރަނގަޅު ފިޔަވަޅެއް ކަމަށް ގަބޫލު ނުކުރެއްވޭކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އެހެންކަމުން އެންމެން ވެސް ވިސްނަންވީ ކަމެއް އެބައޮތެވެ. މާލެސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު މަދުވިނަމަވެސް، އަދި ކޮވިޑުގެ ހާލަތު ސީރިއަސް ހާލަތަކަށް ނުދިޔަ ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށެވެ. އަދިވެސް ހާލަތު ގޯސްވެދާނެ ކަމަށް ވިސްނައިގެން، ކަމާގުޅޭ ފަރާތްތަކުން މިދޭ އިރުޝާދުތަކަށް ބޯލެނބުމަށެވެ. މާސްކް އަޅައި، ގައިދުރުކަން ބަހައްޓައި، އަދިވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށެވެ. ފަރުދީ ޒިންމާ އެންމެން ވެސް އަދާކުރުމަށެވެ. މާސްކް އެޅުން ދޫކޮށްލާ ހާލަތަކަށް އަދި ނުދެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2017

ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު، ހަނދާންތައް ފިލާ ނުދޭ!

29 ޑިސެމްބަރު 2017
ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު، ހަނދާންތައް ފިލާ ނުދޭ!
05 އޮކްޓޯބަރު 2017

ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

05 އޮކްޓޯބަރު 2017
ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން
02 ސެޕްޓެމްބަރު 2017

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
18 ޖުލައި 2017

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟
12 ޖުލައި 2017

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!
03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
21 ޖޫން 2017

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި
09 އެޕްރީލު 2017

ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

09 އެޕްރީލު 2017
ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.
31 ޖެނުއަރީ 2017

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް