Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ލީޑަރުންގެ ޕްރޮގްރާމް

"އަމާން، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރު"ގެ ނަމުގައި ކުޑަހުވަދޫގައި ޕްރޮގްރާމެއް ފަށައިފި

މިއީ ފިކުރީ ހައްދުފަހަނަ އެޅުމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމުގެ ގޮތުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2021 | ބުދަ 11:38
ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރާ ގުޅިގެން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރާ ގުޅިގެން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދާ ހަފުތާ ރެސް ޕްރޮގްރާމް ތެރެއިން، ދ. އަތޮޅަށް ނިސްބަތްވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން، "އަމާން، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، މޯލްޑިވްސް ޕޮލިސް ސަރވިސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދ. އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން 24 ބޭފުޅުން ބައިވެރިވެވަޑައިގެންނަވައެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ފިކުރީ ހައްދުފަހަނަ އެޅުމާއި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމުގެ ގޮތުން އެކުލަވާލާފައިވާ, ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުޓަރިންގ ވައިލެންޓް އެކްޓްރިމިޒަމްއިން ކަނޑައަޅާފައިވާ ދާއިރާތަކަށް އަމާޒުކުރެވިގެން ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން އިޖުތިމާޢީ ދުޅަހެޔޮކަން އާލާވެ، ބަދަހި، ވިލުންވެރި އަދި އަމާން ވެއްޓެއް ބިނާވެގެން ދާނެ އެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ، އިޖުތިމާޢީ ދުޅަހެޔޮކަން އާލާކުރުމާއި ބަދަހި އަދި ވިލުންވެރި ވެއްޓެއް ޤާއިމުކުރުމާއި، އިޖުތިމާޢީ ބައިބައިވުން ކުޑަކުރުމާއި ނޭދެވޭ ފިކުރުތަކުން ދުރުކުރުމެވެ.

ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ދ. އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްރަންސް ސަރވިސަސްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޢަލީ ސުޢާދު ވަނީ، މިފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަމަށް އަލިއަޅުވާލައްވައި، ބަދަހި ވިލުންވެރި މުޖުތަމަޢެއް ބިނާކޮށް، މުޖުތަމަޢުން ފިތުނައާއި ރުޅިވެރިކަން ނައްތާލުމުގައި ލީޑަރުންގެ ދައުރު ފާހަގަކުރެއްވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ދ. އަތޮޅުގައި ކުށުގެ ވެށި އޮތް މިންވަރު ދެނެގަތުމާއި، ރާއްޖޭގެ ކަންކޮޅުތަކުގައި ޓެރަރިޒަމާއި ހަރުކަށިފިކުރުގެ ނުރައްކާތައް ފެތުރިފައިވާ މިންވަރާއި، ފިކުރީ ގޮތުން ހައްދުފަހަނައެޅުމާއި، ހަރުކަށިފިކުރުގެ ނުރައްކާ ޢިލްމީ ނަޒަރަކުން ބުނެދިނުމާއި، ހޯލް އޮފް ގަވަރމަންޓް އެޕްރޯޗެއްގެ ތެރެއިން ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މި މަސައްކަތް ފަރުމާކުރެވިފައިވާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، އަދި މީގެ އިތުރުން ބައިވެރިންގެ މެދުގައި ޑިސްކަޝަން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

އެމްއެންޑީއެފްކުޑަހުވަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު