Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީންގެ ނުސީދާ އެހެންނަމަވެސް ބޮޑު ތުހުމަތެއް!

އެމަނިކުފާނުގެ ހައްގުގައި މަގުތަކަށް ނުކުންނަން ނުކުރެނުކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 12:00
ޔާމީން ގެކޮޅަށް ބަދަލުކުރެއްވި ދުވަހު ކުޑަދޮރުން ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ

ޔާމީން ގެކޮޅަށް ބަދަލުކުރެއްވި ދުވަހު ކުޑަދޮރުން ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ

ކޮންމެއަކަސް އިންތިހާބުގެ ނަތީޖާއާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކުރެވިއްޖެއެވެ. ގޭ ބަންދަކަށެވެ. ވަގުތީ ގޮތުންނެވެ. މިކަމުގައި އެންމެ ބުރަ މަސައްކަތެއް ކުރީ ޕީޕީއެމްގެ ކުރީ ސަފުގައި މުޒާހަރާ ކުރަމުންދާ މަދު އަންހެންވެރިންތަކެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކޮންމެއަކަސް ޖަލުން ގެއަށް ބަދަލުވެވަޑައިގަތުމާއެކު އެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ފަރިވަޅެއްވެސް އަރުވާފައެވެ. ނަމަވެސް މި ފަރިވަޅުގައި ޔާމީން ދެއްކެވީ ޖަލުގައި ހުންނެވި ނަމަވެސް އަދި މުޒާހަރާތައް ހަމަ ލޮލުން ނުފެނުނު ނަމަވެސް ތެދު ވާހަކަފުޅެކެވެ.

ވިދާޅުވީ މިހާރުވެސް ފެނިގެން މިދަނީ އެތައް މަސައްކަތެއް ކުރުމަށްފަހުގައި އެގޮތަށް ގޭގައި ހުންނަވަން ޖެހުމުން ނުވަތަ ޖަލަށްލީމަ އާދައިގެ އާންމު ރައްޔިތުންތަކެއް އެމަނިކުފާނު ދެކެ ލޯބިވާ ރައްޔިތުންތަކެއް ނުކުންނަވާތަން ކަމަށެވެ. ނަމަވެސް އެކަމަކު ބޮޑެތި ގޮނޑިތަކުގައި ތިބި ބޭފުޅުންނަށް އެ ފަސޭހަތަކެއް ލިބިގެންދިޔައީ ރައީސް ޔާމީނާއި އެ ޓީމް ކުރި މަސައްކަތުން ކަމަށް ފަރިވަޅު ހިފައިގެން އައިސްތިބި ސަޕޯޓަރުންނާއި މުހާތަބުކުރައްވާ ވިދާޅުވިއެވެ. ކޮންމެއަކަސް ޔާމީން ވެސް އެ ވިދާޅުވި ދޮގުވާހަކަފުޅެއް ނޫނެވެ. އެއްހާސް ދުވަސް ޖަލުގައި ހޭދަކުރެއްވި އިރު މަގުމައްޗަށް އެމަނިކުފާނުގެ ހައްގުގައި ނުކުތީ އިދިކޮޅު ލީޑަރޝިޕްގެ މަދު ބޭފުޅެކެވެ. ވަކިން ހާއްސަކޮށް އެކި މަގާމުތަކުގައި ތިބި މީހުން އެއްވެސް ވަރަކަށް ނުފެނެއެވެ.

އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ އިންސާނީ ތަބިއްޔަތުގައި ދެރަކަމަކަށް ވަނީ މަގާމުތަކަށް އާދެވުނީމާ ކަންކަން ހަނަދާން ނެތުން ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ލޯތްބަކީ ޖަލުގޮޅިޔަށް ލިޔަސް އަނބުރާ ގެންދެވޭނެ އެއްޗެއްނޫން ކަމަށެވެ. ރަނގަޅު ވާހަކައެކެވެ. މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބަސް އަދި މޭޔަރުކަމުގައި ސިޓީ ކައުންސިލްގައި އިންނެވިޔަސް ހަގީގަތަކީ އެ މީހުންނަށް އެ ހިސާބަށް ދެވުނީ ޔާމީން ވިއްކައިގެންނެވެ. މިއަދު އިންތިހާބީ ރައީސްއަށް މި ވާހަކަ އެންމެ ބޮޑަށް އަމާޒުވެއެވެ. ސަބަބަކީ އެންމެ މަދުން މުޒާހަރާތަކުން ފެނުނީ މުއިއްޒުކަމަށް ވާތީއެވެ. ބާއްވާ ބޮޑު އެއްވުމަކުން ނޫނީ ދެން ނުފެނެއެވެ. މޭޔަރުކަމުން ރައީސްކަމަށް މިއަދު އާދެވި މާދަމާ ފިނިކޮޓަރީގައި ބޮޑު ގޮނޑީގައި އިންނަވާއިރު، ޔާމީންގެ މަތިން ހަމަ ހަނދާން ނެތޭނެއެވެ. ރައީސް ޔާމީން އެ ވިދާޅުވީ އެ ވާހަކައެވެ.

ޔާމީން ވިދާޅުވީ އަދިވެސް ޖަލުގައި ހުންނަވާފާނެ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު އުފަލަކީ އެމްޑީޕީގެ ސަރުކާރު ނިމުމަކަށް އައުން ކަމަށެވެ. ހިތާމަފުޅުކުރައްވަނީ އަނެއްކާވެސް މަޖިލީހަށް ނުކުމެވަޑައިގަންނަވާއިރު ކެމްޕޭނަށް ވަޑައިގަންނަވާނީ ރައްޔިތުން ކައިރިއަށް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަޕޯޓަރުންގެ ގޭގޭގައި ޓަކި ޖަހާނެ ކަމަށާއި، އެކަމަކު ސަޕޯޓަރުން މިއަދު މަގުމައްޗަށް ނުކުމެ ތިއްބެވީ އެމަނިކުފާނުގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ. އަދި މާލޭ ގޮނޑިތަކާއި ރަށްރަށުގެ ގޮނޑިތަކަށް ކުރިމަތިލައްވާ އަޅުގަނޑުމެންގެ ބޭފުޅުން ސަޕޯޓަރުންގެ އަރިހަށް ވަޑައިގަންނަވާ ވޯޓު ހޯއްދަވަން އަންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ހައްގުގައި ނުކެމެ ތިބީ ކަނބަލުން ކަމަށާއި، ކޮންމެ މީހަކު އައި ނަމަވެސް، ސަލާމްކުރައްވާ، ރައީސް ޔާމީންގެ ހައްގުގައި ސަޕޯޓަރުން، މައިންބަފައިންނާއި ދަރިން އަދި ފިރިން ގޭގައި ދޫކޮށްލުމަށް ނުކުންނެވި އިރު، މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށް ވިދާޅުވެ ދެއްވުމަށް ޔާމީން އެދިވަޑައިގެނެނެވިއެވެ.

އެހެންވީމަ މިހާރު މަޖިލީހަށް ވަޑައިގަންނަވަން އުޅުއްވަނީ ގައުމީ ހައްގުގައިތޯ ނުވަތަ އަމިއްލަ ކަމެއް ފުއްދަންތޯ ސާފުކުރެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ގައުމުގެ ހައްގުގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރި ލީޑަރު ހައްޔަރުގައި ހުރި އިރު ތިބެންވާނެ ސަޕޯޓަރުންނާއެކީ މަގުމަތީގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މަގުމަތީގައި އުޅެންވާނެ ކަމަށާއި، ބަސް ބުނަންވާނީ މަގާމު ލިބުމުން ނޫން ކަމަށާއި، އެ މީހާގެ އެތެރޭގައި އޮއްޓަރެއް ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން ކަމަށް ވިދާޅުވިއެވެ.

ކޮންމެއަކަަސް ޔާމީންވެސް އެ ދެއްކެވީ ރަނގަޅު ވާހަކަފުޅެކެވެ. މަގުމަތިކޮށްލީ އާންމު މެންބަރުންނެވެ. މުޒާހަރާކުރަން ނުކުންނަ މީހުންގެ ތެރޭގައި މަދު ބަޔަކު އަބަދު އެކަމުގައެވެ. މަގާމާއި ފިނިކޮޓަރީގައި ތިބި ބަޔަކު ނުފެނެއެވެ. ކޮންމެއަކަސް ޔާމީންގެ އުދާސްތައް ބަންޑުންކޮށްލިއެވެ. ދޭހަވެގެން ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވުނު ކަމުގައި ވިޔަސް އަދި މިނިވަން ނުވިކަމުގައި ވިޔަސް، އެމަނިކުފާނުގެ ހައްގުގައި ފިނިކޮޓަރީގައި ތިބި ބަޔަކު ނުނުކުތް ކަމެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު