Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ޚިޔާނާތް

މަސްލަހަތު ފުށުއަރާތީ ޒިޔަތުގެ ދިފާއީ ވަކީލުކަން ކުރެއްވި ޔާމީނަށް، ކްރިކް ރިޒާގެ ދިފާއީ ވަކީލަކަށްވުމުގެ ފުރުސަތު ގެއްލިއްޖެ

މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 05:09
އަޙުމަދު ކްރިކް ރިޒާ (ވ)- މި މައްސަލައިގައި އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވޭ

އަޙުމަދު ކްރިކް ރިޒާ (ވ)- މި މައްސަލައިގައި އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވޭ

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު އޮތީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި، އެއަށް ރައްދު ދިނުމުގެ ބައެވެ. ނަމަވެސް ދައުލަތުން ވަނީ އޭގެ ކުރިން ކްރިކް ރިޒާގެ ވަކީލާއި ގުޅިގެން ހުށައަޅާފައިވާ އިއުތިރާޒަށް ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ.

އެކަމާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ވަކީލު އަހުމަދު ޔާމީނަށް ވަކާލާތު ކޮށްދެއްވިދާނެ ކަމާމެދު ދައުލަތުން އިއުތިރާޒު ކޮށްފައިވަނީ މި މައްސަލަތަކުގައި ދައުލަތުން ހެއްކެއްގެ ގޮތުގައިވެސް އޭނާ ހުށައަޅާފައިވާތީއާއި، އޭނާއަކީ އަބްދުﷲ ޒިޔަތުގެ މައްސަލައިގައިވެސް ދިފާއީ ގޮތުން ވަކާލާތު ކުރައްވާފައިވާ ވަކީލެއް ކަމަށް ވުމުން ކަމަށެވެ. މިއީ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" އުފެދޭނެ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

ފަންނުގެ ގާނޫނަށް ރިއާޔަތް ކުރައްވައި ގާޒީ ޝަކީލުވެސް ވަނީ މިއީ މަސްލަހަތު ފުށުއަރާނެ ކަމެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ވަކީލު ޔާމީނު މައްސަލައިން އެކަހެރިވެވަޑައިގަތުމަށް އަންގަވައި ގާޒީ ވަނީ ޝަރީއަތުގެ އަޑުއެހުމުން އޭނާ ބޭރު ކުރައްވާފައެވެ.

ކްރިކް ރިޒާގެ ދެވަނަ ވަކީލު އިސްމާއީލް ވިޝާމް ވަނީ ގާޒީގެ ނިންމެވުން ލިއުމުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި ވަކީލު ޔާމީން ޝަރީއަތުން ބޭރުވުމުން، އަޑުއެހުމަށް ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާކަން ވަކީލު ވިޝާމް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ގާޒީ ޝަކީލު ވިދާޅުވީ، ވަކީލު ޔާމީނާއި ގުޅޭގޮތުން ދައުލަތުން ހުށައެޅި ހުށައެޅުމަށް ގޮތެއް ނިންމުން މި އަޑުއެހުމުގައި އޮންނާނެކަން ދިފާއަށްވެސް އެނގޭނެ ކަމަށާއި، މިހާރުވެސް މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ގިނަ އަޑުއެހުންތަކެއް ތާވަލުކޮށް ކެންސަލްވެފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ވަކީލު ވިދާޅުވީ، ކޯޓަށް ހާޒިރު ކުރުމުގެ ކުރިންވެސް ޝަރީއަތުން ވަކި ގޮތެއް ނިންމާފައިނުވާތީ އަޑުއެހުމަށް ވަދެވޭނެ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި ވަކީލު ޔާމީނަކީ މި މައްސަލައިގެ "ޕްރައިމް" ވަކީލުކަން ފާހަގަ ކުރައްވައި ވިޝާމް ވިދާޅުވީ، މުޅި މައްސަލައިގެ ދިފާއު ބިނާ ކުރުމާއި، މައްސަލަ ތައްޔާރު ކުރުމުގެ އެންމެ އިސްކޮށް އުޅުއްވީ ވަކީލު ޔާމީންކަމަށް ވުމުން، އިތުރު ވަކީލަކާއެކު ކުރިއަށް ދިއުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމުގައެވެ. ގާޒީ ޝަކީލު ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފުރުސަތު ދެއްވުމަށް ނިންމަވާފައެވެ.

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ކްރިކް ރިޒާގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އިތުރު ދެ ކުންފުންޏެއްގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ. އެއީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ފުއްގިރިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު