Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
އެންމެންގެ ޑޮކްޓަރު

ޑރ އަބްދުﷲ އަފީފު

ރާއްޖޭގައި ކުޑަކުދީންގެ އެންމެ މަގްބޫލު ޑޮކްޓަރަކީ ޑރ. އަބްދުﷲ އަފީފު

ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 06:10
ޑރ. އަބްދުﷲ އަފީފު

ޑރ. އަބްދުﷲ އަފީފު

ޑޮކްޓަރުންނަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ދަރަޖަ އުފުލިގެންވާ ބައެކެވެ. މުޖުތަމައުން ބަލައިގަންނަ ބައެކެވެ. ޚިދުމަތުގެ އަގު ވަޒަންކޮށް އިހުތިރާމް ކުރެވޭ ބައެކެވެ. އެކި ރޮނގުރޮނގުން ޚާއްސަވެފައި ތިބޭ ޑޮކްޓަރުންނަކީ މީގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ގިންތިއެކެވެ. އެތެރެހަށީގެ ބަލިތަކާބެހޭ ޑޮކްޓަރުންނާއި އަންހެނުންގެ ބަލިތަކާބެހޭ ޑޮކްޓަރުންނެވެ. ހަމުގެ ޑޮކްޓަރުންނާއި ހިތުގެ ބަލިތަކާބެހޭ ޑޮކްޓަރުންނެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ޑޮކްޓަރުންނާއި ކަށީގެ ޑޮކްޓަރުންނެވެ. މިހެންގޮސް ލިސްޓު ވަރަށް ދިގުވެސް ކުރެވިދާނެއެވެ. މިހުރިހާ ގިންތިއެއްގެ ޚާއްސަ ޑޮކްޓަރުން ދިވެހީންގެ ތެރޭގައި މިހާރު އެބަތިއްބެވިއެވެ. ޚިދުމަތުގެ ދާއިރާގައި ދޭސީންނާއި ބިދޭސީންގެ އިތުބާރު އެންމެ މަތީ ދަރަޖައަށް ލިބިވަޑައިގެންފައިވާ ޚާއްސަ ޑޮކްޓަރުން އެބަތިއްބެވިއެވެ.

ހަކީމީ ބޭސްވެރިކަމުގެ ދިގު ތާރީޚެއް ދިވެހިރާއްޖެއަށް ލިބިގެންވިޔަސް ބޭސްވެރިކަން އުނގެނިގެން، ބޭރުގެ މުއައްސަސާތަކުން ދަސްވެނިވެގެން، ސަނަދު ހާސިލްކޮށްގެން، ޑޮކްޓަރުކަމުގެ ހުވައިކޮށްގެން ތިބި ޑޮކްޓަރުން ދިވެހީންގެ ތެރެއިން ފެންނާން ފެށިތާ އަދި މާގިނަ އަހަރުތަކެއް ނުވެއެވެ. ނަމުގެ ކުރިޔަށް ޑޮކްޓަރު ލެވިގެން ނަންކިޔާން އެންމެ ފުރަތަމަ ފެށުނު ދިވެހީންގެ ތެރެއިން ބައެއް ބޭފުޅުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ނިސްބަތްކުރާއިރު މިކަމުގައި ދިވެހީން އަދި ވަރަށް އަލެވެ. ޒުވާނެވެ. އެކި ރޮނގުރޮނގުން ޚާއްސަ ޑޮކްޓަރުން ފެންނާންފެށީ އަދި މާފަހުންނެވެ. އެހެންކަމުން ދިވެހި ޑޮކްޓަރުން ވަރަށް ފަސޭހައިން ތިން ބަޔަކަށް ބަހައިލެވިދާނެއެވެ.

މިގޮތަށް ބަހައިލާއިރު އެންމެ ފުރަތަމަ ދިވެހި މެޑިކަލް ޕްރޮފެޝަނުގެ ފުރަތަމަ ދައުރުގެ ޑޮކްޓަރުންނެވެ. ދެން މެދު ދައުރުގެ ޑޮކްޓަރުންނެވެ. އެޔަށްފަހު އެންމެފަހުގެ ޒުވާން ޖީލުގެ ޑޮކްޓަރުންނެވެ. މިދެންނެވި ތިން ބަޔަށް ނިސްބަތްވެވަޑައިގަންނަވާ ޑޮކްޓަރުންވެސް ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އެބަތިއްބެވިއެވެ. ރާއްޖޭގެ އެންމެ މަގްބޫލު ކުޑަކުދިންގެ ޑޮކްޓަރު ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރާ ޑރ އަބްދުﷲ އަފީފަކީ ކުރިން ދެންނެވި ތިން ބައިގެ ތެރެއިން މެދު ދައުރަށް ނިސްބަތްވެވަޑައިގަންނަވާ ޑޮކްޓަރެކެވެ. ޑރ. އަފީފުގެ ޚިދުމަތުގެ ވަނަވަރުގެ ލިސްޓު ވަރަށް ދިގެވެ. މިހާރުގެ ބައެއް ބެލެނިވެރިން ތުއްތުއިރު އެކުދީންނަށް ފަރުވާ ދެއްވިއެވެ. އެކުދީން ބޮޑެތިވީމާ އެކުދީންގެ ކުދިންނަށް ފަރުވާ ދެއްވުމުގައިވެސް އެންމެ ކުރީ ސަފުގައި ހުންނެވީ ހަމަ ޑރ.އަފީފެވެ.

ޑރ އަބްދުﷲ އަފީފު ނިސްބަތްވެވަޑައިގަންނަވަނީ އައްޑުއަތޮޅު މީދޫއަށެވެ. މާލޭގައި އެންމެ ފުރަތަމަ ކިޔަވައިވިދާޅުވީ އީޕީއެސްގައެވެ. އޭލެވެލް ހެއްދެވީ ސައިންސް އެޑިއުކޭޝަން ސެންޓަރުގައެވެ. އެއީ މިހާރުގެ ސީއެޗްއެސްއީއެވެ. ޑރ އަފީފު އެމްބީބީއެސް ހެއްދެވީ އިންޑިޔާގެ ސީއެމްސީ ވެއްލޫރުގައެވެ. އެއަށްފަހު ޑޮކްޓަރެއްގެ ގޮތުގައި ރާއްޖޭގައި ޚިދުމަތް ކުރައްވަން ފެއްޓެވީ 1991 ގައެވެ. އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. މިޔަންމާ ނުވަތަ ބަރުމާގެ ޔަންގޫން ޗިލްޑްރަންސް ހޮސްޕިޓަލުން ޕީޑިއެޓްރިކްސްގެ ރޮނގުން މާސްޓަރސް ހާސިލް ކުރައްވައި މިދާއިރާއިން ޚާއްސަވެ ވަޑައިގެން އެނބުރި ޚިދުމަތަށް ނުކުމެވަޑައިގަތީ 1998 ގައެވެ. ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު އައިޖީއެމްއެޗްގައި މަސައްކަތް ކުރެއްވިއެވެ.

މިހާރު އުމުރުފުޅުން 62 އަހަރުވީ ޑރ އަފީފު މީގެ ދިހަވަރަކަށް އަހަރު ކުރިން ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހު ދެމިހުންނަވަނީ ޕްރައިވެޓް ޕްރެކްޓިހުގައެވެ. ޕްރައިވެޓް ޕްރެކްޓިހުގައި ހުންނެވިޔަސް ރަސްމީ ބައެއް މަގާމުތައް ފުރުއްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ މެޑިކަލް ކައުންސިލްގެ ރައީސްކަމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޯޑު މެންބަރުކަން ކުރައްވާފައިވެއެވެ. ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން ނުވަތަ ޝީގެ މެންބަރެއްގެ ގޮތުގައި މުޅިން ހިލޭސާބަހަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރައްވައި ސިއްހީ ފަރުވާޔާއި ހޭލުންތެރިކުރުމުގެ ކަންކަމުގައި ވަރަށް ދިގު މުއްދަތަކަށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. ޑރ އަފީފުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ސަރުކާރުން އާއްމު ސިއްހަތު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައިވެއެވެ.

ޑރ އަފީފަކީ އިޖުތިމާއީ ކަންކަމުގައި ލާމަސީލު ބޭފުޅެކެވެ. ސިއްހީ ދާއިރާގެ އެކި ކަންކަމުގައި މުޖުތަމައު ހޭލުންތެރި ކުރުމަށްޓަކައި އަދަދު ނުކުރެވޭހާ ގިނައިން ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ. އިޖުތިމާއީ ގިނަގުނަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ. މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މީހުން ހޭލުންތެރި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. އުފަން ދާއިރާގެ ރައްޔިތުންނާ އަބަދުވެސް ވަރަށް ގާތް ގުޅުންތަކެއް ބާއްވަވައި ތަރައްގީގެ ކަންކަމުގައި އެހީތެރިވެވަޑައިގަންނަވައެވެ. ކޮންމެ އުމުރެއްގެ ކޮންމެ ފަންތިއެއްގެ މީހަކަށްވިޔަސް އިހުތިރާމާއެކު މުއާމަލާތު ކުރައްވައެވެ. އެހެންކަމުން އަމިއްލަފުޅު ރަށާއި އަތޮޅުގައި ޑރ. އަފީފު މަޝްހޫރުވެފައި ވަނީ އެންމެންގެ ޑޮކްޓަރުގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮޅުދޫ އަބްދުﷲ ހަސަން

ހޮޅުދޫ އަބްދުﷲ ހަސަން

19 ނޮވެމްބަރު 2021
އަބްދުއްރަޝީދު ހުސައިން

އަބްދުއްރަޝީދު ހުސައިން

23 ސެޕްޓެމްބަރު 2021
އަތަމާ އަބްދުއްލަތީފު

އަތަމާ އަބްދުއްލަތީފު

25 އޯގަސްޓު 2021
އަބްދުﷲ ސާދިގު (ސޯދުބެ)

އަބްދުﷲ ސާދިގު (ސޯދުބެ)

12 އޯގަސްޓު 2021

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު