Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާގެ އެއްބަސްވުން ޕެޑްރީ އައު ކޮށްފި

ބާސެލޯނާ އާއެކު ޕެޑްރީ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2025 | ހޮނިހިރު 03:17
ބާސެލޯނާގެ އެއްބަސްވުން އައު ކުރުމަށްފަހު ޕެޑްރީ

ބާސެލޯނާގެ އެއްބަސްވުން އައު ކުރުމަށްފަހު ޕެޑްރީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2020 ވަަނަ އަހަރު އެވެ. ލަސް ޕަލްމާސްގައި ހުރުމަށްފަހު އޭނާ ބާސެލޯނާ އަށް ބަދަލުވީއިރު، އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުވެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރު އެވެ.

ނަމަވެސް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، ޕެޑްރީ ވަނީ ބާސެލޯނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. ބާސެލޯނާ އާއެކު ޕެޑްރީ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބާސެލޯނާގެ އަައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ޕެޑްރީ ބުނެފައި ވަނީ، އެ ކުލަބަކީ އަބަދު ވެސް އޭނާ އެންމެ ކުޅެން ބޭނުންވާ ކުލަބު ކަމަށެވެ. އެހެންކަމުން ބާސެލޯނާގެ އެއްބަސްވުން އައުކޮށް، އިތުރު އަހަރުތަކެއް އެ ކުލަބުގައި ހޭދަކުރުމުގެ ފުރުސަތު ލިބުމުން އިންތިހާ އަށް އުފާވާ ކަމަށް ވެސް ޕެޑްރީ ބުނެފައިވެ އެވެ.

ޕެޑްރީ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 174 މެޗުގައި 24 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އާއެކު އޭނަ ވަނީ ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގާއި، ކޮޕާ ޑެލް ރޭގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް އެވެ. މީގެ ތެރެއިން ސްޕެނިޝް ސުޕަ ކަޕް ވަނީ ދެ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމަށެވެ. ޕެޑްރީ އަކީ ބާސެލޯނާގައި ތިބި ކުޅުންތެރިންގެ ތެރެއިން އެ ޓީމުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް އަދި މިހާރުގެ ކޯޗު ހަންސީ ފްލިކް ވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކުޅުންތެރިންގެ ތެރޭގައި ވެސް ޕެޑްރީ ހިމެނެ އެވެ.

ބާސެލޯނާޕެޑްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު