Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތް ދެމިގެންދިޔުން

ދައުލަތް ދެމިގެން ދިޔުމަކީ ކޮބައިކަން އިދިކޮޅަށް އެނގެންޖެހޭ - އަސްލަމް

ކުރީގެ ސަރުކާރުން ރާވާ ކަންކަން ނުކުރުމުގެ އިޚްތިޔާރުވެސް ދެން އަންނަ ސަރުކާރަކަށް އޮވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 10:00
މުޙައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

މުޙައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ދައުލަތް ދެމިގެންދިޔުމަކީ ކޮބައިކަން އިދިކޮޅަށް އެނގެންޖެހޭ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރުގެ ހައުސިންގ ޔުނިޓްތައް މިސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވުމުން، އެއީ ރައީސް ޔާމީންގެ ސަރުކާރުން ބަޖެޓްގައި ހިމަނައި ޕްލޭން ކޮށްފައިވާ ޕްރޮޖެކްޓެއްކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު މިނިސްޓަރަށް ރައްދު ދެއްވުމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް ކަންކަން ކުރުމަށް ރާވާ ކަމަށާއި، އެ ރާވާ ކަންކަން ނުކުރުމުގެ އިޚްތިޔާރުވެސް ދެން އަންނަ ސަރުކާރަކަށް އޮންނަ ކަމަށެވެ. ކޮންމެ ސަރުކާރެއްވެސް ރައްޔިތުންގެ ތާއީދާއެކު އަންނަނީ ބޮޑު މެންޑޭޓަކާއެކު ކަމަށެވެ. ރައީސް ނަޝީދުގެ ސަރުކާރުން، އެއަރޕޯޓް ތަރައްގީ ކުރުމަށް ޖީއެމްއާރާއެކު ކުރި އެގްރީމެންޓް، ރައީސް ޔާމީންގެ ސަރުކާރުން އުވާލީ ގޯސް ކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ކުރާ ޒާތުގެ ކަމެއް ނޫން ކަމަށާއި، ދައުލަތް ދެމިގެންދިޔުމުގެ ސިޔާސަތު އިދިކޮޅަށް ފަހުމުވާންޖެހޭ ކަމަށެވެ. ދައުލަތް ދެމިގެންދިޔުން އޮންނަ ކަމަށާއި، ބަދަލުވަނީ ސަރުކާރު ކަމަށެވެ.

ކުރީ ސަރުކާރުން ރާވާފައިވާ ކަންކަން ކޮށް ނިންމައި، މި ސަރުކާރުން ކުރި ކަމެއް ކަމުގައި ބުނަމުންދާކަމަށް ޝިޔާމް ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ވޭތުވެ ދިޔަ ދައުރުގައި ބޮޑު ބައިގައި އެންމެ ހައުސިން ޕްރޮގްރާމެއްވެސް ނިންމާފައި ނެތް ކަމަށާއި، އަމިއްލައަށް ފެއްޓެވި ޕްރޮގްރާމެއް ނެތް ކަމަށެވެ. ނިމިފައި ހުރީ، ކުރިން 2008ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ފެށި މަސައްކަތް ކަމަށެވެ. ކުރީ ސަރުކާރަށް ނިންމުނީ އެންމެ ހައުސިންގ ޕްރޮޖެކްޓެއް ކަމަށާއި، އެއީވެސް ތަކްލީފެއް ކަމަށެވެ.

އެމްޑީޕީގެ ކުރީ ސަރުކާރުން ފެށި މަސައްކަތްތައް ނިންމުމަށްފަހު، އެއީ ކުރީ ސަރުކާރުން ކުރި ކަމެއް ކަމަށް މެޑަލް ޖެއްސެވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު