Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަމުގެ މައްސަލަ

ފްލެޓްތައް ތަޅާލަންވެސް ވިސްނިން، އެހެންނަމަވެސް...

ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުއްސުރެވެސް ދިވެހިން ތަހައްމަލުކުރަމުން އަންނަ މައްސަލައެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2021 | ބުދަ 14:42
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިން ޒަމާންތަކެއް ވަންދެން ތަހައްމަލުކުރަމުން އަންނަ މައްސަލައެކެވެ. އެމައްސަލަ އެންމެ ބޮޑީ ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައެވެ. ނަމަވެސް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންވެސް އަންނަނީ ބޯހިޔާވަހިކަމުގެ މައްސަލަ ތަހައްމަލުކުރަމުންނެވެ.

ބޯހިޔާވަހިކަމަކީ އިންސާނީ ހައްގަކަށްވާއިރު އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ އެތައް ބަޔަކު ރާއްޖޭގައި އުޅެއެވެ. ވަކިން ޚާއްސަކޮށް ވެރިކަން ކުރާ މާލޭގައި ކުޑަތަންކޮޅެއްގައި އެތައް ބަޔަކު ތޮއްޖެހިގެން އުޅޭތާ އެތައް އަހަރެއް ވަނީ ވެފައެވެ. ކުދި އަލިފާންފޮށި ތަކުގައި އެތައް ޖީލެއް ބޮޑެތި ވަމުން އަންނަނީއެވެ. އެކަމުގެ ސަބަބުން ނިކުންނަ އިޖުތިމާއީ މައްސަލަތައް ގުނާ އަދަދުނުކުރެވެއެވެ.

އެހެންކަމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ ވެރިކަމަށް އަންނަން ބޭނުންވާ އެންމެންގެވެސް ވައުދެކެވެ. އެކި މީހުންގެ އެކި ސިޔާސަތެވެ. ޒަމާނުއްސުރެ މާލެއަށް މީހުން ތޮއްޖެހުމުގެ ސިޔާސަތާއެކު މިހާރުވެސް މިސަރަހައްދުގައި ރާއްޖޭގައި އާބާދީގެ ތިން ބައިކުޅަ ދެ ބައި މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެއެންމެންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަފާތު އެކި ސިޔާސަތުތައް ހާމަކުރަމުންދާއިރު ސީދާ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތުތަކެއް ވަނީ އިއުލާންކުރެވިފައެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ހިސާބު އެންމެ ރަނގަޅަށް ވަޒަންކުރެވޭނެ އެއް ކަމަކީ ހިޔާ ފްލެޓް މަޝްރޫޢެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މިމަޝްރޫޢަކީ ދިގުދެމިގެންދާ ކަމަކަށް މިވަނީ ވެފައެވެ. މަޝްރޫޢު އިއުލާންކުރުމާއި ހިސާބުން ފްލެޓްތައް އަޅާ ނިމި ފްލެޓްތަކަށް މީހުން ވަދެ އާބާދުވަމުންދާއިރުވެސް މިވާހަކައަށް ނިމެއް ނެތެވެ.

2016 ވަނަ އަހަރު ފެށި މިމަޝްރޫޢުގެ ދަށުން 25 ބުރީގެ 16 ޓަވަރެއް ވަނީ އަޅާފައެވެ. މި 16 ޓަވަރުގައި އުޅޭނެކަމަށް ލަފާކޮށްފައިވަނީ 30،000 މީހުންނެވެ. އެއީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލާނަމަ ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިމިވާ ސިޓީތަކާއި އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އާބާދީއެކެވެ. ހިޔާ ފްލެޓް މަޝްރޫޢާއެކު އެންމެ ފުރަތަމަ ދައްކަން ފެށި ވާހަކައަކީ އެތަނުގެ ޖާގައިގެ ކުޑަ ކަމުގެ ވާހަކައެވެ. ދިރިއުޅެން ހެޔޮ ނުވާވަރުގެ ވާހަކައެވެ. ކުރީ ސަރުކާރުން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މިމަޝްރޫޢުގައި އަގު ނުބައްދަލުވާހަކައެވެ. އަގު ކަނޑައަޅާފައިވަނީ ތަނުގެ ޖާގައަށް ބަލާއިރު މާބޮޑުކޮށް ކަމަށެވެ. އެއް ތަނަކަށް އެކަށީގެންނުވާ ވަރުގެ އާބާދީއެއް ޖަމާކުރާ ވާހަކައެވެ. މިހެންގޮސް ކިތަންމެ ވާހަކައެކެވެ.

ފްލެޓް ލިބުނު މީހުންނަށް މާކްސް ދީފައި ހުރި ގޮތުގެ ޝަކުވާތަކާއި މައްސަލަތަކެވެ. އެކަންކަން މިސަރުކާރުން އަލުން ބަލުން ބަލާ ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރިއެވެ. އެތަންތަނަށް މީހުން ވަދެ އުޅެން ފަށައިފިއެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު ތަނުގެ ތެރޭގައި ހުރި މައްސަލަތައް ފެންމަތިވާން ފަށައިފިއެވެ. ފްލެޓްތަކަށް ފެން ވަންނަނީއެވެ. ފްލެޓްތަކުން އުފައްދާ ކުނި ނެގޭނެ އިންތިޒާމުތަކެއް ހަމަޖެހިފައެއް ނެތެވެ. ފްލެޓްތައް އިމާރާތްކޮށްފައިވާ ހުޅުމާލެ ފޭސް 2ށް ދަތުރު ކުރެވޭނެ ނިޒާމެއް ނެތެވެ. ކަމަކަށް ފަހު ކަމެއް ފެންމަތިވަމުން ކަންކަން ހައްލުކުރަމުން ދަނީއެވެ. އެންމެ ފަހުން އިވުނު ވާހަކައަކީ ކުށްތަކުގެ ހާއްޔަކަށް އެތަން ވާވަހަކައެވެ. މިހެން ގޮސް ލިސްޓަށް ކަމަކަށްފަހު ކަމެއް އިތުރުވަމުންދަނީއެވެ.

މިހުރިހާ ކަމެއް މިހެން ހިނގަމުންދަނިކޮށް އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވި ވާހަކައަކުން އަނެއްކާވެސް ހިޔާ ފްލެޓް މަޝްރޫޢުގެ ވާހަކަ ހޫނުވެއްޖެއެވެ. މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މީގެކުރިންވެސް މިސަރުކާރުން ދައްކަމުން ދިޔަ ވާހަކައެކެވެ. އެއީ ކޮތަރު ކޮށްޓެއްކަމެވެ. ހިޔާ މަޝްރޫޢުގެ ވިސްނުން ރަނގަޅު ނޫންކަމަށެވެ. "އައްޑޫ ސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި ބާއްވަން އެ ޕްލޭންކުރި ކުރުން އެއީ ގޯސް ނިންމުމެއް. މިދައުލަތުގެ ސަރުކާރުން ކޮށްފައިވާ ކަމެއް އޭރުގައި. އެނިންމުން އަޅުގަނޑުމެންނާ ހަމައަށް އައިއިރު އޮތީ މަސައްކަތް ފަށާފައި، މަސައްކަތް ނުނިންމޭ ހިސާބަށް ކުރިޔަށް ގެންގޮސްފައި. ވިސްނިން ތަޅާލަންވެސް. އަޅުގަނޑު އެކަނި ނިންމާ ނިންމުމެއްނަމަ ތަޅާލީމުސް. އޭރުވެސް ދެންނެވިން ތިހަދަނީ ގޯހެކޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވާހަކަދައްކަވަމުން އެތަން ތަޅާލަން ވިސްނިކަމަށް ވިދާޅުވި ވިދާޅުވުމަށް ގިނަ ބަޔެއްގެ ފާޑުކިޔުންތަކެއް ވަކިން ޚާއްސަކޮށް ފްލެޓްގައި ދިރިއުޅޭ މީހުންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ކަންވާނީވެސް އެހެންނެވެ. ބޯހިޔާވަހިކަމުގެ ނަސީބެއް ލިބިފައި ނެތް ހަޔާތުގައި ދުވަހަކުވެސް އެޖާގައިގެ ތަނެއްގައި ދިރިއުޅުމުގެ ނަސީބު ލިބިފައިނެތް މީހަކަށް އެތަނަކީ ހަމަ ގަނޑުވަރެކެވެ. އެކަނި ނިންމާ ނިންމުމެއްނަމަ އެތަން ތަޅާލީސްކަމަށް މިނިސްޓަރ ވިދާޅުވި ވިދާޅުވުމަކީ އެތަނުގައި އުޅޭ މީހުންނަށް ބަލައިގަންނަން ފަސޭހަ ވާހަކައަކަށް ނުވާނެއެވެ.

އެހެންނަމަވެސް މިހުރިހާ ކަމަކާއެކުވެސް ސާފުވާ ކަމެއް އެބައޮތެވެ. އެއީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ސިޔާސަތެއް ހަގީގަތުގައި އެއްވެސް ސަރުކާރަކަށް ގެންގުޅެވިފައި ނެތްކަމެވެ. ހިޔާ މަޝްރޫޢަކީ ރައީސް ޔާމީންގެ ސަރުކާރުން މިސަރުކާރަށް ވާރުތަވީ މަޝްރޫޢަކަށް ވާއިރު އެތަނުގައި ދިރިއުޅޭނެ އާބާދީއާއި ދެން ހުރި ކަންކަމަކީ މިސަރުކާރަށްވެސް އޮޅިފައި އޮންނާނެ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން އެކަންކަމަށް އެދެވޭ ހައްލެއް ގެނެސްދިނުމަކީ މިސަރުކާރުގެ ޒިންމާއެކެވެ. އެކަން އެކަށީގެންވާ ގޮތެއްގައި ނުވާކަން އެއީ މިހާތަނަށްވެސް ހާމަވެފައިވާ ހަގީގަތެވެ.

ދެން އޮތީ މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެވެ. ތެދެކެވެ. ފްލެޓް އަޅައިގެން ބޯހިޔާވަހިކަމުގެ ސިޔާސަތު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަޢާރަފްކޮށް އެކަން ކުރި ބަޔަކީ އެމްޑީޕީއެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ފައިދާ އެތައް ބަޔަކަށް އަންނަނީ ކުރަމުންނެވެ. ނަމަވެސް މިސަރުކާރަށް ތިން އަހަރު ވެގެންދިޔައިރު އަދި މިކަމުގައި އޮތީ އުންމީދީ ކުލަވަރެއް ނޫނެވެ. މިސަރުކާރުން އަންނަނީ އެކި ނަންނަމުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދޭނެކަމަށް ބުނަމުންނެވެ. ނަމަވެސް އެކަމުގައި އަމަލީ ސިފަ ޖެހިގެންދަނީ ވަރަށްވެސް ލަސް ސްޕީޑެއްގައެވެ.

އެހެންކަމަށްވާއިރު ތަނެއް ތަޅާލުމުގެ ވާހަކަދައްކާއިރުވެސް އެކަމާއި އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ކުރެވިފައި ހުންނަންވާނެކަމަށް ގަބޫލުކުރެވެއެވެ. އެހެންނޫންކަމަށްވާނަމަ އަނެއްކާވެސް ރައްޔިތުން ވާނީ ނާއުންމީދެވެ. އެހާބޮޑަށް ރައްޔިތުން ބޭނުންވެފައިވާ ކަމެއްގައި ވަކިން ޚާއްސަކޮށް އާބާދީގެ ބޮޑުބަޔެއް ތަހައްމަލުކުރަމުންދާ ކަމެއްގައި ހައްލު ފެންނަ ވަރުގެ މަސައްކަތްތަކެއް މިހާތަނަށް އައިއިރު ކުރެވިފައި ހުންނަންވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީން "ފްލެޓްތައް ދޫކޮށްލައިފި" - ތިން މަސް ދުވަހުގެ ތަހުގީގަށް ފަހު ދެއްވީ ފިނި ސަޖެޝަން އެއް

އޭސީސީން "ފްލެޓްތައް ދޫކޮށްލައިފި" - ތިން މަސް ދުވަހުގެ ތަހުގީގަށް ފަހު ދެއްވީ ފިނި ސަޖެޝަން އެއް

02 ފެބުރުއަރީ 2024
ޔާމީންގެ ނުސީދާ އެހެންނަމަވެސް ބޮޑު ތުހުމަތެއް!

ޔާމީންގެ ނުސީދާ އެހެންނަމަވެސް ބޮޑު ތުހުމަތެއް!

05 އޮކްޓޯބަރު 2023
އެންމެންވެސް ވަރުބަލިވެއްޖެ، އެހެންނަމަވެސް ހިތްވަރު އެލުވައެއް ނުލާނަން

އެންމެންވެސް ވަރުބަލިވެއްޖެ، އެހެންނަމަވެސް ހިތްވަރު އެލުވައެއް ނުލާނަން

13 މާރިޗު 2021
ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!

ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!

16 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު