Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ވަގުތީ ގެ

މުރައިދޫގެ މަރާމާތުކޮށް ނިމި ރައީސް ނަޝީދު ހުންނެވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި

ރެހެންދި އެޕާރޓްމެންޓްގެ މަސައްކަތް ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަށް ނިމޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 ނޮވެމްބަރު 2021 | އާދީއްތަ 08:58
މ.މުރައިދޫގެ / ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރުއުޅުއްވުމަށް ހަމަޖައްސާފައިވާ ވަގުތީ ގެ

މ.މުރައިދޫގެ / ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރުއުޅުއްވުމަށް ހަމަޖައްސާފައިވާ ވަގުތީ ގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަގުތީ ގޮތުން ހުންނެވުމަށް ތައްޔާރު ކުރެއްވި މ.މުރައިދޫގޭގެ މަސައްކަތް ނިމި، އެމަނިކުފާނު ހުންނެވުމަށް އެންމެ ފަހުގެ ތައްޔާރީތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހާ ހަވާލުކޮށްފިއެވެ.

ރަސްމީކޮށް މަޖިލީހާ އެގެ ހަވާލު ނުކުރާ ކަމަށް މަޖިލީހުން ބުނި ނަމަވެސް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ރާއްޖެ އެމްވީއަށް ވިދާޅުވީ، މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ނިންމައި، ރައްޔިތުންގެ މަޖިލީހާ ހަވާލު ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހާއެކު ބައްދަލުވުންތަކެއް ބޭއްވި، އެންމެ ފަހުގެ ތައްޔާރީތައް ކުރުމަށްޓަކައި މަޖިލީހުގެ މުވައްޒަފުން މިހާރު ވަދެ އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރަސްމީ ލިޔެކިޔުންތައް ވީހާވެސް އަވަހަކަށް ހަވާލުކުރުުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އޮކްޓޫބަރ މަހުގެ 11 ވަނަ ދުވަހުއެވެ. މުރައިދޫ ގޭގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ، އެމަނިކުފާނު ހުންނެވީ ހޮޓެލް ޖެންގައެވެ.

އުއްތަމަފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސާފައިވާ ރެހެންދި އެޕާރޓްމެންޓްގެ މަސައްކަތް ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަށް ނިންމާލުމަށް މަސައްކަތް ކުރާކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށް ރަސްމީ ގޭގެ ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. މިހާތަނަށް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަފުޅު ގޭގައެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދާއިމީ ރަސްމީ ގެ އިމާރާތްކުރުމަށް ނިންމައި، އެ މަސައްކަތް ވެސް ޕްލޭނިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މުރައިދޫގެ އެންމެ ފަހުން ބޭނުން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ ދޮށީ ދެބޭފުޅުން ދިރިއުޅުއްވުމަށެވެ. ރެހެންދި ފްލެޓުން އުއްތަމަ ފަނޑިޔާރަށް ހަމަޖައްސާ އެޕާޓްމަންޓަކީ ޔާމީންގެ ވެރިކަމުގައި އޭރުގެ ނާއިބުރައީސް އަބްދުﷲ ޖިހާދުގެ ރަސްމީ ގޭގެ ގޮތުގައި ބޭނުން ކުރެއްވި ފްލެޓެވެ.

ރައީސް މުހައްމަދު ނަޝީދު / ޓްވިޓަރރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާ

އިތުރަށް ކިޔާލަން

06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
21 ޑިސެމްބަރު 2023

މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް

21 ޑިސެމްބަރު 2023
މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް
29 އޮކްޓޯބަރު 2023

މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި

29 އޮކްޓޯބަރު 2023
މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި
02 ޖޫން 2023

މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު

02 ޖޫން 2023
މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު
05 އެޕްރީލު 2023

ބޮމުގެ ހަމަލާގެ މައްސަލައިގައި ފެއިލްވިކަމަށް ގަބޫލެއް ނުކުރަން - މާރިޔާ

05 އެޕްރީލު 2023
ބޮމުގެ ހަމަލާގެ މައްސަލައިގައި ފެއިލްވިކަމަށް ގަބޫލެއް ނުކުރަން - މާރިޔާ
09 ޖެނުއަރީ 2023

ކޯލިޝަން އަކީ އެމްޑީޕީއަށް ވެވޭ ބޭއިންސާފެއް، އެތައް ބަޔަކު ބާކީވޭ: ރައީސް ނަޝީދު

09 ޖެނުއަރީ 2023
ކޯލިޝަން އަކީ އެމްޑީޕީއަށް ވެވޭ ބޭއިންސާފެއް، އެތައް ބަޔަކު ބާކީވޭ: ރައީސް ނަޝީދު
15 އޯގަސްޓު 2022

ވީޑިއޯ ކުރުމަށް ފަހު ބަޔަކު ރާވައިގެން، ރަހީނުކޮށް ފައިސާ ހޯދާފައިވޭ: ރައީސް ނަޝީދު

15 އޯގަސްޓު 2022
ވީޑިއޯ ކުރުމަށް ފަހު ބަޔަކު ރާވައިގެން، ރަހީނުކޮށް ފައިސާ ހޯދާފައިވޭ: ރައީސް ނަޝީދު
03 ޖޫން 2022

މެއި 6ގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތަވާލު ކޮށްފި

03 ޖޫން 2022
މެއި 6ގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތަވާލު ކޮށްފި
30 މެއި 2022

ތުހުމަތު ކުރެވޭ މީހުން ނުގެނެވިގެން ޝަރީއަތް ކެންސަލް ކުރުމުގެ ކަންބޮޑުވުން ރައީސް ނަޝީދުގެ ފަރާތުން ފާޅުކޮށްފި

30 މެއި 2022
ތުހުމަތު ކުރެވޭ މީހުން ނުގެނެވިގެން ޝަރީއަތް ކެންސަލް ކުރުމުގެ ކަންބޮޑުވުން ރައީސް ނަޝީދުގެ ފަރާތުން ފާޅުކޮށްފި
29 މެއި 2022

ހަމަލާގެ ޝަރީޢަތްތައް އޮބްޒަރވް ކުރުމުގެ ފުރުސަތު ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް ދީފި

29 މެއި 2022
ހަމަލާގެ ޝަރީޢަތްތައް އޮބްޒަރވް ކުރުމުގެ ފުރުސަތު ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު