Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާއިބުރައީސް ބަންގްލަދޭޝްއަށް

މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ނާއިބުރައީސް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާއި މަޝްވަރާ ކުރައްވައިފި

22 ނޮވެމްބަރު 2021 | ހޯމަ 17:32

މަޝްވަރާތައް ކުރިޔަށް ގެންދެވީ ނާއިބުރައީސް ބަންގްލަދޭޝް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ނޮވެމްބަރު 2021 | ހޯމަ 17:32
ނާއިބުރައީސް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުން

ނާއިބުރައީސް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުން

ނާއިބުރައީސް ފައިސަލް ނަސީމް އާއި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. އަބްދުލް މޫމިން ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މަޝްވަރާތައް ކުރިޔަށްގެންދެވީ ނާއިބުރައީސް މިހާރު ބަންގްލަދޭޝް އަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ނާއިބުރައީސް ވަނީ، ބަންގްލަދޭޝްއިން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ފޮރިން މިނިސްޓަރ މޫމިން ވަގުތުކޮޅެއް ދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްސަ ގޮތެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ، އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަންގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ..

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައެވެ. އަދި މިއަހަރުގެ މާރިޗު މަހު ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުން ފާހަގަކުރެއްވުމާއި ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރުމުގެ އިހުތިފާލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ނާއިބުރައީސާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި ބޭހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޝިޕިން އަދި ޓެކްނިކަލް ޓްރައިން ދިނުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގައި ރަޖިސްޓަރީވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބުރައީސް އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެބޭފުޅުން ވަނީ އެބޭފުޅުންނާއި ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ނާއިބުރައީސާއި ވަފުދުގެ ބޭފުޅުން ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްވި ޚާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ނާއިބުރައީސްގެ ދަތުރުފުޅުގައި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިން ސެންޓަރ (ބީ.ކޭ.ޓީ.ޓީ.ސީ) އަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި، އެތަން ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ ރާއްޖޭގައި ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ޚާއްސަކޮށް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްބަންގްލަދޭޝް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
24 އޮކްޓޯބަރު 2025

މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

24 އޮކްޓޯބަރު 2025
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
18 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް

18 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް
17 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

17 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް