Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ބޯއި އެވޯޑް

ގޯލްޑަން ބޯއި އެވޯޑް ޕެޑްރީއަށް

އެވޯޑުގެ ދެވަނައަށް ދިޔައީ ޖޫޑް ބެލިންހަމް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ނޮވެމްބަރު 2021 | ހޯމަ 22:51
ބާސާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ތަރި ޕެޑްރީ

ބާސާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ތަރި ޕެޑްރީ

އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ތަރި ޕެޑްރީ ހޯދައިފިއެވެ.

ޔޫރަޕުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާއަށް ދޭ މި އެވޯޑް އުމުރުން 18 އަހަރުގެ ޕެޑްރީ ހޯދީ 318 ޕޮއިންޓާއެކުއެވެ. މި އެވޯޑް ހޮވުމަށް 40 ނޫސްވެރިން ވޯޓުލާއިރު، ދެވަނައަށް ދިޔައީ 199 ވޯޓު ހޯދި ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމެވެ. ޕެޑްރީއަކީ 2005 ވަނަ އަހަރު ލިއޮނަލް މެސީ ގޯލްޑަން ބޯއިގެ އެވޯޑް ހޯދި ފަހުން، މި ޓްރޮފީ ހޯދި ބާސާގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

މިދިޔަ ސީޒަނުގައި ޕެޑްރީ ވިދާލިއިރު، އެ އަހަރު އޮގަސްޓް މަހު ލަަސް ޕަލްމާސް ދޫކޮށް ބާސާއަށް ގުޅުމަށް ފަހު ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް 53 މެޗު ކުޅެދީފައެވެ، އެއާއެކު މިދިޔަ ސީޒަނުގައި ބާސާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީ ޕެޑްރީއެވެ. އަދި ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސާއާއެކު ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި އަހަރުގެ ޖޫން އަދި ޖުލައި މަހު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ޕެޑްރީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ސްޕެއިނާއެކު އެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. އަދި އޭގެ ފަހުން ކުރިއަށްދިޔަ އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރިހި މެޑަލް ހޯދި ސްޕެއިންގެ 23 އަހަރުން ދަށުގެ ޓީމުގައިވެސް ޕެޑްރީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެއާއެކު ބާސާއިން ދާދި ފަހުން ވަނީ ދިގު މުއްދަތަކަށް ޕެޑްރީގެ އެއްބަސްވުން އާކޮށްފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް ޕެޑްރީ އެއްބަސްވުން ހެދިއިރު، އެ އެއްބަސްވުން އުވާލަން ބާސާއިން ވަނީ އެއް ބިލިޔަން ޔޫރޯ ކަނޑައަޅާފައެވެ.

މި އަހަރުގެ ގޯލްޑަން ބޯއި އެވޯޑް ޕެޑްރީ ހޯދިއިރު، މިދިޔަ އަހަރު މި އެވޯޑް ހޯދާފައިވަނީ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑެވެ. އަދި މި އެވޯޑް ހޯދާފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މެސީގެ އިތުރުން ވޭން ރޫނީ އާއި، ސެސް ފަބްރެގާސް އާއި، ސާޖިއޯ އަގުއޭރޯ އަދި ކީލިއަން އެމްބާޕޭ ހިމެނެއެވެ.

ގޯލްޑަން ބޯއި އެވޯޑްޕެޑްރީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

ބާސެލޯނާގެ އެއްބަސްވުން ޕެޑްރީ އައު ކޮށްފި

01 ފެބުރުއަރީ 2025
ބާސެލޯނާގެ އެއްބަސްވުން ޕެޑްރީ އައު ކޮށްފި
10 ޖޫން 2024

ޕެޑްރީ ހުރީ ޔޫރޯގައި ތަފާތު ދެއްކުމަށް ކެތްމެދުވެފައި

10 ޖޫން 2024
ޕެޑްރީ ހުރީ ޔޫރޯގައި ތަފާތު ދެއްކުމަށް ކެތްމެދުވެފައި
27 އޮކްޓޯބަރު 2022

"ޗެމްޕިއަންސް ލީގުގައި ވާދަކުރަން ބާސެލޯނާ ތައްޔާރެއް ނޫން!"

27 އޮކްޓޯބަރު 2022
"ޗެމްޕިއަންސް ލީގުގައި ވާދަކުރަން ބާސެލޯނާ ތައްޔާރެއް ނޫން!"
27 ސެޕްޓެމްބަރު 2022

ސްޕެއިންގައި ހިމެނޭ ބާސެލޯނާގެ ކުޅުންތެރިންނަށް ކަކާގެ ތައުރީފު

27 ސެޕްޓެމްބަރު 2022
ސްޕެއިންގައި ހިމެނޭ ބާސެލޯނާގެ ކުޅުންތެރިންނަށް ކަކާގެ ތައުރީފު
18 އޯގަސްޓު 2017

މިއަހަރުގެ "ފީފާ އެވޯޑް" ހައްޤީ ރޮނާލްޑޯ އަށް: އެރިކް ކެންޓޯނާ

18 އޯގަސްޓު 2017
މިއަހަރުގެ "ފީފާ އެވޯޑް" ހައްޤީ ރޮނާލްޑޯ އަށް: އެރިކް ކެންޓޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު