Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފީރުކަމުގެ ފަތްކޮޅު އެރުވުން

ދެ ޤައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

22 ނޮވެމްބަރު 2021 | ހޯމަ 13:38

ސެނަގާލްއާއި ތުރުކީގެ އައު ސަފީރުން ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ނޮވެމްބަރު 2021 | ހޯމަ 13:38
ތުރުކީވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ތުރުކީވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ދެ ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

އެގޮތުން ސެނަގާލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޢަބްދުލް ވައްހާބް ހައިދަރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސެނަގާލްއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

ސެނަގާލްއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ވަނީ، ސަފީރުކަމުގެ މަގާމާ ހަވާލުވެވުމުން އުފާކުރައްވާކަމުގައި ވިދާޅުވެ، ސެނެގާލްގެ ރައީސް މެކީ ސާލްގެ ވެދުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މީގެ އިތުރުން ސަފީރު ވަނީ ރާއްޖެއިން އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކުރުމުން ދިވެހި ސަރުކާރަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން އެންމެ އިސްކަންދޭ އެއްކަމަކީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ރަނގަޅުކޮށް، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޯވިޑް-19ގެ ކަންކަން މެނޭޖްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ކުޅިވަރާއި ފަތުރުވެރިކަމާއި ސަޤާފަތް ފަދަ ދެ ޤައުމުން ޝައުޤުވެރިވާ މައުޟޫޢުތަކުގައި މަޝްވަރާކުރައްވާފައެވެ.

ސެނަގާލްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމާއި ސަޤާފަތް ކުރިއެރުމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ އެ ޤައުމަށް މުހިންމުކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކައުންޓަރ ޓެރަރިޒަމް އަދި އިންސާނީ ޙައްޤުތަކާ ގުޅޭ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން ތުރުކީވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާ ސަފީރުކަމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިއާއި ސަލާމަތީ ކަންކަމާއި، ކައުންޓަރ ޓެރަރިޒަމާއި، ތަޢުލީމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުންފަދަ ކަންކަމާ ގުޅޭގޮތުން ތުރުކީގެ ސަފީރާއެކު މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާ ތުރުކީވިލާތާ ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި މި އަހަރަކީ މި ދެ ޤައުމު ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ފުރޭ އަހަރެވެ. މި ދެ ޤައުމުގެ ގާތްގުޅުން ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހުމިއްޔަތުކަމެއްދޭކަން ފާހަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ތުރުކީގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ތުރުކީގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިބައްދަލުކުރެއްވުމުގައި ތުރުކީ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ ތުރުކީގެ ކުންފުނިތަކަށް ކުރިމަތިވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ ޢަމަލުތައް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވައި މި މައްސަލަތައް ހައްލުކުރުމުގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމާއި، ކަނޑުފޭރުމާއި، ރޭވިގެން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ތުރުކީއާއި އެކުވެރި އެހެން ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ތުރުކީވިލާތުގެ ސަފީރުވެސް ވަނީ މި ދާއިރާއިން ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތުރުކީގެ ތަޢުލީމާގުޅޭ މުއައްސަސާތައް މެދުވެރިކޮށް ދިވެހިންނަށް ތަމްރީނާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސް ބޭފުޅުން ތަމްރީނު ކުރެއްވުމުގައި ތުރުކީ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ އައު ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ސޯލިހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
24 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި
24 މާރިޗު 2022

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
13 މާރިޗު 2022

ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް

13 މާރިޗު 2022
ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް
13 މާރިޗު 2022

ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް

13 މާރިޗު 2022
ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް
13 މާރިޗު 2022

މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން

13 މާރިޗު 2022
މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން
08 މާރިޗު 2022

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

08 މާރިޗު 2022
ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
04 މާރިޗު 2022

އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން

04 މާރިޗު 2022
އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން
23 ފެބުރުއަރީ 2022

ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް

23 ފެބުރުއަރީ 2022
ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް
22 ފެބުރުއަރީ 2022

ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ

22 ފެބުރުއަރީ 2022
ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް