Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުލަ ބޮޑީބޯޑިން ޗެލެންޖް

މުލަ ބޮޑީބޯޑިން ޗެލެންޖުގެ ޗެމްޕިއަންކަން ރީޝަނަށް

މުބާރާތުގައި 28 ބޮޑީބޯޑަރުން ވަނީ ވާދަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 00:35
"މުލަ ބޮޑީބޯޑިން ޗެލެންޖުގެ އެއްވަނަ ހޯދި ރީޝަން

"މުލަ ބޮޑީބޯޑިން ޗެލެންޖުގެ އެއްވަނަ ހޯދި ރީޝަން

މުލަ މޯލްޑިވްސް އާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ގުޅިގެން ބޭއްވި "މުލަ ބޮޑީބޯޑިން ޗެލެންޖް 2021" ގެ ޗެމްޕިއަންކަން މުޙައްމަދު ރީޝަން ރަޝީދު ހޯދައިފިއެވެ.

މި މުބާރާތަކީ މުލަ މޯލްޑިވްސްގެ ބްރޭންޑް އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގައި އޯޕަން ކެޓެގަރީ އެކަނި ކުރިއަށްދިޔައިރު، މި މުބާރާތުގައި 28 ބޮޑީބޯޑަރުން ވަނީ ވާދަކޮށްފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބޮޑީބޯޑިންގައި ކުރިއަރަމުން އަންނަ ރީޝަން ރަޝީދެވެ. އޭނާއަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ދެވަނައަށް ދިޔަ އިނާޝް ނައީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ތިންވަނައަށް ދިޔަ އާމިން އުމަރު މޫސާއަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި މި މުބާރާތުގެ ހަތަރުވަނައަށް ދިޔަ އަލީ ޖާވިދު (ޖާއްޓޭ) އަށް ވަނީ 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ އުއްމީދީ ބޮޑީބޯޑަރަކަށް ހޮވުނީ އިޔާން އަޙްމަދެވެ. އޭނާ ވަނީ މުލަ މޯލްޑިވްސްގެ އެމްބެސެޑަރަކަށް ހަމަޖައްސާފައެވެ.

މި މުބާރާތް ނިމުމުގެ ރަސްމިއްޔާތާއި މުލަ މޯލްޑިވްސް ބްރޭންޑް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު ބޭއްވިއިރު، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި މުބާރާތް ނިމުމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މުބާރާތުން ވަނަވަނައަށް ހޮވުނު ބޮޑީބޯޑަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

18 މާރިޗު 2025
ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން

ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން

11 ޖޫން 2024
ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް

ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް

23 ޑިސެމްބަރު 2023
ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް

ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް

10 އޯގަސްޓު 2023
ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު

ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު

10 އޯގަސްޓު 2023

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު