Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސާލިހުގެ ސަރުކާރަށް 3 އަހަރު

ދިވެހި ސިފައިންގެ ގާބިލުކަން އިތުރު ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ތަމްރީނުތައް!

19 ނޮވެމްބަރު 2021 | ހުކުރު 13:04

މާފިލާފުށީގެ ކެޕޭސިޓީ އިތުރުކޮށް، އިތުރު ރެކްރޫޓުންގެ ބެޗެއް އެތަނުގައި ތަމްރީނު ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ނޮވެމްބަރު 2021 | ހުކުރު 13:04
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް ރަޙީމް އަބްދުލް ލަތީފް ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއު ތެރެއިން

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް ރަޙީމް އަބްދުލް ލަތީފް ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއު ތެރެއިން

ދިވެހި ސިފައިންގެ ޤާބިލުކަން އިތުރު ކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ޓްރެއިނިންގތައް ކުރިއަށް ގެންދެވޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަޙީމް އަބްދުލްލަތީފް ވިދާޅުވީ، ވޭތުވެދިޔަ 3 އަހަރުވެސް އެމްއެންޑީއެފުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ދިވެހި ޤައުމާއި، އިސްލާމް ދީނާއި ރައްޔިތުންގެ ދިފާއުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަޙީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިފައިންގެ ޤާބިލުކަން އިތުރު ކުރުމަށް އެމްއެންޑީއެފުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވައިސް ޗީފް ވިދާޅުވީ، އެކުވެރި ޤައުމުތަކުން ގިނަ އަދަދެއްގެ ދިވެހި ސިފައިންނަށް ތަމްރީނު ދެވިފައިވާ ކަމަށެވެ. އެގޮތުން އިންޑިއާ، ޕާކިސްތާން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޗައިނާ، މެލޭޝިއާ، ޖަޕާން، ނޭޕާލް، ސްރިލަންކާ، ޔޫކޭ، ޔޫއެސްއޭ ފަދަ އެތައް ޤައުމުތަކުން ދިވެހި ސިފައިން ވަނީ ތަމްރީނުތައް ހޯދާފައެވެ. އަދި މި ޤައުމުތަކުގައި މިހާރުވެސް ދިވެހި ސިފައިން އެކި ކަހަލަ ތަމްރީނުތައް ލިބިގަންނަމުން ގެންދާކަމަށް ވައިސް ޗީފް ވިދާޅުވިއެވެ.

އޭގެ އިތުރުން، މީގެ ކުރިން އިންޑިއާއާއި، ޕާކިސްތާނާއި ސްރީލަންކާގައި ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުން ބައިތިއްބާފައިވީނަމަވެސް، އެމްއެންޑީއެފުން ފާއިތުވި 3 އަހަރު ވަނީ އެ ލިސްޓުުގައި މެލޭޝިއާއި، ޔޫކޭވެސް ހިމަނައި، ޑިފެންސް އެޑްވައިޒަރުން ބައިތިއްބާފައެވެ. މިއީ ހައްތަހާވެސް އަސްކަރީ ގޮތުން ގުޅިގެން މަސައްކަތްތައް ކުރަމުންދާ ޤައުމުތައްކަން ފާހަގަ ކުރައްވައި ވައިސް ޗީފް ވިދާޅުވީ، ޤައުމުތަކުގައި ޑިފެންސް އެޑްވައިޒަރުން ބެއިތިއްބުމުގެ ސަބަބުން ރާއްޖެއަށް އަސްކަރީ ގޮތުން ގިނަ މައުލޫމާތުތައް ލިބެމުންދާ ކަމަށެވެ.

ވައިސް ޗީފް އިތުރަށް ވިދާޅުވީ، ކޯސްޓްގާޑުގެ ޤާބިލުކަން އިތުރު ކުރުމަށް ކޯސްޓްގާޑަށް އިތުރު އުޅަނދު ހޯދުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރުވެސް އެކި ދާއިރާއިން އެމްއެންޑީއެފަށް ބޭނުންވާ އެކި އިކުއިޕްމަންޓުތައް އޯޑަރު ކޮށްގެން ގެނައުމުގެ މަގުމަތީގައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓަށް އިތުރު ވަސީލަތްތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، އިތުރު އޮފިސަރުން އެ ރޮނގުން ރާއްޖެއިން ބޭރުން ތަމްރީނު ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައިވެސް ތަފާތު އެކި ޓްރެއިނިންގތައް އޮފިސަރުން ދަނީ ފުރިހަމަ ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފްގެ ޖޮއިންޓް އެކްސަސައިޒްތައްވެސް އެކި ޤައުމުތަކާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އެމެރިކާ، އިނގިރޭސިވިލާތް، އިންޑިއާ، ސްރީލަންކާ ފަދަ ޤައުމުތަކާއެކު ރާއްޖޭގައިވެސް އެކްސަސައިޒްތައް ހިންގަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި އައްޑޫ، ކައްދޫ، ގިރިފުށި އަދި މާފިލާފުށި ފަދަ ތަންތަނުގައި އެމްއެންޑީއެފްގެ ތަމްރީނުތައް ހުއްޓުމެއް ނެތި ކުރިއަށްދާކަންވެސް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން މާފިލާފުށީގެ ކެޕޭސިޓީ އިތުރުކޮށް، އިތުރު ރެކްރޫޓުންގެ ބެޗެއް އެތަނުގައި ތަމްރީނު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް