Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
ދިވެހި އަދަބިއްޔާތުގެ މިތުރު

އަބްދުﷲ ސާދިގު (ސޯދުބެ)

މިޒަމާނުގެ ޖީލުތަކަށް ބަހުގެ އެންމެ ބޮޑު އެދުރަކީ ސޯދުބެ

ރާއްޖެ އެމްވީ | 12 އޯގަސްޓު 2021 | ބުރާސްފަތި 07:20
މުލީ އަބްދުﷲ ސާދިގު

މުލީ އަބްދުﷲ ސާދިގު

ކަމެއް ކުރާން ހިތުލައިގެން ކިތަންމެ ގިނަދުވަހު އެކަމެެއް ކުރިޔަސް ފަރިތަ ނުވެވޭ ކަންކަން ހުރެއެވެ. އެގޮތުން ބައިސިކަލް ދުއްވުމަކީ މުލީ އަބްދުﷲ ސާދިގަށް ދުވަހަކުވެސް ފަރިތަ ނުވެވުނު ކަމެކެވެ. އަހަރެންގެ ބައިސިކަލުގެ ނަމުގައި ސާދިގު ލިޔުއްވާފައިވާ ސަމާސާ އަދަބުގެ ކުރު ވާހަކަޔަކުން ވަރަށް ރީއްޗަށް އެކަން ހާމަވެގެންދެއެވެ.

ހުރިހާ ދިވެހިންގެ ތެރޭގައިވެސް ސޯދުބޭގެ ނަމުން މަޝްހޫރުވެފައިވާ އަބްދުﷲ ސާދިގު، ބައިސިކަލް ދުއްވުމަށް ފަރިތަ ނުވިޔަސް އެއްކަމަކަށް އޭނާއަށްވުރެ ފަރިތަ އެހެން ދިވެއްސަކު މި ގައުމުގައި ނުވެއެވެ. އެއީ ދިވެހި ބަހާއި އަދަބިއްޔާތެވެ. އެ ދާއިރާގައި ސޯދުބެއަށްވުރެ މަގުބޫލު އެހެން ބޭފުޅަކު ނެތެވެ. އެއީ ދާއިރާގެ އެންމެ ބޮޑު އުސްތާޒެވެ.

މުލަކަތޮޅު މުއްޔަށް އުފަން އަބްދުﷲ ސާދިގަށް މާލެ ވަޑައިގެންނެވުނީ އަތޮޅު ތެރެޔަށް ތައުލީމު ފެތުރުމާއި ޒުވާނުން ތަމްރީނު ކުރުމަށް މުހައްމަދު އަމީނުގެ ދައުރުގައި މާލޭގައި ގާއިމު ކުރެވުނު ދާރުލް އިގާމާއޭ ކިޔުނު ތަނަކުން ލިބިވަޑައިގެންނެވި ފުރުސަތެއްގައެވެ. ސޯދުބެއަކީ މުލަކަތޮޅުން ދާރުލް އިގާމާއަށް ގެނެވުނު ދެ ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. އަނެއް ދަރިވަރަކީ ސޯދުބެއަށްވުރެ ވެސް މަޝްހޫރުވެގެން ދިޔަ ބޭފުޅެކެވެ. އެއީ ވާރެޔާފުށީ އަލީ ހުސައިނެވެ. ގިނަ ބަޔަކަށް އެނގި ދަސްވެފައިވަނީ ނޮވެލްޓީ އަލީ ހުސައިނުގެ ނަމުންނެވެ.

މާލޭގައި ސޯދުބެ ބޮޑުފުޅުވަމުން ތަމްރީނުވަމުން އައީ ދިވެހި އަދަބިއްޔާތުގެ އެދުވަސްވަރުގެ އެންމެ ފުންނާބު އުސް އަދީބުންނާއި ޝާއިރުންގެ އިރުޝާދުގެ ތެރޭގައެވެ. އެއީ ދިވެހި އަދަބިއްޔާތުގެ ރަން ދައުރެވެ. އިބްރާހިމް ޝިހާބާއި މުހައްމަދު ޖަމީލުދީދީމެންގެ ދައުރެވެ. މިދެންނެވި ދައުރުގައި ސޯދުބެއަށް އާދަޔާ ޚިލާފު ޝައުގުވެރިކަމެއް ދެއްވުނީ ދިވެހި ބަހާއި އަދަބިއްޔާތަށެވެ. ވަރަށް ޅަ އުމުރުގައި ޅެން ފަރިހި ހައްދަވައި އުޅުއްވަން ފެއްޓެވިއެވެ. އެގޮތުން އުމުރުފުޅުން އެންމެ 8 އަހަރުގައިވެސް ފަރިތަކަމާއެކު އެކަން ކުރައްވަައެވެ.

މާލޭގައި މިދާއިރާއަށް ސޯދުބޭގެ ލޯފުޅު ހުޅުވިގެން ދިޔައީ ނުހަނު އަވަހަށެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީވެސް އެދާއިރާޔާއި ގުޅުންހުރި ތަނެއްގައެވެ. ސަރުކާރުގެ ޗާޕުޚާނާގައެވެ. ސޯދުބެގެ ފުރަތަމަ ވަޒީފާޔަކީ ކާތިބުކަމެވެ. ލިޔުމެވެ.

ސޯދުބޭގެ އަދަބީ ހަޔާތުގެ ބިންގަލަކީ މިދެންނެވި ޗާޕުޚާނާ އާއި އެތަނުގެ ވަޒީފާއެވެ. އެ ވަޒީފާ ފެއްޓެވީ 1952 ގައެވެ. ވަރަށް ގިނަ ދުވަހު އެތަނުގައި އުޅުއްވިއެވެ. ވާހަކަ ލިޔުއްވުމުގެ މަސައްކަތް ފެއްޓެވީ އެދުވަސްވަރުގައެވެ.

އެއަށްފަހު ދެން ސޯދުބޭގެ މިސްރާބު ބަދަލުވީ ތައުލީމީ ދާއިރާއަށެވެ. ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ ދާއިރާއަށެވެ. އެކިއެކި މަދުރަސާތަކާއި ކުލާސްތަކުގައި ވަރަށް ދިގު މުއްދަތަކަށް ދިވެހި ބަސް ކިޔަވައިދެއްވިއެވެ. އަމިއްލަފުޅު ގޭގައިވެސް އެކަން ކުރެއްވިއެވެ. އެކަން ސޯދުބޭ ކުރެެއްވި ދުވަސްވަރު އޭނާއަށްވުރެ ދަރިވަރުންގެ ތެރޭގައި މަގުބޫލު އެހެން ދިވެހި މުދައްރިސަކު ނޫޅުއްވައެވެ. ސޯދުބޭގެ މިމަސައްކަތުން އައު ޖީލެއް ބިނާކުރެއްވިއެވެ. ދިވެހިބަހަށް ލޯބިކުރާ އަދި ދިވެހި ބަހަށް ޚިދުމަތްކުރާ އެތައް ބަޔަކު މައިދާނަށް ނެރުއްވިއެވެ.

ރައީސް މައުމޫނުގެ ދައުރުގެ ކުރީކޮޅު އުފެއްދެވި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު ވެގެން ދިޔައީ ސޯދުބޭގެ އަދަބީ މަސައްކަތްތައް އައު އުސްމިނަކަށް އުފުލިގެން ދިޔުމާއި ފުޅާވުމަށް އެޅުނު ބާރަކަށެވެ. އެތަނެއްގައި ސޯދުބެ އެންމެ ގިނަ ދުވަހު ވަޒީފާ އަދާކުރެއްވި ތަނަކީވެސް މިދެންނެވި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒެވެ. ގާތްގަޑަކަށް ތިރީހަކަށް އަހަރު އެތަނުގައި މަސައްކަތް ކުރެއްވިއެވެ. ވަސީލަތް ނެތިގެން ކުރީގައި ނުކުރެވި ހުރި ދިރާސާ މަސައްކަތްތަކާއި އެނޫންވެސް ކިތަންމެ މަސައްކަތެއް އެ މަރުކަޒުގައި ހުންނަވައިގެން ފުރިހަމަކުރައްވަން ސޯދުބެއަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ.

ދިވެހި ނޫސްވެރިކަން އައުގޮތަކަށް ބައްޓަން ކުރެވުނު ދުވަސްވަރު އެކަމުގައިވެސް ސޯދުބެއަކީ މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ހަވީރު ނޫސް 1979 ގައި ވުޖޫދުވެގެން ނެރެން ފެށިއިރު އެނޫހުގެ ފުރަތަމަ އެޑިޓަރަކީވެސް ސޯދުބެއެވެ. އެކިދުވަސްވަރު އެކި ހައިސިއްޔަތުން ޚިދުމަތް ކުރައްވަމުން ގެންދެވިނަމަވެސް ހުއްޓާނުލައްވައި ކުރެއްވި މަސައްކަތެއް އޮތެވެ. އެއީ ވާހަކަ ލިޔުއްވުމާއި ޅެން ހެއްދެވުމެވެ. ސޯދުބޭ ލިޔުއްވައި ނެރުއްވާފައިވާ ބައެއް ވާހަކަތަކަކީ ދިވެހި އަދަބިއްޔާތާއި ސަގާފަތުގެ ރޮނގުން މުތީތަކެއްފަދަ ވާހަކަތަކެވެ. ދޮންހިޔަލައާއި އަލިފުޅު، ދޮންމޮހޮނާއި މިޔަރު، ހަންޑިގަނޑުވަރު ދޮންކަމަނަ ފަދަ ވާހަކަތަކަކީ އޭރުވެސް އަދި މިހާރުވެސް އެންމެންގެ މެދުގައި މަގްބޫލު ވާހަކަ ވާހަކައެވެ.

މިހާރު އުމުރުފުޅުން 87 އަހަރުވީ ސޯދުބޭގެ ޚިދުމަތުގެ އަގު ދިވެހިން ވަޒަންކުރެއެވެ. ކޮންމެ ދުވަހަކު ވަކި އޮފީހަކަށް ނިކުމެ ވަޑައިގެން ވަޒީފާ އަދާކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު މިއަދު ސޯދުބެ ނުއުފުއްލެވިޔަސް މިއަދުވެސް އެއީ ދިވެހިބަހުގެ އެކެޑަމީގެ މުޝީރެވެ. އެ ހައިސިއްޔަތުން އޭނާގެ ޚިދުމަތް މެދުނުކެނޑި ދަނީ ލިބެމުންނެވެ. ދިވެހި ސަރުކާރުންވެސް މިކަން ބަލައިގަނެއެވެ. ޚިދުމަތުގެ އަގު ވަޒަންކުރުމުގެ އެންމެ ގިނަ އެވޯޑު ލިބިވަޑައިގެންފައިވާ އެއްބޭފުޅަކީ ސޯދުބެއެވެ. މިހާތަނަށް ގައުމީ ވަރަށް ގިނަ އިނާމު ސޯދުބެއަށް ލިބިވަޑައިގެންފައިވެއެވެ.

ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން 2019 ވަނަ އަހަރު ލިބިވަޑައިގެންނެވިއެވެ. އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އާއްމު ޚިދުމަތުގެ ދާއިރާއިން މިނިވަން ފަންސަވީހުގެ އެވޯޑުވެސް ލިބިވަޑައިގެންފައިވެއެވެ. އަދި 2019 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީނުގެ ޝަރަފުވެސް ސޯދުބެއަށް އަރުވާފައެވެ.

ސޯދުބޭގެ ހަޔާތުގެ ގުލްޝަނަކީވެސް މައުމެލާމެލި ފަރިވެ ފޮޅިފައިވާ ގުލްޝަނެކެވެ. އޭނާއަށް 5 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ އަންހެން ބޭފުޅަކާއި ފިރިހެން ހަތަރު ބޭފުޅުންނެވެ.

ސޯދުބެދިވެހި ބަހުގެ އެކަޑަމީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު

ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު

02 ނޮވެމްބަރު 2023
ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2023
ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!

ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!

14 އެޕްރީލު 2022
33 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފި

33 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފި

18 ފެބުރުއަރީ 2022
ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް

ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް

10 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު