Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ދިވެހި ހައްޖުވެރިންގެ އެހީތެރިޔާ

އަތަމާ އަބްދުއްލަތީފު

އެއްދުވަސްވަރެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއަރގެ ވިޔަފާރި ހިންގެވީ އަބްދުއްލަތީފު

ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 16:08
އަތަމާ އަބްދުއްލަތީފު

އަތަމާ އަބްދުއްލަތީފު

އަތަމާ އަބްދުއްލަތީފޭ ބުނީމާ އެއީ ކޮން ބޭފުޅެއްކަން ވަރަށް ގިނަ ދިވެހީންނަށް އެނގޭނެއެވެ. އެއީ އެންމެ ގިނަ ދިވެހި ހައްޖުވެރީންގެ އެހީތެރިޔާއެވެ. އެއްދުވަސްވަރެއްގައި ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއަރގެ ވިޔަފާރި ހިންގެވި ވިޔަފާރިވެރިޔާއެވެ. މ.މެޑޯޒް އަބްދުއްލަތީފު ހުސައިން މަނިކެވެ. މިހާރު އުމުރުފުޅުން 91 އަހަރުވީ އަބްދުއްލަތީފަކީ ފަސޭހަކޮށް ހައްޖު ދަތުރު ކުރެވޭނޭ ރާސްތާ ދިވެހިންނަށް ފަހިކޮށްދެއްވައި އެންމެ ގިނަ ދުވަހު އެކަމުގައި އުޅުއްވައި އެންމެ ގިނަ ތަޖުރިބާ ހޯއްދަވާފައިވާ ޚިދުމަތްތެރިޔާއެވެ.

ދިއްފުށީ ހުސައިން ހަނދޭގިރި ތަކުރުފާނުގެ މާކޮށާރު އަލިމަނިކުގެ މާކޮށާރު އިބްރާހިމް މަނިކުގެ މާކޮށާރު އައިސާމަނިކެގެ ހުސައިން މަނިކުގެ ފިރިހެން ބޭފުޅުންނަކީ ދިވެހިރާއްޖޭގައި ވަރަށް ޚިދުމަތްތެރި ވަރަށްވެސް މަޝްހޫރު ބޭފުޅުންނެވެ. އަތަމާ އަބްދުއްލަތީފަކީ މިދެންނެވި ހުސައިން މަނިކުގެ އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ. އަބްދުއްލަތީފަށްވުރެ ދޮށްޓަށް ތިއްބެވި އަބްދުލްހަކީމް ހުސައިން މަނިކާއި ފިޔާތޮށި އަހުމަދު މަނިކަކީ ވެސް ވަރަށް ޚިދުމަތްތެެރި ވަރަށް މަޝްހޫރު ބޭފުޅުންނެވެ. މި ތިން ބެއިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވި ބޭފުޅަކީ އަބްދުއްލަތީފެވެ.

އަބްދުއްލަތީފަކީ ހިސާބު އިލްމުގެ ދާއިރާއިން ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެއްކަން މިޒަމާނުގެ ގިނަ ދިވެހީންނަށް އެނގިފައި ނޯވެދާނެއެވެ. އަބްދުއްލަތީފަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ މެތެމެޓިޝަން އަދި އެ އިލްމުގެ އެންމެ ބޮޑު އެދުރުކަމަށް އެންމެންވެސް އިއްތިފާގުވާ ހިމިތީ އިސްމާއީލް ކަލޭގެފާނުގެ ތުއްތު ނުވަތަ ތުއްތު ސާހިބުގެ އިސް ދަރިވަރެކެވެ. އެ އިލްމަށް ވަރަށް ކުޅަދާނަ ދަރިވަރެކެވެ. މަޖީދިއްޔާ ސްކޫލުގައި ހިސާބު ކިޔަވައިދެއްވުމުގައިވެސް އަބްދުއްލަތީފު ވަނީ އަހަރުތަކެއް ހޭދަކުރައްވައިފައެވެ. ވުޒާރަތުލް މައާރިފުން މުސާރަ ދެއްވާ މުދައްރިސެއްގެ ގޮތުގައެވެ. އެދުވަސްވަރު އިސާބު އިލްމަށް އެންމެ މޮޅީ ކޮންބައެއްހޭ އަހައިފިއްޔާ ފިހާރަ ދޮންތުއްތުގެ ނަމާއެކު އެކެއް ނުވަތަ ދޭއްގެ ތެރޭގައި އަބްދުއްލަތީފުގެ ނަންފުޅުވެސް އާދެއެވެ.

ވުޒާރަތުއް ތިޖާރާގެ ފަރާތުން މާލޭގައި ހިންގެވި މަޝްހޫރު ގައުމީ ހޮޓަލުގެ މެނޭޖަރުކަންވެސް އަބްދުއްލަތީފު ވަނީ ކުރައްވައިފައެވެ. އަމިއްލަފުޅު ވިޔަފާރިއެއް ފެއްޓެވުމުގެ ވިސްނުންފުޅު އުފަންވެގެން އައީ އެދުވަސްވަރު ކަމަށް ވެދާނެއެވެ. ކޮންމެއަކަސް ގައުމީ ހޮޓަލުގެ ފުޅާކަމާއި ޚިދުމަތް ލިބިގަންނަ މީހުންގެ ގިނަކަމާއި ހިސާބުކިތާބު ބެލެހެއްޓުމުގެ ބުރަކަން ބޮޑުވުމަކީ ސަރުކާރުން އަބްދުއްލަތީފަށް އެ ހޮޓަލުގެ މެނޭޖަރުކަން ދެއްވުމުގެ ސަބަބުތަކެވެ. އެކައުންޓެންޓުކަމާއި އޮޑިޓަރުކަމާއި މެނޭޖަރުކަމާއި މާކެޓިން އެގްޒެކަޓިވް ކަމާއި މިހުރިހާ ކަމެއް އެއްފަހަރާ ކުރެއްވޭނެ ހުނަރާއި އިލްމު ހުރި ޒުވާނަކީ އަބްދުއްލަތީފު ކަމަށް ފެނިގެންނެވެ.

އަމިއްލަފުޅު ވިޔަފާރިއެއް ފެއްޓެވުމުގައި އެއްބަނޑުއެއްބަފައި ބޭބެ އަބްދުލްހަކީމް ހުސައިން މަނިކުގެ އެހީތެރިކަންވެސް އަބްދުއްލަތީފު ހޯއްދެވިއެވެ. އެދުވަސްވަރު އަބްދުލްހަކީމު ހުސައިން މަނިކަކީ ކޮޅުނބުން ރާއްޖެއަށް މުދާ ގެންނަވައިގެން ވަރަށް ފުޅާކޮށް ވިޔަފާރި ކުރެއްވި ބޭފުޅެކެވެ. އަބްދުއްލަތީފުވެސް އެންމެ ފުރަތަމަ ވިޔަފާރި ބައްޓަން ކުރެއްވީ އެޒާތަކަށެވެ. ބޭރުން މުދާ ގެންނަވައިގެން ވިއްކެވުމާއި ނީލަންމުދަލުގެ މުއާމަލާތު ހިންގެވުންފަދަ ކަންކަމަށް އިސްކަން ދެއްވިއެވެ. މި ވިޔަފާރި ކުރިއަރައި ފުޅާވުމުން ތަންކޮޅެއްފަހުން މައިގަޑު ގޮތެއްގައި އިސްކަންދެއްވީ ހާޑްވެއަރގެ ވިޔަފާރިއަށެވެ. އަތަމާގެ ނަމުގައި އަބްދުއްލަތީފު ހިންގެވި ވިޔަފާރިއަކީ 90ގެ އަހަރުތަކުގައި ރާއްޖޭގެ އެއްނަމްބަރު ހާޑްވެއަރ ވިޔަފާރިއެވެ.

މިދެންނެވި ވިޔަފާރީގެ ތެރެއަށް ފަހުން އިތުރުވެ ފުޅާވެގެންދިޔަ ބަޔަކީ ހައްޖު ޓޫރިޒަމްގެ ބައެވެ. ޓްރަވެލް އޭޖެންޓް ކަމެވެ. މިކަން އެންމެ ފުރަތަމަ އަބްދުއްލަތީފު ފެއްޓެވީ އިބްރާހިމް ނާސިރުގެ ދައުރު ނިމި ރައީސް މައުމޫނުގެ ދައުރު ފެށިގެން އައި ދުވަސްވަރުގައެވެ. އެންމެ ފުރަތަމަ ދިއްދޫ އިބްރާހިމް ކަލޭފާނާއި ސަރަނގު މުހައްމަދު ކަލޭފާނު ފަދަ ވިޔަފާރިވެރިންނާއި ގުޅިވަޑައިގެންނެވެ. އޭގެފަހުން އަތަމާ ޖަމާއަތުގެ ނަމުގައި މުޅިން އަމިއްލަފުޅަށެވެ. އަތަމާ ޖަމާއަތުގެ ހަވާލުގައި ގާތްގަޑަކަށް ވިއްސަކަށް އަހަރުގެ މުއްދަތެއްގެ ތެރޭގައި ސާޅީސްހާހާއި ގާތްކުރާ އަދަދެއްގެ ދިވެހިން ވަނީ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގެ ރިކޯޑެކެވެ. ކޮންމެ ހައްޖު ދަތުރަކަށްފަހު އެ ދަތުރުގައި ބައިވެރިވި ދިވެހި ހައްޖާޖީންގެ ފޮޓޯތައް ހިމެނޭ އަލްބަމެއް ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒަށް އަބްދުއްލަތީފު ގެންދެވީ ހަދިޔާ ކުރައްވަމުންނެވެ.

ހައްޖު ދަތުރަކާ ދޭތެރޭ ދިވެއްސަކު ވިސްނާނަމަ ވަރަށް ފަހަކާ ހަމަޔަށްވެސް އެންމެ ފުރަތަމަ ސިކުނޑިއަށް ގެނެވޭނީ އަތަމާ ޖަމާއަތެވެ. އަބްދުއްލަތީފުގެ ޖަމާއަތެވެ. ޖީބަށް އެންމެ ލުއިކޮށް އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތް ފެންނާނީ އަތަމާ ޖަމާއަތުގެ ތެރެއިންނެވެ. ސައޫދީ އަރަބިޔާގައިވެސް އަތަމާ ޖަމާއަތާއި އަބްދުއްލަތީފު ވަރަށް މަޝްހޫރެވެ. ސައޫދީ ބައެއް އޮފިޝަލުން ވެސް އެދުވަސްވަރު އަބްދުއްލަތީފު ބަލައިގަންނަނީ ދިވެހި ހައްޖުވެރީންގެ އަމީރުގެ ގޮތުގައެވެ. އަޅުގަޑުވެސް 2007 ވަނަ އަހަރު އަތަމާ ޖަމާއަތުގައި ބައިވެރިވެގެން ހައްޖުގެ އަޅުކަން ފުރިހަމަކުރާންގޮސް އަރަފާތުގައި ހުއްޓައި މާލްދީފީންގެ އަމީރާ ބައްދަލުވާން އައި ބޭރުބަޔަކާ ދިމާވިއެވެ. އެމީހުން އެބުނާ އަމީރަކީ އަބްދުއްލަތީފެވެ.

އަތަމާ އަބްދުއްލަތީފުގެ ވިޔަފާރި އެންމެ ފުޅާވެފައި އޮތް ޒަމާނުގައި އޭނާ ވަނީ މާލެއާއި އަތޮޅުތެރޭގައިވެސް ބައެއް މިސްކިތްތައް ބިނާކުރައްވައިފައެވެ. ނުވަތަ މިސްކިތްތައް ބިނާކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވައިފައެވެ. ފެލިދެއަތޮޅު ފެލިދޫގައި ޒަމާނީ މިސްކިތެއް ބިނާކުރެއްވިއެވެ. މާލޭގެ ހުޅަނގު ދެކުނު ބިތުގައި އެހެރަ ވިޔަފާރިވެރިންގެ މިސްކިތޭ ކިޔާ މިސްކިތް ބިނާކުރުމުގައި ވެސް އަތަމާ ގްރޫޕުން ވަރަށް އިސް ދައުރެއް އަދާކުރިއެވެ. އަބްދުއްލަތީފުގެ ގައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން އޭނާއަށް ޚިދުމަތުގެ އެވޯޑުވެސް އަރުވާފައިވެއެވެ.

އަބްދުއްލަތީފުގެ އާއިލީ ދިރިއުޅުއްވުމަށް ބަލާއިރު އޭނާ ކުރައްވާފައިވަނީ ޖުމްލަ ހަތަރު ކައިވެނިފުޅެވެ. މީގެ ތެރެއިން ދެ ކައިވެނިފުޅަކުން ޖުމްލަ 9 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ހަތަރު އަންހެން ބޭފުޅުންނާއި ފަސް ފިރިހެން ބޭފުޅުންނެވެ. ވަޅުގަނޑުވަރު ދޮންދީދީގެ ފުށުން ލިބިވަޑައިގެންނެވި ހުސައިން އަބްދުއްލަތީފު ފިޔަވައި އެހެން ހުރިހާ ބޭފުޅުންގެ މަންމަޔަކީ ވެލިދޫގޭ ފާތުމަތު މުހައްމަދުދީދީއެވެ.

އަތަމާ އަބްދުއްލަތީފު

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ

ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ

04 ސެޕްޓެމްބަރު 2024
ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު

ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު

26 ޖޫން 2024
ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

30 މެއި 2024
މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

14 މެއި 2024
ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

04 މެއި 2024

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު