Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
ދިވެހި ގައުމީ ގުރާ

ހޮޅުދޫ އަބްދުﷲ ހަސަން

ދިވެހި އުދަރެހުން ގެއްލިގެން އެދިޔައީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނޭ ތަރިއެެއް

ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2021 | ހުކުރު 12:57
ހޮޅުދޫ އަބްދުﷲ ހަސަން

ހޮޅުދޫ އަބްދުﷲ ހަސަން

އެބޭފުޅެއްގެ އަޑުގެ ޖާދޫގައި މުޅި ގައުމު އެންމެ ގިނަ ދުވަހު ޖެހިފައިވި ރަންއަޑުގެ ވެރިޔަކީ ކާކުތޯ ސުވާލުކުރެވިއްޖެނަމަ ދެވަނަ ވިސްނުމަކަށްވެސް ނުގޮސް އަޅުގަޑުގެ ޖަވާބަކަށްވާނީ އެއީ ހޮޅުދޫ އަބްދުﷲ ކަމުގައެވެ. ތިޔަ ހީފުޅު ކުރެއްވުނީ ރަނގަޅަށެވެ. ނ.ހޮޅުދޫއަށް އުފަން އަބްދުﷲ ހަސަނެވެ. ޚާއްސަކޮށް ގައުމީ ލަވަޔާއި މަދަހަ ވިދާޅުވުމުގައި ހޮޅުދޫ އަބްދުﷲ އާއި ކައިރިކޮށްލެވޭ ވަރުގެ އެހެން ފަންނާނެއް ދެއްކޭކަށެއްވެސް ނެތެވެ. ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދައުރުން ފެށިގެން ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ބަޔާ ހަމަޔަށް ދިވެހި ފަޒާގައި އެންމެ ނަލަ އެންމެ ފުރިހަމަ އަޑަކީ ހޮޅުދޫ އަބްދުﷲ ގެ އަޑެވެ. ގައުމީ ދުވަސްދުވަހާއި ދީނީ އިހުތިފާލުތައް ފާހަގަ ކުރެވޭ ދުވަސް ދުވަހު ރޭޑިއޯތަކުންނާއި ޓީވީތަކުން އެންމެ ގިނައިން އިވޭނީ އޭނާގެ ހިތްގައިމު އަޑެވެ. މުޅި ގައުމު އޮތީ އެ އަޑުގެ ޖާދޫގައި ޖެހިފައެވެ.

ގައުމަށް އައި މިނިވަން ނޫރާނީ، ދައުރުން މިހަނދާންތައް އާކުރަނީ، މިލަވަޔާއި ވަތަން އެދޭގޮތަށް ދަމާހެ ހެޔޮހިތުން މިޖާނު ދޭން، މިލަވަޔާއި މިހެން ގޮސް ގައުމީ ޖޯޝު އުފައްދައިދޭ އެބާވަތުގެ ހުރިހާ ލަވައެއްގައި ވެސް ފުރާނަ އެޅިގެން ދިޔައީ ހޮޅުދޫ އަބްދުﷲ ގެ ހިތްގައިމު އަޑުންނެވެ. ލިސްޓު ދިގުކުރަން ލަވަލަވައިގެ ނަން ގެނައުމުގެ ބޭނުމެއް ނެތެވެ. ގައުމީ ލަވަޔަކަށް ވިޔަސް މަދަހަޔަކަށް ވިޔަސް މީހެއްގެ ހިތުގެ ކެކުޅުމަކަށް ވިޔަސް އެޔަށް ދިރުން އަންނަނީ ހޮޅުދޫ އަބްދުﷲ ގެ އަޑާއި އެކުވުމުންނެވެ. އޭނާއަށް ގައުމީ ގުރާގެ ނަން ދެވުނީ އެހެންވެގެންނެވެ. ގައުމިއްޔަތުގެ އަސަރު ގެނެވެނީ އެއަޑުން ކަމަށް ވުމުންނެވެ. ގާތްގަޑަކަށް ފަންސާސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ތިންހާހާއި ގާތްކުރާ އަދަދަކަށް އޭނާގެ ލަވަތައް ރިކޯޑު ކުރެވިފައިވެއެވެ. ގިނައީ މަދަހަޔާއި ގައުމީ ލަވައެވެ. އެ ގިންތީގެ އަރުޝީފެއް ހާވައިފިއްޔާ މުޅިން ކަހަލަ ގޮތަކަށް ފެންނާނީ އަބްދުﷲ ގެ މަސައްކަތެވެ. މިދެންނެވި ގައުމީ ޚިދުމަތްތެރިޔާ، މިދެންނެވި މަޝްހޫރު ފަންނާނު މިއަދު ދިވެހީންނާ ވަކިވެގެން އެ ދަތުރު ކުރެއްވީ ދެމިއޮތުމުގެ އާލަމަށެވެ. މާތް ﷲ އެ މަރުހޫމުގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށިއެވެ.

އަބްދުﷲ ހަސަން ދުނިޔެ ދޫކުރެއްވީ ގާތްގަޑަކަށް ފަނަރަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ. އޭނާގެ އައު މަދަހައެއް، ގައުމީ ލަވައެއްވެސް ނީވޭތާ ވަރަށް ގިނަ ދުވަސްތަކެެއް ވުމަށް ފަހުގައެވެ. އަވަހާރަވީ އުމުރުފުޅުން 90އާ ގާތްވެފައި ވަނިކޮށެވެ. އަބްދުﷲ ހަސަނަށް ތިން ކައިވެނިފުޅަކުން ފަސް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އަބްދުﷲ ހަސަނުގެ ފުރިހަމަ ޚިދުމަތާއި ފަންނުވެރިކަމަށް ހުރިހާ ދިވެހީންވެސް އިއުތިރާފުވެއެވެ. ދިވެހި ސަރުކާރުވެސް ހިމެނޭ ގޮތުންނެވެ. ރައީސް މައުމޫނުގެ ދައުރުގެ ކުރީކޮޅު އާއްމު ޚިދުމަތުގެ ގައުމީ އިނާމު ތައާރަފު ކުރެވުމާއެކު ލަވަކިޔުމާއި މުނިއަވަސް ފިލުވުމުގެ ދާއިރާއިން އެންމެ ފުރަތަމަވެސް ގައުމީ އިނާމު އެރުވުނު ފަންނާނަކީ އަބްދުﷲ ހަސަނެވެ. ސަރުކާރުން އޭނާއަށް މި އިނާމު ދެއްވީ 1980 ވަނަ އަހަރުގައެވެ.

ސިޔާސީ ކެމްޕޭނަކަސް، ގައުމީ ކެމްޕޭނަކަސް މީހުން ބަލައިގަންނަ މަގްބޫލު އެއްޗަކަށް ވަނީ ފަންނާނުންގެ ބައިވެރިވުން އޮވެގެންނެވެ. މިއީ މިހާރުވެސް ދެމިގެން އަންނަ އާދައެކެވެ. ސަގާފަތެކެވެ. މިކަމުގެ ބާނީއަކީ ހޮޅުދޫ އަބްދުﷲ އޭ ބުނުން ދޮގަކަށް ނުވާނެއެވެ. ދިވެހިރާއްޖޭގެ އެންމެންނަކީ ލިޔާން ކިޔާން އެނގޭ ބަޔަކަށް ހެއްދެވުމަށްޓަކައި ރައީސް މައުމޫނުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ފެއްޓެވި ގައުމީ ބޮޑު މަޝްރޫއު ކަމަށްވާ އަސާސީ ތައުލީމުގެ މަޝްރޫއު ކާމިޔާބު ކުރެއްވުމަށް ސަރުކާރުން ބޭނުންކުރެއްވި އެންމެ އިސް ވަސީލަތަކީ އަބްދުﷲ ހަސަނުގެ ބައިވެރިވުމެވެ. އޭނާގެ ރަން އަޑެވެ. ތައުލީމަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ނޫން ކަމަށް އާންމުންނަށް އޭރު ހީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ތައުލީމަށް ލޯބި ޖެއްސުމަށް ބޭނުން ކުރެވުނީ އޭނާގެ ހިތްގައިމު އަޑެވެ. "ވަޑައިގަންނަވާށޭ، ކުލާހަށް އަސާސީ، ފިލާވަޅު ކިޔައިދެއްވުމަށް އަންގަވާ" މި ލަވަޔާއި އެ އަޑުގެ ވެރިޔާގެ މަތިން ދިވެހިން ދުވަހަކުވެސް ހަނދާން ނެތޭނެ ބާވައެވެ. ނުނެތޭނެއެވެ.

"ދަންނާށޭ ތާނަ މި ކިޔައިދޭ އަކުރު" މި ލަވަ އަޑު އިވުމުން ތައުލީމުގެ މުހިއްމުކަމާއި ލިޔާން ކިޔާން އެނގުމުގެ މުހިއްމުކަން އިހުސާސް ނުކުރެވޭ ދިވެއްސަކު އޭރު ނުހުންނާނެއެވެ. މިއީ ކިތަންމެ ގިނައިން އިވުނަސް ފޫހިވުމެއް ނެތް ލަވަލަވައެވެ. ދުވާލަކު އެއްފަހަރު ދެފަހަރު އަޑު އަހާ ނުލައި ފަރުޖެއްސޭ ވަރަށްވުރެ ދިވެހީންގެ ނާރުތަކާއި ގުޅިފައިވި ލަވަލަވައެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަސާސީ ތައުލީމުގެ މަޝްރޫއު ކާމިޔާބު ކުރެވި ރާއްޖޭގެ މުޅި އާބާދީގެ 90 އިންސައްތަޔަށްވުރެ މަތީގެ މީހުންނަކީ ލިޔާން ކިޔާން އެނގޭ ބަޔަކަށްވެ މުޅި ދެކުނު އޭޝިޔާގެ ރިކޯޑު ދިވެހިރާއްޖެއަށް ހޯދާދިނުމުގައި އަބްދުﷲ ހަސަނުގެ ދައުރު ފާހަގަކުރަން ޖެހޭނެއެވެ. އެއީ ގައުމީ ކަމެކެވެ. އެޒިކުރާ އައުކޮށް އެވާހަކަ ދެއްކުމަކީވެސް ގައުމީ ކަމެކެވެ.

އަބްދުﷲ ހަސަނު ލަވަޔާއި މަދަހަ ވިދާޅުވާން ފެއްޓެވީ އުމުރުފުޚުން ގާތްގަޑަކަށް 15 އަހަރުގައެވެ. ރަން އަޑުގެ ވެރިޔަކަށް ވުމާއެކު އޭނާއަކީ އެޒަމާނުގައި މާލޫދު ކިޔުއްވަން ވެސް ވަރަށް މަޝްހޫރުވި ބޭފުޅެކެވެ. މާލޫދު ކިޔުމަކީ ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނިގެން ވަރަށް ފަހަކާ ހަމަޔަށްވެސް ދެމިގެން އައި ފަންނެކެވެ. މިހާރު އޮތީ ހުއްޓިފައެވެ. "އަސުރު ދިޔައީ ގެއްލިގެން" މިލަވަ ވަރަށް ގިނަ ދިވެހިން ދަންނާނެއެވެ. އެއީވެސް އަބްދުﷲ ގެ ރަން އަޑުން ޖަރީ ކުރެވިފައިވާ ވަރަށްވެސް އަސަރުގަދަ ލަވައެކެވެ. އަންހެނެއްގެ ހިތުގެ ރިހުން ވަރަށް ފުރިހަމަކޮށް ގަތައިލެވިފައިވާ ޅެމެކެވެ. މަރުހޫމާ މަރިޔަމް ސައީދު އަމިއްލަ އަށް ހެއްދެވި އެކަމަނާގެ ވަރަށް އަމިއްލަފުޅު އިހުސާސްތަކެއް ހިމެނޭ ލަވައެކެވެ. މިހުރިހާ ކަންކަން މިގޮތަށް ހުރުމާއެކު ދިވެހި އުޑުން ގެއްލިގެން އެދިޔައީ ދުވަހަކުވެސް ހަނދާން ނުނެތޭނޭ ތަރިއެކެވެ. ދިރިތިބީންނަށް އޮތީ އެ ޒިކުރާ އާކުރުމެވެ.

ހޮޅުދޫ އަބްދު ﷲ ހަސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އަބްދުﷲ އަފީފު

ޑރ އަބްދުﷲ އަފީފު

21 އޮކްޓޯބަރު 2021
އަބްދުއްރަޝީދު ހުސައިން

އަބްދުއްރަޝީދު ހުސައިން

23 ސެޕްޓެމްބަރު 2021
އަތަމާ އަބްދުއްލަތީފު

އަތަމާ އަބްދުއްލަތީފު

25 އޯގަސްޓު 2021
އަބްދުﷲ ސާދިގު (ސޯދުބެ)

އަބްދުﷲ ސާދިގު (ސޯދުބެ)

12 އޯގަސްޓު 2021

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު