Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގުރުއާނުގެ އިލްމީ ދިރާސާ

ރައީސް ވިދާޅުވި ފަދައިން ގުރުއާނުގެ އިލްމީ ދިރާސާތައް ހެދުމަށް އިސްކަންދޭން ޖެހޭ: އުސްތާޒު ސަލީމް

ކީރިތި ގުރުއާނުގެ އިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އިލްމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 08:47
ކީރިތި ޤުރުއާނުގެ ޢިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ ޢިލްމެއް ނަމަވެސް، އެ ޢިލްމުގެ ބޭނުން ހިފޭތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވި

ކީރިތި ޤުރުއާނުގެ ޢިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ ޢިލްމެއް ނަމަވެސް، އެ ޢިލްމުގެ ބޭނުން ހިފޭތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވި

ރައީސް ވިދާޅުވި ފަދައިން ޤުރުއާނުގެ އިލްމީ ދިރާސާތައް ހެދުމަށް އިސްކަންދޭން ޖެހޭކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ހިއުމަން ސެންސަސްގެ ޑީން އުސްތާޒު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނުގެ ޢިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ ޢިލްމެއް ނަމަވެސް، އެ ޢިލްމުގެ ބޭނުން ހިފޭތަން ނުފެންނަ ކަމަށާއި، ކީރިތި ޤުރުއާނުގެ ޢިލްމީ ދިރާސާތައް ކުރަންޖެހޭކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ހަފްލާގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ސިކުނޑިތައް މުއްސަނދި ވެގެންދާނީ ކީރިތި ޤުރުއާނުގެ ޢިލްމީ ދިރާސާތައް ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އުސްތާޒު ސަލީމް ވިދާޅުވީ، ޤުރުއާނުގެ އިލްމީ މުއުޖިޒާތްތަކާއި ބެހޭ ތަފްސީލީ ފޮތްތަކެއް ދިވެހި ބަހުން އެކުލަވާލެވިފައި ނެތް ކަމަށެވެ. އަދި ދިވެހި ބަހުގެ ތަފްސީރުވެސް ތަފްސީލީ ގޮތެއްގައި ނެތްކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، އެ މައުލޫމާތުތަކުގެ އަލީގައި މިޒަމާނުގައި ހެދިދާނެ ގިނަގުނަ އިލްމީ ދިރާސާތައް އެބަހުރި ކަމަށެވެ. އަދި އެކި ބަސްބަހުން އެފަދަ އިލްމީ ދިރާސާތައް އެކުލެވިފައި ހުރި ނަމަވެސް، ރާއްޖެއިން އެފަދަ ތަފްސީލީ ދިރާސާތަކެއް ހެދިފައި ނެތްކަން ފާހަގަ ކުރެއްވިއެވެ.

އުސްތާޒު ސަލީމް ވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުންވެސް އެކަމަށް އިސްކަން ދެއްވުން މުހިއްމުކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރިނަމަވެސް، އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ދައުރު ފުޅާވާން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މަރުކަޒުގެ ހަގީގީ ފައިދާ ލިބޭނީ ކީރިތި ޤުރުއާނުގެ ޢިލްމީ ދިރާސާތައް ކޮށްގެން ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން ދީނީ ޢިލްމު ރާއްޖޭގައި ފެތުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤުރުއާންރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

03 ފެބުރުއަރީ 2025
ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު