Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލުފުށި ކައުންސިލާއި ބައްދަލުކުރެއްވުން

ވިލުފުށީގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ފަންޑިން އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެ: ރައީސުލްޖުމްހޫރިއްޔާ

18 ނޮވެމްބަރު 2021 | ބުރާސްފަތި 13:17

ހޮސްޕިޓަލާއި އެއާރޕޯޓާއި ބަނދަރު ފުންކުރުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 13:17
ރައީސުލްޖުމްހޫރިއްޔާ ވިލުފުށި ކައުންސިލާއި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ވިލުފުށި ކައުންސިލާއި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތ ވިލުފުށީ ކައުންސިލާއި ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް ކައުންސިލާއި ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވިލުފުށީ ކައުންސިލުން ވަނީ އެރަށުގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލާ ބެހޭގޮތުންނާއި، އެއާރޕޯޓް އެޅުމާއި ބަނދަރު ފުންކުރުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި އަދި ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާ އާއި ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އެރަށުގެ ކައުންސިލާ ރައްޔިތުން ބޭނުންވާ ކަންކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން މަޝްވަރާކުރެއްވިއެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ޙާލަތާއެކު ކުރިމަތިވި ބަޖެޓުގެ ދަތިކަމާއެކު ބައެއް މަޝްރޫޢުތައް މަޑުޖައްސާލަން ޖެހުނުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވިލުފުށީގެ ގިނަ މަޝްރޫޢުތަކެއް ހިމެނިފައިވާކަން ފާހަގަކުރައްވައި ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އެގޮތުން އެރަށުގައި އަޅަންހަމަޖެހިފައިވާ ހޮސްޕިޓަލްގެ ފަންޑިން އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައި އެއާރޕޯޓާއި، ބަނދަރު ފުންކުރުންފަދަ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ސަރުކާރުން ރާއްވަވާފައިވާ ގޮތްތަކުގެ މަޢުލޫމާތުވެސް ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ. އަދި މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވިލުފުށީ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޒު ޢަލީ ޒާހިރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
24 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި
24 މާރިޗު 2022

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
13 މާރިޗު 2022

ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް

13 މާރިޗު 2022
ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް
13 މާރިޗު 2022

ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް

13 މާރިޗު 2022
ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް
13 މާރިޗު 2022

މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން

13 މާރިޗު 2022
މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން
08 މާރިޗު 2022

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

08 މާރިޗު 2022
ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
04 މާރިޗު 2022

އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން

04 މާރިޗު 2022
އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން
23 ފެބުރުއަރީ 2022

ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް

23 ފެބުރުއަރީ 2022
ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް
22 ފެބުރުއަރީ 2022

ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ

22 ފެބުރުއަރީ 2022
ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް