Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީސްޓަރ ބޮމުގެ ހަމަލާ

އީސްޓަރ ބޮމުގެ ހަމަލާއާ ގުޅޭ ޝަރީޢަތްތައް ލަންކާގައި ފަށައިފި

22 ނޮވެމްބަރު 2021 | ހޯމަ 17:21

މިހަމަލާތަކުގައި 267 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން 45 މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ނޮވެމްބަރު 2021 | ހޯމަ 17:21
ބޮމުގެ ހަމަލާގައި މަރުވި މީހެއްގެ އާއިލާ މީހެއް

ބޮމުގެ ހަމަލާގައި މަރުވި މީހެއްގެ އާއިލާ މީހެއް

2019 ވަނަ އަހަރު ސްރީލަންކާގައި ބޮމެއް ގޮއްވާލައި، 270 މީހުން މަރުވި ހާދިސާގެ ޝަރީޢަތްތައް ފަށައިފިއެވެ.

ބޮން ގޮއްވުމާއި ގުޅުންހުރި ޝަރީޢަތްތައް ހޯމަ ދުވަހު ފަށާފައިވާއިރު އެންމެ ފުރަތަމަ ކުރިޔަށްގެންދިޔަނީ ތިން ޝަރީޢަތެވެ. މިޝަރީޢަތުގައި ކުރީގެ ނޭޝަނަލް ޕޮލިސް ޗީފް ޕުޖިތް ޖަޔަރސުންދަރަގެ މައްޗަށް، ތަކުރާރުކޮ،ށް ހަމަލާއާ ގުޅުންހުރި އިންޓަލިޖެންސް މައުލޫމާތު ލިބިހުރެމެ، އެކަށީގެންވާ ފިޔަވަޅުނޭޅުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.

މީގެއިތުރުންވެސް ޖަޔަރސުންދަރަގެ މައްޗަށް މުޅި ޖުމްލަ 855 ދައުވާއެއް ވަނީ އުފުލާފާއެވެ. އޭގެތެރޭގައި ގަސްތުގައި މީހުން މަރާލުމާއި މީހުން މަރާލުމަށް މަސައްކަތްކުރުމުގެ ދަޢުވާ ހިމެނެއެވެ. ޖަޔަރސުންދަރައާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަށް، ހެކިންގެ ގޮތުގައި 1215 މީހަކު ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެހުރިހާ އެންމެން ކޯޓަށް ހާޒިރުކޮށް ސުވާލުކޮށް ހަދާނެކަމަށް ނުބެލެވޭކަމަށް ޖަޔަރސުންދަރަގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކުރީގެ ޑިފެންސް ސެކެރެޓަރީ ހެމްސާރީ ފެރްނާންޑޯގެ މައްޗަށްވެސް ވަނީ ހަމަ މިފަދަ ދަޢުވާތަކެއް އުފުލާފައެވެ. ފެރްނާންޑޯ އަކީ ބޮމުގެ ހަމަލާދިން އިރު ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ފަރާތެވެ. ފެރްނާންޑޯގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތް ކުރިޔަށް ގެންގޮސްފައިވަނީ ހޯމަ ދުވަހު މެންދުރުފަހުއެވެ.

މިދެމީހުންވެސް ވަނީ ބެއިލް މެދުވެރިކޮށް ހައްޔަރުން ދޫވެފައެވެ.

ހަމަލާދިނުމުގެ ތުހުމަތު ކުރެވޭ 24 މީހެއްގެ ޝަރީޢަތް އަންގާރަ ދުވަހު ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުން ވަނީ މިމީހުންގެ މައްޗަށް 23،000ށް ވުރެ ގިނަ ދަޢުވާ އުފުލާފައެވެ. އޭގެތެރޭގައި މީހުން މެރުމަށް ރޭވުމާއި، އެކަމަށް އެހީތެރިވުމާއި، ހަމަލާދިނުމަށް މީހުން އެއްކުރުމާއި، ހަމަލާދިނުމަށް ބޭނުންކުރާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ދައުވާ ހިމެނެއެވެ. މީގެތެރޭގައި، މިހަމަލާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ސްރީލަންކާގެ އޮފިޝަލުން ތުހުމަތުކުރާ މުޙައްމަދު ނައުފަރުވެސް ހިމެނެއެވެ. މީނާ އަކީ އިސްލާމިކް ސްޓޭޓްއާ ގުޅުން އޮންނަ މީހެއްކަމަށް ލަންކާގެ އޮފިޝަލުން ބުނެއެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ހަމަލާދީފައިވަނީ ތިން ޗަރޗަކަށާއި ތިން ހޮޓަލަކަށެވެ. އެއްފަހަރާ ދިން މިހަމަލާތަކުގައި 267 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން 45 މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މިހަމަލާތަކުގައި 500 މީހުން ވަނީ ޒަޚަމްވެފައެވެ. މިހަމަލާއަކީ ސްރީލަންކާގެ ތާރީޚުގައިވެސް ދިން މިފަދަ ނުރައްކާތެރި ފުރަތަމަ ހަމަލާއެވެ. ވަކިން ޚާއްސަކޮށް މީސްކޮޅު މަދު ނަޞާރާއިންނަށް އަމާޒުކޮށް އޭގެކުރިން ސްރީލަންކާގައި މިފަދަ ހަމަލާތަކެއް ދީފައެއްނުވެއެވެ.

އާދީއްތަ ދުވަހު ކެތޮލިކުންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މިހަމަލާތަކުގައި ދުނިޔެ ދޫކޮށްދިޔަ މީހުންގެ ހަނދާން އައުކޮށް އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

ސްރީލަންކާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް