Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

"ޗެމްޕިއަންސް ލީގުގައި ވާދަކުރަން ބާސެލޯނާ ތައްޔާރެއް ނޫން!"

ޕެޑްރީ ބުނީ ބާސެލޯނާ ގައި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، ރަނގަޅު ކުރަންޖެހޭ އެތައް ބައިވަރު ކަންކަން ހުރި ކަމަށް ޤަބޫލުކުރެވޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 04:37
ބާސެލޯނާގެ ކުޅުންތެރިން

ބާސެލޯނާގެ ކުޅުންތެރިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރަން ބާސެލޯނާ ތައްޔާރު ނޫން ކަމަށް އެ ޓީމުގެ ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ބުނެފިއެވެ.

ޕެޑްރީ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ބަޔާން މިއުނިކް އަތުން ބަލިވި މެޗަށްފަހުއެވެެ. އޭނާ ބުނީ އެއީ ބާސެލޯނާގެ ފެއިލްވުމެއް ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އަށް ގްރޫޕް ސްޓޭޖު ފަހަނަ އަޅާ ދެވެން ޖެހޭނެ ކަމަށާއި، އެކަން ނުވުމުން ސާބިތުވަނީ ޗެމްޕިއަންސް ލީގުގައި ވާދަ ކުރަން ބާސެލޯނާ އަދި ތައްޔާރު ނޫން ކަމަށެވެ. ޕެޑްރީ ބުނީ ބާސެލޯނާ ގައި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، ރަނގަޅު ކުރަންޖެހޭ އެތައް ބައިވަރު ކަންކަން ހުރި ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އޭނާ ވަނީ ބާސެލޯނާ އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދި ނަމަވެސް، ޗެމްޕިއަންސް ލީގުގައި ކުރިއަށް ނުދެވުމަކީ ދެރައެއްކަން ފާހަގަކޮށްފައެވެ.

ޕެޑްރީ ބުނީ ބާސެލޯނާ އަށް ކަންކަން މަދުވާ ކަމަށެވެ. ނަމަވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ކުރިއަށް ދާން ޖެހޭނެ ކަމަށެވެ. އިތުރަށް އޭނާ ބުނީ ކުރިން ކުޅުނު މެޗުތަކުގައި ނަތީޖާ ދަށްވުމަކީ ކުރިއަށް ދާން ހުރަސްއެޅުނު ސަބަބެއް ކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ބާސެލޯނާ އިން ބޯޅަ ހިފަހައްޓައިގެން އެޓޭކިން އަށް ވިސްނަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ބަޔާން ފެންނަނީ ހުރިހާ ގޮތަކުން ވެސް ވަރަށް ވަރުގަދަކޮށް ކަމަށާއި، މިފަދަ މުބާރާތްތަކުގައި ވާދަކުރަން އެއީ މުހިންމު ކަމެއް ކަމަށެވެ.

ބާސެލޯނާ އިން ވަނީ މީގެ ކުރިން ވެސް ޔޫރޮޕާ ލީގު ކުޅެފައެވެ. ނަމަވެސް މި ސީޒަންގެ ޗެމްޕިއަންސް ލީގަށް އެ ޓީމުން ކުރިމަތިލީ ގިނަ ކުޅުންތެރިންތަކެއް ހޯދައި، ޓީމު ވަރުގަދަކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ފަސް މެޗުން އެ ޓީމު ވަނީ ތިން މެޗުން ބަލިވެފައެވެ. އެއް މެޗުން މޮޅުވީއިރު، އަނެއް މެޗުން ވީ އެއްވަރެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާޕެޑްރީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު