Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްވިޓްޒަރލޭންޑް ސަފީރު ރައީސްއާ ބައްދަލުކުރެއްވުން

ސްވިޓްޒަރލޭންޑްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

22 ނޮވެމްބަރު 2021 | ހޯމަ 11:50

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ނޮވެމްބަރު 2021 | ހޯމަ 11:50
ސްވިޓްޒަރލޭންޑްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ސްވިޓްޒަރލޭންޑްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ސްވިޓްޒަރލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑޮމިނިކް ފަރގްލަރ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްވިޓްޒަރލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މައުޟޫޢުތަކުގެ ތެރޭގައި; މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމާއި ލާމަރުކަޒުކުރުމާއި ކޮވިޑް މެނޭޖުކުރުމާއި ފަތުރުވެރިކަން ފަދަ މައުޟޫޢުތައް ހިމެނެއެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި; ސްވިޓްޒަރލޭންޑަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ފަތުރުވެރިކަމުގެ ޞިނާޢަތް އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަން ވިލާތުގެ ގައުމުތަކަށް އިތުރަށް ފުޅާކުރުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާ ސްވިޓްޒަރލޭންޑާ ދެމެދު، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ.

ސްވިޓްޒަރލޭންޑުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖެއާ ގުޅިގެން މަސައްކަތްކުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ރާއްޖެއަކީ ސްވިޓްޒަލެންޑުގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި، ރާއްޖެއާ އެ ގައުމާ ދެމެދު ސީދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެކަމުގައިވެސް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން، ވިލާތުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ދަރިވަރުންނަށް ވިލާތުގެ ގައުމުތަކުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޝައުޤުވެރިވާކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސް ސޯލިހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
24 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި
24 މާރިޗު 2022

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
13 މާރިޗު 2022

ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް

13 މާރިޗު 2022
ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް
13 މާރިޗު 2022

ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް

13 މާރިޗު 2022
ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް
13 މާރިޗު 2022

މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން

13 މާރިޗު 2022
މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން
08 މާރިޗު 2022

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

08 މާރިޗު 2022
ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
04 މާރިޗު 2022

އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން

04 މާރިޗު 2022
އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން
23 ފެބުރުއަރީ 2022

ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް

23 ފެބުރުއަރީ 2022
ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް
22 ފެބުރުއަރީ 2022

ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ

22 ފެބުރުއަރީ 2022
ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް