Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ މީހާ ރަހީނުކުރި މައްސަލަ

ސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ ޒާތީ ކަމެއްގައި، އަނިޔާކޮށްފައިވަނީ ސިފައިންގެ މީހަކަށްވާތީ ކަމަކަށް ނުބެލެވޭ: ފުލުހުން

ރަހީނުކޮށްފައިވަނީ މާލެއިން ކަމަކަށް ނުބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 18:10
ސިފައިން

ސިފައިން

ބުދަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، އެމް.އެން.ޑީ.އެފްގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް ޙަސަން ފަހީމް ރަހީނުކޮށް އަނިޔާތަކެއް ދީފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިން ކަމަށް ބެލެވޭކަމަށް، މިމައްސަލަ ތަހުގީގުކުރަމުން އަންނަ ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަމާ ގުޅޭގޮތުން ބުނީ، މިމައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭކަމަށެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ކަމެއްގެ ތެރެއިންކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށްވެސް ފުލުހުން ބުނެއެވެ. މީގެއިތުރުން، މިއީ އެމްއެންޑީއެފްގެ މީހަކަށްވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާކަމަށްވެސް ފުލުހުންވެސް ބުނެއެވެ.

Advertisement - newsAdvertisement

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ސްޓާފް ސާޖަންޓް ޙަސަން ފަހީމްއަށް ލިބިފައިވާ ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ އިރު، އޭނާގެ ހާލަތު ލީޑަރޝިޕުން ވަރަށް ގާތުން ދަނީ ބަލަމުންކަމަށް، މިމައްސަލައާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވަނީ، އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން އަންނަނީ ކުރަމުންކަމަށެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މިފަދަ ފަރާތްތަކުން ކުރަމުންދާ އަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ އަމަލުތަކެއް ނޫންކަންކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ގައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޑިފެންސްއަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާ ގުޅުއްވައި، ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބެއްލެވުމުގެ އިތުރުން، މިނިސްޓަރ މާރިޔާ ވަނީ، ޙަސަން ފަހީމްގެ އަނބިކަނބަލުންނަށް ފޯނުންގުޅުއްވައި، މިކަމުގައި ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެޔަގީންކަން ދެއްވާފައެވެ. އަދި އެމް.އެން.ޑީ.އެފްގެ ސީނިއަރ ލީޑަޝިޕުން ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ޙަސަން ފަހީމްގެ ހާލު ބައްލަވާލައްވާފައެވެ.

އެމްއެންޑީއެފްގެ އޮފިސަރަކު ރަހީނުކޮށްގެން ގެންގުޅެފައިވަނީ ފައިސާ ބޭނުންވެގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ރަހީނުކޮށް އަނިޔާކުރުމަށްފަހު، ރަހީނުކުރި މީހުން ވަނީ އޭނާ އައިޖީއެމްއެޗް ކައިރިއަށް ގެންގޮސްފައެވެ.

ޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު